Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ޖަލްސާ

އެމްޑީޕީގެ ސިޔާސަތަކީ ރައްޔިތުންނަށް އޯގާތެރިކަމާއެކު ޚިދުމަތްކުރުން: މޭޔަރު އާޒިމް

އެމްޑީޕީގެ ސިޔާސަތަކީ ރައްޔިތުންނަށް އޯގާތެރިކަމާއި ލޯތްބާއެކު ޚިދުމަތްކޮށްދިނުން

މަރްޔަމް ޝާނާ
މަރްޔަމް ޝާނާ | 12 ނޮވެމްބަރު 2024 | އަންގާރަ 18:54
މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް

މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް

އެމްޑީޕީގެ ސިޔާސަތަކީ ރައްޔިތުންނަށް އޯގާތެރިކަމާއި ލޯތްބާއެކު ޚިދުމަތްކޮށްދިނުން ކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރު އާޒިމް މިހެން ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ އެމްޑީޕީއިން ބޭއްވި "ފުދިއްޖެ، ފުނޑިއްޖެ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، "އެމްޑީޕީގެ ސިޔާސަތަކީ ރައްޔިތުންނަށް އޯގާތެރިކަމާއި ލޯތްބާއެކު ޚިދުމަތްކޮށްދިނުން. އެހެންވީމާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ތި ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ. ތިޔަ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ކަށަވަރުކޮށްދޭނެ، ތިޔަ ރައްޔިތުންނަށް ހަމަގައިމުވެސް އަޅުގަނޑުމެންގެ ސަރުކާރުގައި އުފާވެރިކަން އޮންނާނީ، އެއްވެސް ޝަކުވާއެއް ކުރުމުގެ ފުރުސަތެއް ނޯންނާނެ،" ކަމަށެވެ.

މީގެއިތުރުން އާޒިމް ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި އެެއްޗެހި އަގުބޮޑުވެގެން އުޅޭކަށް ނުޖެހުނު ކަމަށާއި، އެހެން ނަމަވެސް މިއަދު ކަރަންޓު ބިލާއި ފެން ބިލު ތިން ގުނަ ބޮޑުވެއްޖެ ކަމަށެވެ.

މުއިއްޒު ސަރުކާރުގެ ކަންކަން ގޯހުން ގޯހަށް ދާކަން ހާމަ ކުރައްވާ އާޒިމް ވިދާޅުވީ، އެކްސްޗޭންޖް ރޭޓް 20ށް އަރައިފި ކަމަށާއި، ސަރުކާރުގެ އެއްވެސް ރޭވުންތެރި ކަމެއް، ޕްލޭނެއް ނެތް ކަމަށެވެ.

"މި ބޭފުޅުންގެ ނެތޭ އެއްވެސް އިސްތިރާޖީ ޕްލޭނެއް މިކަން ކުރުމުގެ. ހަމަ ވިސްނުންވެސް ނެތީ. އަޅުގަނޑުމެންގެ ސަރުކާރުން ނެތޭ ލޯނެއް ނަގާފަ ނުދެއްކޭ ވަރުގެ. ނުދެއްކޭ ވަރުގެ ލޯނެއް ނަގާފަ އޮތްނަމަ ޓްރާންސިޝަން ޕީރިއަޑްގަ އެބޭފުޅުންނަށް ފެންނާނެ އަޅުގަނޑުމެންގެ ބަޖެޓާއި ނަގާފަ އޮތް އެއްޗަކާ," އާޒިމް ވިދާޅުވިއެވެ.

ސަރުކާރުގެ ދޯދިޔާ ޚަރަދު ކުރުމުގެ ކަންކަން ފާހަގަ ކުރައްވަމުން އާޒިމް ވިދާޅުވީ، "އައިގޮތަށް އައިސް 35 މިލިއަން ޑޮލަރު ދީފަ ދޫނިތަކެއް (ޑްރޯންތަކެއް) ގަނެގެން މާލެއަކަށް ނުގެންނާނެ. ހަމަ ދޫނިތަކެއް... ވައިގަދަ ވެއްޖެޔާމުން އޮޔަށް.....35 މިލިއަން ޑޮލަރު މިއީ ކުޑަ ލާރިކޮޅެއް ނޫން. މިއީ ކިތަށް މީހުންގެ މިއީ ކިތައް މީހުންގެ ބޯހިޔާވަހިކަންތޯ؟ މިއީ ގާތްގަނޑަކަށް 100 މީހުންގެ ބޯހިޔާވަހިކަމޭ މިއީ. އެވެސް ހަމަ އޮޔަށް. އެހުރީ އެއްޗެހިތައް ބަހައްޓާފަ.. ރާއްޖޭގެ ރައްޔިތަކަށް ނުފެންނާނެ އެދުއްވަނިކޮންނެއް. 35 މިލިއަން ޑޮލަރު ހަމަ ވަޔަށް ތަޅާލީ،" އާޒިމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް

04 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު