Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން

އެކުއެޑޯ އަތުން ބަލިވެ، ކޮލަމްބިއާ ހަތަރު ވަނަ އަށް ވެއްޓިއްޖެ

ބައްޔާ އެކު ކޮލަމްބިއާ އޮތީ ކޮލިފިކޭޝަންގެ ހަތަރު ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު 12 މެޗުން 19 ޕޮއިންޓާ އެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2024 | ބުދަ 09:38
ކޮލަމްބިއާ އަދި އެކުއެޑޯ ކުޅުނު މެޗުގެ ތެރެއިން

ކޮލަމްބިއާ އަދި އެކުއެޑޯ ކުޅުނު މެޗުގެ ތެރެއިން

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ދެކުނު އެމެރިކާ ސަރަހައްދުގައި އެކުއެޑޯއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ކޮލަމްބިއާ އިން ތާވަލްގެ ހަތަރު ވަނަ އަށް ވެއްޓިއްޖެ އެވެ.

ބުދަ ދުވަހުގެ ހެނދުނު އެކުއެޑޯއާ ދެކޮޅަށް ކުޅުނު މެޗުން ކޮލަމްބިއާ ބަލިވީ 1-0ންނެވެ. އެއީ މެޗުގެ ފުރަތަމަ ހާފުގައި އެކުއެޑޯ އިން ޖެހި ލަނޑުންނެވެ. އެކުއެޑޯ މެޗުގެ ކުރިން އުރުގުއޭއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ކޮލަމްބިއާ ވަނީ ބަލިވެފަ އެވެ. އެ މެޗުގައި އުރުގުއޭ އަތުން މޮޅުވެ، އެއް ވަަނައިގައި އޮތް އާޖެންޓީނާއާ ހަމަ ކުރުމުގެ ފުރުސަތު ވެސް ކޮލަމްބިއާ އަށް އޮތެވެ.

މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި އެކުއެޑޯ އިން ވަނީ ކޮލަމްބިއާ ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެކުއެޑޯ އަށް ޖަހައިދިނީ އެނާ ވެލެންސިއާ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ އަލަން ފްރަންކޯ އެވެ. މެޗުގައި އެކުއެޑޯ އަށް އެންމެ ބޮޑު ގެއްލުމެއް ދެއްކީ، މެޗުގެ ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި އެކުއެޑޯގެ ޕިއެރީ ހިކަންޕީ އަށް ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ.

މެޗުގެ ބާކީ ބައި 10 ކުޅުންތެރިންނާ އެކު ކުޅެމުން ދިޔަ އެކުއެޑޯ ކޮޅަށް ލަނޑު ޖެހުމަށް ކޮލަމްބިއާ އިން ވަނީ ވަރަށް ބޮޑަށް މަސައްކަތް ކޮށްފަ އެވެ. އެގޮތުން އެ ޓީމުގެ ހަމޭސް ރޮޑްރިގޭޒް އަށް ލަނޑު ޖަހާނެ ފުރުސަތު ލިބުނުއިރު، ލުއިސް ޑިއާޒް އަށް ވެސް ވަނީ ލަނޑު ޖަހަން ވެސް ފުރުސަތު ލިބިފަ އެވެ. ނަމަވެސް އެއްވެސް ފުރުސަތެއްގެ ބޭނުން އެ ކުޅުންތެރިންނަށް ކުރެވޭ ގޮތެެއް ނުވި އެވެ.

ބައްޔާ އެކު ކޮލަމްބިއާ އޮތީ ކޮލިފިކޭޝަންގެ ހަތަރު ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު 12 މެޗުން 19 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ތިން ވަަނައިގައި އޮތް އެކުއެޑޯ އަށް ވެސް ލިބެނީ 19 ޕޮއިންޓެވެ. ނަމަވެސް އެކުއެޑޯ އިން ކުރި ހޯދަނީ ލަނޑުގެ ގޮތުންނެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން 2026ކޮލަމްބިއާއިކުއެޑޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު ވަގުތު ހަންގޭރީއާ އެއްވަރުވެ ޕޯޗުގަލް އަށް އިތުރު އިންތިޒާރެއް

ފަހު ވަގުތު ހަންގޭރީއާ އެއްވަރުވެ ޕޯޗުގަލް އަށް އިތުރު އިންތިޒާރެއް

15 އޮކްޓޯބަރު 2025
ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

15 އޮކްޓޯބަރު 2025
އައިސްލެންޑުން ފްރާންސްއާ އެއްވަރު ކޮށްފި

އައިސްލެންޑުން ފްރާންސްއާ އެއްވަރު ކޮށްފި

14 އޮކްޓޯބަރު 2025
ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ

ނޮދާން އަޔަލެންޑް އަތުން ޖަރުމަނު މޮޅުވެއްޖެ

14 އޮކްޓޯބަރު 2025
ގިބްރޯލްޓާ އަތުން މޮޅުވެ ކްރޮއޭޝިއާ އެއް ވަނަ އަށް

ގިބްރޯލްޓާ އަތުން މޮޅުވެ ކްރޮއޭޝިއާ އެއް ވަނަ އަށް

13 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު