Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ނޭޝަންސް ލީގު

ފަހު ވަގުތު ޕޮލެންޑު ބަލިކޮށް، ސްކޮޓްލެންޑުން ޕްލޭ އޮފްގެ ޖާގަ ހޯދައިފި

މޮޅާއެކު ސްކޮޓްލެންޑުން ވަނީ މި ގުރޫޕުގެ ތިން ވަނަ މަގާމު ހޯދައި، ޕްލޭ އޮފްގެ ޖާގަ ހޯދައިފަ އެވެ. އެއީ ގުރޫޕުގައި އެ ޓީމު ކުޅުނު ހަ މެޗުން ހަތް ޕޮއިންޓާ އެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ނޮވެމްބަރު 2024 | އަންގާރަ 04:34
މެޗުގައި ލަނޑު ޖެހުމަށްފަހު ސްކޮޓްލެންޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ސްކޮޓްލެންޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ޔުއެފާ ނޭޝަންސް ލީގު އޭގެ ގުރޫޕު އެކެއްގައި ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ސްކޮޓްލެންޑުން މުބާރާތުގެ ރެލިގޭޝަން ޕްލޭ އޮފްގެ ޖާގަ ހޯދައިފި އެވެ.

ހޯމަ ދުވަހުގެ ރޭ ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗު ސްކޮޓްލެންޑުން ކާމިޔާބު ކުރީ 2-1ންނެވެ. އެ މެޗާ ކުރިމަތިލީއިރު ވެސް، ފަސް މެޗުން ދެ ޓީމަށް ވެސް ލިބެނީ ހަތަރު ޕޮއިންޓެވެ. އެހެންވެ އެ މެޗުން މޮޅުވާ ޓީމަކަށް ޕްލޭ އޮފްގެ ޖާާގަ ލިބެން އޮތެވެ. މެޗުގައި ސްކޮޓްލެންޑުން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ޕޮލެންޑުން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް ސްކޮޓްލެންޑުން ވަނީ ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި ސްކޮޓްލެންޑުން ވަނީ ޕޮލެންޑު ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޖޯން މެކްގިން އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ބެން ޑޯކް އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން 14 ވަނަ މިނެޓުގައި ޕޮލެންޑުން ނަތީޖާ ހަމަހަމަ ކުރީ ކަމިލް ޕިއަޓްކޮވްސްކީ ޖެހި ލަނޑުންނެވެ. އެއީ ޕިއޮޓް ޒިއެލެންސްކީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެވެ. މެޗުން ސްކޮޓްލެންޑު މޮޅުވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އެންޑީ ރޮބާޓްސަން ޖެހި ލަނޑުންނެވެ. އެއީ ޑިފެންޑަރު ޖޯން ސޯޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރޮބާޓްސަން ޖެހި ލަނޑެކެވެ.

މޮޅާއެކު ސްކޮޓްލެންޑުން ވަނީ މި ގުރޫޕުގެ ތިން ވަނަ މަގާމު ހޯދައި، ޕްލޭ އޮފްގެ ޖާގަ ހޯދައިފަ އެވެ. އެއީ ގުރޫޕުގައި އެ ޓީމު ކުޅުނު ހަ މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ގުރޫޕުގައި ކުޅުނު މެޗުތަކުގެ ތެރެއިން ދެ މެޗުން ސްކޮޓްލެންޑު މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ. އަނެއް ތިން މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ. ޕޮލެންޑު ވަނީ މި ގުރޫޕުގައި ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވެފަ އެވެ. އެއް މެޗުން މޮޅުވެފައިވާއިރު، އަނެއް މެޗު ވަނީ އެއްވަރުވެފަ އެވެ.

ޔުއެފާ ނޭޝަންސް ލީގުސްކޮޓްލެންޑު ފުޓުބޯޅަ ޓީމުޕޮލެންޑުގެ ޤައުމީ ފުޓުބޯޅަ ޓީމު

އިތުރަށް ކިޔާލަން

05 ޖޫން 2025

ޑެޝޯމްޕްސް ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް

05 ޖޫން 2025
ޑެޝޯމްޕްސް ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް
05 ޖޫން 2025

ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް

05 ޖޫން 2025
ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް
05 ޖޫން 2025

ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް

05 ޖޫން 2025
ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް
20 ނޮވެމްބަރު 2024

ބޮސްނިއާ އިން ނެދަލެންޑްސްއާ އެއްވަރު ކޮށްފި

20 ނޮވެމްބަރު 2024
ބޮސްނިއާ އިން ނެދަލެންޑްސްއާ އެއްވަރު ކޮށްފި
20 ނޮވެމްބަރު 2024

ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި

20 ނޮވެމްބަރު 2024
ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު