Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެކުއެޑޯ

އެކުއެޑޯ ރައީސްގެ ކާރު ކޮޅަށް އަމާޒުކޮށް ދިން ހަމަލާ އަކީ އަވަހާރަ ކޮށްލަން ދިން ހަމަލާއެއް: ޑިފެންސް މިނިސްޓަރު

މި ހަމާލަގައި ރައީސްގެ އިތުރުން، އެހެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވޭ. އެކަމާ ގުޅިގެން ދިފާއީ ވަޒީރު ވިދާޅުވެފައި ވަނީ، ކާރު ކޮޅަށް ހަމަލާ ދިން ގޮތަށް ބަލާއިރު، އެއީ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއެއް ކަމަށާއި، އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް.

އިކްއެޑޯގެ ރައީސްގެ މޮޓަރކޭޑަށް އަމާޒުކޮށް ދިން ހަމަލާއަކީ ރައީސް އަވަހާރަކޮށްލުމަށް ރޭވިގެން ދިން ހަމަލާއެއް ކަމަށް ދިފާއީ ވަޒީރު ވިދާޅުވެއްޖެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 އޮކްޓޯބަރު 2025 | ބުރާސްފަތި 07:57
އެކުއެޑޯގެ ރައީސް ޑޭނިއަލް ނޯބޯއާ ހަމަލާ ދިން ވަގުތަށް ފަހު ކާރު ކޮޅު ކައިރީގައި

އެކުއެޑޯގެ ރައީސް ޑޭނިއަލް ނޯބޯއާ ހަމަލާ ދިން ވަގުތަށް ފަހު ކާރު ކޮޅު ކައިރީގައި

އެކުއެޑޯގެ ރައީސް ޑެނިއަލް ނޮބޯއާގެ ކާރު ކޮޅަށް އަމާޒުކޮށް ދިން ހަމަލާ އަކީ، ރައީސް އަވަހާރަ ކޮށްލަން ރާވައިގެން ދިން ހަމަލާއެއް ކަމަށް އެ ޤައުމުގެ ޑިފެންސް މިނިސްޓަރު ޖިއާން ކާލޯ ލޮފްރެޑޯ ވިދާޅުވެއްޖެ އެވެ.

އެކުއެޑޯގެ މެދުތެރޭގެ ސަރަހައްދެއްގައި ހުރި ފެން ޕްލާންޓެއް އިފްތިތާހު ކޮށްދެއްވަށް ވަޑައިގެން އުޅުއްވަނިކޮށް، ތެލުގެ އަގު މައްޗަށް ދިޔުމާ ގުޅިގެން މުޒާހަރާ ކުރަމުން ގެންދިޔަ ބަޔަކު ވަނީ ރައީސްގެ ކާރު ކޮޅަށް އަމާޒުކޮށް ހަމަލާ ދީފަ އެވެ.

މި ހަމާލަގައި ރައީސްގެ އިތުރުން، އެހެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެ އެވެ. އެކަމާ ގުޅިގެން ދިފާއީ ވަޒީރު ވިދާޅުވެފައި ވަނީ، ކާރު ކޮޅަށް ހަމަލާ ދިން ގޮތަށް ބަލާއިރު، އެއީ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއެއް ކަމަށާއި، އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ.

އެކުއެޑޯގެ އެންވަޔަރަމަންޓް މިނިސްޓަރު އިނެސް މަންޒާނޯ ވިދާޅުވެފައިވާ ގޮތުގައި، ރައީސް ކާރު ކޮޅުގައި ވަޒަން އަރާފައިވާ ކަމުގެ ނިޝާން ވެސް ފެންނަން ހުއްޓެވެ. ސަރުކާރުން ހާމަ ކޮށްފައިވާ ވީޑިއޯ ފުޓޭޖުން ފެންނަ ގޮތުގައި، ދިދަ ތަކެއް ހިފައިގެން ތިބެ މުޒާހަރާ ކުރަމުން ގެންދިޔަ މީހުން މަގު މަތީގައި ތިބެ ބޮޑެތި ހިލަތަކާއި، ބައެއް ތަކެތި ނަގައި އުކާ މަންޒަރު ވެސް ފެނެ އެވެ.

މަންޒަރު ތަކުން ފެންނަ ގޮތުގައި ރައީސް ކާރު ކޮޅު އަދި ސެކިއުރިޓީ ކާރުތައް ދުއްވާފައި ދިޔައިރު އެއްލި ތަކެތި ކާރުގައި ޖެހި، ބިއްލޫރިގަނޑުގައި ރެނދު އެޅިފައިވާ މަންޒަރު ފެނެ އެވެ. އަދި ރައީސްގެ ސެކިއުރިޓީ އޮފިސަރުން ބޯ ތިރި ކުރުމަށް ހަޅޭލަވާ އަޑު ވެސް އިވެ އެވެ. އެއާއެކު ކާރު ކޮޅުތައް ވަރަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ މަންޒަރު ވެސް ފެެނެ އެވެ.

ރައީސް އަށް އަމާޒުކޮށް މި ހަމަލާ ދީފައި ވަނީ ތެލުގެ ސަބްސިޑީ ކަނޑާލުމާ ގުޅިގެން ޑީސަލްގެ އަގު މައްޗަށް ދިޔުމާ ގުޅިގެން ބައެއް މީހުން ކުރަމުން ދިޔަ މުޒާހަރާގެ ތެރެއިންނެވެ.

މަސްދަރު: އޭއެފްޕީ

ޑެނިއަލް ނޮބޯއާއިކުއެޑޯޖިއާން ކާލޯ ލޮފްރެޑޯތެލުގެ ސަބްސިޑީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެކުއެޑޯ އަތުން ބަލިވެ، ކޮލަމްބިއާ ހަތަރު ވަނަ އަށް ވެއްޓިއްޖެ

އެކުއެޑޯ އަތުން ބަލިވެ، ކޮލަމްބިއާ ހަތަރު ވަނަ އަށް ވެއްޓިއްޖެ

20 ނޮވެމްބަރު 2024
މެސީގެ ޕެނަލްޓީ ނާކާމިޔާބު ވީއިރު، އާޖެންޓީނާ ސެމީ އަށް ގެން ގޮސްދިނީ މާޓިނޭޒް

މެސީގެ ޕެނަލްޓީ ނާކާމިޔާބު ވީއިރު، އާޖެންޓީނާ ސެމީ އަށް ގެން ގޮސްދިނީ މާޓިނޭޒް

05 ޖުލައި 2024
ފަހަތުން އަރައި ވެނަޒުއެލާ އިން އެކުއެޑޯ ބަލިކޮށްފި

ފަހަތުން އަރައި ވެނަޒުއެލާ އިން އެކުއެޑޯ ބަލިކޮށްފި

23 ޖޫން 2024
ފަހަތުން އަރައި އެކުއެޑޯ އިން އުރުގުއޭ ބަލިކޮށްފި

ފަހަތުން އަރައި އެކުއެޑޯ އިން އުރުގުއޭ ބަލިކޮށްފި

13 ސެޕްޓެމްބަރު 2023
ޒުވާން ޓީމާއެކު ފުރަތަމަ މެޗު ކާމިޔާބުވުމުން އަލްފާރޯ ހިތްހަމަޖެހިފައި

ޒުވާން ޓީމާއެކު ފުރަތަމަ މެޗު ކާމިޔާބުވުމުން އަލްފާރޯ ހިތްހަމަޖެހިފައި

21 ނޮވެމްބަރު 2022

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު