Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ސިޓީ

ސިޓީގެ އެއްބަސްވުން އައު ކުރަން ގާޑިއޯލާ ނިންމައިފި

އެހެންކަމުން ދެން އެ ކުލަބާ އެކު އޭނާ ސޮއި ކުރާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ނޮވެމްބަރު 2024 | ބުދަ 09:40
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓަރ ސިޓީ އަށް އިރުޝާދު ދެމުން އަންނަ ސްޕެއިންގެ ޕެޕް ގާޑިއޯލާ، އެ ކުލަބާ އެކު ސޮއި ކޮށްފައިވާ އެއްބަސްވުން އައު ކުރަން ނިންމައިފި އެވެ.

އެންމެ ފަހުން ސިޓީ އާއެކު ގާޑިއޯލާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އެއް އަހަރަށްވުރެ ކުޑަތަން ވެފައިވާއިރު، ސިޓީން އޮތީ އޭނާގެ އެއްބަސްވުން އައު ކުރަން ބޭނުންވެފަ އެވެ. ނަމަވެސް އެކަމުގައި ފައިނަލް ނިންމުމެއް ނުނިމި އޮތީ ގާޑިއޯލާ ގޮތެއް ނިންމަންދެނެވެ.

ސިޓީ އާއެކު ސޮއި ކޮށްފައިވާ އެއްބަސްވުން، އިތުރު އެއް އަހަރަށް އައު ކުރުމަށް ގާޑިއޯލާ މިހާރު ވަނީ އެއްބަސްވެފަ އެވެ. އެހެންކަމުން ދެން އެ ކުލަބާ އެކު އޭނާ ސޮއި ކުރާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެ މުއްދަތު ހަމަވުމުން، އިތުރު އެއް އަހަރަށް އެއްބަސްވުން އައު ކުރެވޭނެ ފުރުސަތު ވެސް އެ އެއްބަސްވުމުގެ ދަށުން އޮންނާނެ އެވެ.

ޖަރުމަނުގެ ބަޔާން މިއުނިކް ދޫކޮށްލުމަށްފަހު، އުމުރުން 43 އަހަރުގެ ގާޑިއޯލާ ސިޓީއާ ހަވާލުވީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް 490 މެޗުގައި ސިޓީ އަށް އިރުޝާދު ދީފަ އެވެ. އޭގެ ތެރެއިން ސިޓީ ވަނީ 353 މެޗުން މޮޅުވެފަ އެވެ. 70 މެޗު އެއްވަރުވެފައިވާއިރު 67 މެޗުން ވަނީ ބަލިވެފަ އެވެ. ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީން ވަނީ 18 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ.

އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު، އެފްއޭ ކަޕް، ކަރަބޯ ކަޕް، އެފްއޭ ކޮމިއުނިޓީ ޝީލްޑު، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކުރުން ހިމެނެ އެވެ. ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީން ވަނީ ހަ ފަހަރު ޕްރިމިއާ ލީގު ކާމިޔާބު ކޮށްފަ އެވެ. އެންމެ ފަހުން ހަތަރު ސީޒަންގައި ވެސް ޕްރިމިއާ ލީގު ކާމިޔާބު ކުރީ ސިޓީންނެވެ. ގާޑިއޯލާގެ އިރުޝާުދުގެ ދަށުން ސިޓީން ވަނީ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ.

މެންޗެސްޓަރ ސިޓީޕެޕް ގާޑިއޯލާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
19 އޮކްޓޯބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ

19 އޮކްޓޯބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ
06 އޮކްޓޯބަރު 2025

ހާލަންޑުގެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ

06 އޮކްޓޯބަރު 2025
ހާލަންޑުގެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ
28 ސެޕްޓެމްބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ބާންލީ ބަލިކޮށްފި

28 ސެޕްޓެމްބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ބާންލީ ބަލިކޮށްފި
25 ސެޕްޓެމްބަރު 2025

ހަޑްސްފީލްޑް ޓައުން ބަލިކޮށް ސިޓީ ވެސް ގަދަ 16 އަށް

25 ސެޕްޓެމްބަރު 2025
ހަޑްސްފީލްޑް ޓައުން ބަލިކޮށް ސިޓީ ވެސް ގަދަ 16 އަށް
22 ސެޕްޓެމްބަރު 2025

ފަހު ވަގުތު އާސެނަލް އިން ސިޓީއާ އެއްވަރު ކޮށްފި

22 ސެޕްޓެމްބަރު 2025
ފަހު ވަގުތު އާސެނަލް އިން ސިޓީއާ އެއްވަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު