Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން މުސިއާލާ ބުނީ ފޯކަސް އޮތީ ޤައުމީ ޓީމަށް ކަމަށް

13 ނޮވެމްބަރު 2024 | ބުދަ 04:51

އެއްބަސްވުމުގެ ސުވާލު ކުރުމުން މުސިއާލާ ބުނީ، ބަޔާން އާއެކު އައު އެއްބަސްވުމެއްގައި ސޮއި ކުރުމާ ގުޅޭ ގޮތުން މިވަގުތު އޭނާ އަށް އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ނޮވެމްބަރު 2024 | ބުދަ 04:51
ބަޔާނަށް ކުޅެމުން އަންނަ ޖަރުމަނުގެ ޖަމާލް މުސިއާލާ

ބަޔާނަށް ކުޅެމުން އަންނަ ޖަރުމަނުގެ ޖަމާލް މުސިއާލާ

ޖަރުމަނުގެ ބަޔާން މިއުނިކާ އެކު ސޮއި ކޮށްފައިވާ އެއްބަސްވުން އައު ކުރުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން، އެ ސުވާލަށް ސީދާ ޖަވާބެއް ނުދީ ފޯކަސް އޮތީ ޖަރުމަނު ޤައުމީ ޓީމަށް ކަމަށް ޖަމާލް މުސިއާލާ ބުނެފި އެވެ.

އުމުރުން 21 އަހަރުގެ ޒުވާން ކުޅުންތެރިޔާ އޭނާގެ ސީނިއާ ކެރިއަރު ފެށީ ވެސް ބަޔާނުންނެވެ. ބަޔާނާއެކު މުސިއާލާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އޭނާގެ އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮތް ނަމަވެސް، ބަޔާނުން ބޭނުން ވަނީ އޭނާގެ އެއްބަސްވުން އައު ކުރުމަށެވެ. ބަޔާނުން ބޭނުން ވަނީ ދިގު މުައްދަތަކަށް މުސިއާލާގެ އެއްބަސްވުން އައުކޮށް، އެ ކުލަބުގައި އޭނާ ބަހައްޓާށެވެ. އެކަމާ ގުޅުން ހުރި މަޝްވަރާތައް ދުވަސް ކޮޅެއް ކުރިން ބަޔާނުން ވަނީ ފަށައިފަ އެވެ.

ބަޔާން އާއެކު އައު އެއްބަސްވުމުއްގައި ސޮއި ކުރާނެތޯ މީގެ ކުރިން ސުވާލު ކުރުމުން މުސިއާލާ ބުނީ، އެފަދަ މަންޒަރެއް އޭނާ އަށް ތަސައްވަރު ކުރެވޭ ކަމަށެވެ. އަދި މުސިއާލާ ބުނެފައި ވަނީ ބަޔާނާ އެކު މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށާއި، މަޝްވަރާތައް ދަނީ ވެސް ރަނގަޅަށް ކަމަށެވެ. ކުލަބު ފުޓުބޯޅަ މެދު ކަނޑާލުމަށްފަހު ކުޅުންތެރިން ޤައުމީ ޓީމާ ގުޅެމުން އަންނައިރު، މުސިއާލާ ވެސް ވަނީ ޖަރުމަނު ޤައުމީ ޓީމާ ގުޅިފަ އެވެ. އެއްބަސްވުމުގެ ސުވާލު ކުރުމުން މުސިއާލާ ބުނީ، ބަޔާން އާއެކު އައު އެއްބަސްވުމެއްގައި ސޮއި ކުރުމާ ގުޅޭ ގޮތުން މިވަގުތު އޭނާ އަށް އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ. މިވަގުތު ފޯކަސް އޮތީ ޖަރުމަނު ޤައުމީ ޓީމަށްކަން ފާހަގަކޮށް މުސިއާލާ ބުނީ، ބަޔާންގައި އޭނާ ހުރީ ވަރަށް ހިތްހަމަ ޖެހިގެން ކަމަށެވެ.

ޒުުވާން ކުޅުންތެރިޔާ ބަޔާންގައި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އައު ކޯޗު ވިންސެންޓް ކޮމްޕެނީ ވެސް އިސްކަން ދެމުން އަންނަ ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނެ އެވެ. އޭނާ ވަނީ މިހާތަނަށް ބަޔާނަށް ކުޅެދިން 177 މެޗުގައި 52 ލަނޑު ޖަހައިފަ އެވެ. ބަޔާނާއެކު އޭނާ ވަނީ ނުވަ ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ޖަރުމަނު ލީގު ހަތަރު ފަހަރު، ޖަރުމަނު ސުޕަ ކަަޕް ތިން ފަހަރު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކުރުން ހިމެނެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

އެލްކްލެސިކޯގައި ނޭމާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އެފެދިފައި

10 އެޕްރީލު 2017
އެލްކްލެސިކޯގައި ނޭމާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އެފެދިފައި
04 އެޕްރީލު 2017

ތިން ޕޮއިންޓު ލިބުނީ އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރުމުން: ބެންގަލޫރު އެފްސީގެ އެސިސްޓަންޓް ކޯޗް

04 އެޕްރީލު 2017
ތިން ޕޮއިންޓު ލިބުނީ އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރުމުން: ބެންގަލޫރު އެފްސީގެ އެސިސްޓަންޓް ކޯޗް
03 އެޕްރީލު 2017

ލޫކް ޝޯގެ ކޮމިޓްމެންޓާ މެދު މޮރީނިއޯ ސުވާލު އުފައްދައިފި

03 އެޕްރީލު 2017
ލޫކް ޝޯގެ ކޮމިޓްމެންޓާ މެދު މޮރީނިއޯ ސުވާލު އުފައްދައިފި
29 މާރިޗު 2017

ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

29 މާރިޗު 2017
ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި
15 މާރިޗު 2017

ޗެމްޕިއަންސް ލީގު: ސެވިއްޔާ ސިއްސުވާލުމަށް ފަހު ލެސްޓާ ކުއާޓާ އަށް

15 މާރިޗު 2017
ޗެމްޕިއަންސް ލީގު: ސެވިއްޔާ ސިއްސުވާލުމަށް ފަހު ލެސްޓާ ކުއާޓާ އަށް
20 ފެބުރުއަރީ 2017

މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ

20 ފެބުރުއަރީ 2017
 މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
04 ޖެނުއަރީ 2017

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

04 ޖެނުއަރީ 2017
މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް