Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

އަމޯރިމް އިރުޝާދު ދިން ފުރަތަމަ މެޗު ޔުނައިޓެޑުން ނިންމާލަން ޖެހުނީ ޕޮއިންޓަކުން

މެޗު އެއްވަރުވެ ލިބުނު އެއް ޕޮއިންޓާއެކު ޔުނައިޓެޑު އޮތީ ލީގު ތާވަލްގެ 12 ވަނަ މަގާމުގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ނޮވެމްބަރު 2024 | ހޯމަ 05:24
އިޕްސްވިޗް ޓައުންއާ ދެކޮޅަށް ޔުނައިޓެޑު ކުޅުނު މެޗުގައި އަމޯރިމް އެ ޓީމުގެ ކުޅުންތެރިންނާ އެކު

އިޕްސްވިޗް ޓައުންއާ ދެކޮޅަށް ޔުނައިޓެޑު ކުޅުނު މެޗުގައި އަމޯރިމް އެ ޓީމުގެ ކުޅުންތެރިންނާ އެކު

އިނގިރޭސި ޕްރިމިއާ ލީގުގައި އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓަރ ޔުނައިޓެޑު އެއްވަރުވެއްޖެ އެވެ.

އިޕްސްވިޗް ޓައުންގެ އަމިއްލަ ދަނޑު ޕޯޓްމެން ރޯޑުގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1ން އެއްވަރުވެގެންނެވެ. މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ޔުނައިޓެޑުންނެވެ. ނަމަވެސް އިޕްސްވިޗް ޓައުން އިން ވަނީ ފަހަތުން އަރައި ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މިއީ ދާދި ފަހުން ޔުނައިޓެޑުގެ ކޯޗުކަމާ ހަވާލުވި ޕޯޗުގަލްގެ ރުބެން އަމޯރިމްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. ޔުނައިޓެޑުގެ ނަތީޖާ އިންތިހާ އަށް ދަށްވުމުގެ ސަބަބުން އެ ޓީމުގެ ކޯޗަކަށް ހުރި ނެދަލެންޑްސްގެ އެރިކް ޓެން ހާގް މަގާމުން ވަކި ކުރުމަށްފަހު، އެ މަގާމަށް އަމޯރިމް ހަމަޖެއްސީ ވެސް ޔުނައިޓެޑުގެ ނަތީޖާތައް ރަނގަޅު ކުރުމަށެވެ.

މެޗު ފަށައިގެން ދެ ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އަމަދު ޑިއާލޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ މާކަސް ރަޝްފޯޑު އެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، އިޕްސްވިޗް ޓައުން އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ވެސް ބާންސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އޮމާރު ހަޗިންސަން އެވެ.

މެޗު އެއްވަރުވެ ލިބުނު އެއް ޕޮއިންޓާއެކު ޔުނައިޓެޑު އޮތީ ލީގު ތާވަލްގެ 12 ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ކުޅުނު 12 މެޗުން 16 ޕޮއިންޓާ އެކު އެވެ. ހަތަރު މެޗުން ޔުނައިޓެޑު މޮޅުވެފައިވާއިރު، ހަތަރު މެޗުން ބަލިވެ އަދި ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. އަމޯރިމްގެ އިރުޝާދުގެ ދަށުން މި މަހުގެ 29 ވަނަ ދުވަހު ޔުނައިޓެޑު ނިކުންނާނީ ޔޫރޮޕާ ލީގުގެ މެޗަށެވެ. އޭގެ ފަހުން ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު ޕްރިމިއާ ލީގުގައި ނިކުންނާނީ އެވަންޓަންއާ ދެކޮޅަށެވެ.

ޕްރިމިއަރ ލީގުމެންޗެސްޓަރ ޔުނައިޓެޑްރުބެން އަމޮރިމް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު