Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުައޭއެފްސީ ކަޕް

މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ

ހޯމް މެޗުގެ ކުރިން އަވޭ މެޗު ކުޅެން ލިބުނު ނަމަ ފަސޭހަ ވާނެ: ފެސްކޯ

ލީވާން އަލީ
ލީވާން އަލީ | 20 ފެބުރުއަރީ 2017 | ހޯމަ 14:10
ވެލެންސިއާގެ ކޯޗު ފެސްކޯ

ވެލެންސިއާގެ ކޯޗު ފެސްކޯ

އޭއެފްސީ ކަޕްގެ ޕްލޭއޮފް ސްޓޭޖުގައި އިންޑިއާގެ މޯހަން ބަގާން އިން ރާއްޖޭގެ ވެލެންސިއާއާ ދެކޮޅަށް ގެންގުޅޭ އުކުޅު އެނގޭ ކަމަށާއި، މެޗުން މޮޅުވެވޭނެކަމުގެ އުންމީދު އެބައޮތް ކަމަށް ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފެސްކޯ ބުނީ މުހިންމު ކުޅުންތެރިން ނުލާ މޯހަން ބަގާން ޓީމު ރާއްޖެ އައި ނަމަވެސް ވެލެންސިއާ އިން ދެކެނީ ރާއްޖެ އައީ ސީދާ މޯހަން ބަގާންގެ އަސްލު ޓީމު ކަމަށާއި، ކުޅުންތެރިންތަކެއް ނުލާ އައުމުން ތަފާތު ނުދައްކާނެ ކަމަށެވެ. އެގޮތުން އޭނާ ބުނީ ތަފާތު ދައްކާނީ ދަނޑު މައްޗަށް އަރާ ޕާފޯމެންސުން ކަމަށެވެ.

އިންޑިއާ ޓީމުތައް ދަތުރުކުރާއިރު ފުރަތަމަ އެގާރަ ނުދާ ވާހަކައަކީ އާވާހަކައެއް ނޫންކަން ފާހަގަކުރަމުން ފެސްކޯ ބުނީ އެއީ އަބަދުވެސް އެޓީމުތަކުން ގެންގުޅޭ އުކުޅުތަކެއް ކަމަށެވެ. އެގޮތުން އޭނާ ބުނީ ސާފް ގޭމްސްގައި ވެސް އިންޑިއާގެ 19 އަހަރުން ދަށުގެ ޓީމު ވާދަކުރާ ކަމަށް ކުރިން ވެސް ވާހަކަ ދެކެވޭ ކަމަށާއި، އެހެންނަމަވެސް އަބަދުވެސް ދާނީ ގައުމީ ޓީމު ކަމަށެވެ.

ތަފާތު ދައްކާނީ މެޗުގައި ދައްކާ ކުޅުމުން. މުހިންމު ކުޅުންތެރިން ނުލާ އަޔަސް ރާއްޖެ އައީ އަސްލު މޯހަން ބަގާން. އިންޑިއާ ޓީމުތައް ދަތުރުކުރާއިރު ފުރަތަމަ އެގާރަ ނުދާ ވާހަކަ އަކީ އާވާހަކައެއް ނޫން. އަބަދުވެސް އެޓީމުތަކުން ގެންގުޅޭ އުކުޅުތަކެއް. ސާފް ގޭމްސްގައި ވެސް އިންޑިއާގެ 19 އަހަރުން ދަށުގެ ޓީމު ވާދަކުރާކަމަށް ކުރިން ވެސް ވާހަކަ ދެކެވޭ

މޯހަން ބަގާން ޓީމާ ބެހޭ ގޮތުން ފެސްކޯ ބުނީ އެޓީމުގެ ކުޅުން މިހާރު ބަލާފައިވާ ކަމަށާއި، ފާއިތުވެދިޔަ ދެ ދުވަހު އެޓީމު ދަސްކުރެވިފައިވާ ކަމަށެވެ. އެގޮތުން އެޓީމަކީ ވެލެންސިއާ އަށް ބަލިނުކުރެވޭނެ ޓީމެއް ނޫން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން ފެސްކޯ ބުނީ ޗެރިޓީ މެޗުގައި ބައެއް ކުޅުންތެރިން ކުޅޭ މަގާމުތަކުގައި ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާ ކަމަށާއި، މޯހަން ބަގާންއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް އެ ކަން ތަކުރާރުވެއްޖެ ނަމަ ނަތީޖާ އަށް ބަދަލު އަންނާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ފެސްކޯ ބުނީ ހޯމް މެޗުގެ ކުރިން އަވޭ މެޗު ކުޅެން ލިބުނު ނަމަ ފަސޭހަ ވާނެ ކަމަށާއި، އެހެން ނަމަވެސް އެއީ ޑިސްއެޑްވާންޓޭޖެއް ގޮތުގައި ނުބެލެވޭނެ ކަމަށެވެ. އެގޮތުން އޭނާ ބުނީ އަވޭ މެޗު ފުރަތަމަ ކުޅެން ޖެހުނު ނަމަ މޯހަން ބަގާން ޓީމާ ބެހޭ ގޮތުން ރަނގަޅު މައުލޫމާތުތަކެއް އެއްކުރެވިފައި ހުންނާނެ ކަމަށެވެ.

މޯހަން ބަގާން އަދި ވެލެންސިއާ ބައްދަލުކުރާ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު ރާއްޖެ ގަޑިން 16:00 ޖަހާއިރެވެ.

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު

19 އެޕްރީލު 2017
ވަކިން ހާއްސަކޮށް މޯހަން ބާގަން މެޗަށް ތައްޔާރެއް ނުވަން، ޓީމަށް އިތުބާރު އެބައޮތް: މާޒިޔާ ކޯޗު
17 އެޕްރީލު 2017

މޯހަން ބަގާންއާ ދެކޮޅަށް ކުޅުމަށް މާޒިޔާ ކަލްކަތާ އަށް ފުރައިފި

17 އެޕްރީލު 2017
މޯހަން ބަގާންއާ ދެކޮޅަށް ކުޅުމަށް މާޒިޔާ ކަލްކަތާ އަށް ފުރައިފި
05 އެޕްރީލު 2017

ޑާކާ އަބަހާނީ ބަލިކޮށް މޯހަން ބަގާން ގްރޫޕުގެ ދެވަނައަށް

05 އެޕްރީލު 2017
ޑާކާ އަބަހާނީ ބަލިކޮށް މޯހަން ބަގާން ގްރޫޕުގެ ދެވަނައަށް
04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
28 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: މޯހަން ބާގަން އަތުން ބަލިވެ ވެލެންސިއާ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ގެއްލިއްޖެ

28 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: މޯހަން ބާގަން އަތުން ބަލިވެ ވެލެންސިއާ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު