Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހަސަން ލަތީފް

ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް

ޗެއާޕާސަންގެ އިންތިހާބުގައި ބޭއްވުމަށް ނިންމާފައި ވަނީ ފެބްރުއަރީ 10 ގައި

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2017 | ހޮނިހިރު 17:48
އެމްޑީޕީގެ އާންމު މެމްބަރުންގެ ތާއިދު ހޯދުމަށް އައްޑޫ ސިޓީގެ އެޕާޓީގެ މެމްބަރުންނާ ބައްދަލުކުރައްވަނީ

އެމްޑީޕީގެ އާންމު މެމްބަރުންގެ ތާއިދު ހޯދުމަށް އައްޑޫ ސިޓީގެ އެޕާޓީގެ މެމްބަރުންނާ ބައްދަލުކުރައްވަނީ

އަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްގައި އެމްޑީޕީގެ މެމްބަރުން ބައިވެރިވެ އެ ޕާޓީގެ ސައިޒް ދައްކާލާނެ ކަމަށް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ހަސަން ލަތީފު އެކަންޏެވެ. ނަމަވެސް އެ މަގާމަށް އޭނާ ހޮވިވަޑައިގަންނަވާނީ އެންމެ މަދުވެގެން އެމްޑީޕީގެ މެމްބަރުންގެ ތެރެއިން 5،000 މެމްބަރުންގެ ތާއިދު ލިބުމުންނެވެ.

Advertisement - newsAdvertisement

މެމްބަރުންގެ ތާއިދު ހޯއްދެވުމަށް އައްޑޫ ސިޓީއަށް ވަޑައިގެން ކުރައްވާ މަސައްކަތްތަކާ ގުޅޭ ގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހަސަން ލަތީފް ހޮނިހިރު ދުވަހު ވިދާޅުވީ އަންނަ ހުކުރު ދުވަހު ބާއްވާ އިންތިހާބުގައި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އެމްޑީޕީގެ މެމްބަރުން ބައިވެރިވެ އެޕާޓީގެ ސައިޒް ދައްކާލާނެ ކަމަށެވެ.

"އަންނަ ހުކުރު ދުވަހު ވޯޓްލާން ވީހާވެސް ގިނަ ބަޔަކު ނުކުމެ، އެމްޑީޕީގެ ސައިޒް ދައްކާލެވޭނެ ކަހަލަ ގޮތަކަށް އަޅުގަނޑުމެން ވޯޓްގެ ކަންތަން އިންތިޒާމްކުރެވޭނެ" އޭނާ ވިދާޅުވިއެވެ.

އައްޑޫ ސިޓީ ހިތަދޫ، މަރަދޫ އަދި ފޭދޫގައި އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށް ހަސަން ލަތީފް ވަނީ ހޮނިހިރު ދުވަހު ދޮރުން ދޮރަށް ހިންގަވައިފަވެވެ. އަދި ޗެއާޕާސަންގެ އިންތިހާބުގެ ކުރިން މަސައްކަތް ކުރާނީ ޕާޓީގެ ވިހާވެސް ގިނަ މެމްބަރުންނާއި ބައްދަލުކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ އެމްޑީޕީގެ ބައެއް މެމްބަރުންނާ ހަސަން ލަތީފް ހޮނިހިރު ދުވަހު ބައްދަލުކުރައްވަނީ

ހަސަން ލަތީފުގެ ކެމްޕެއިންގައި މިރޭ 9:00 ގައި ހިތަދޫ ކުރެސް ގާޑެން ރެސްޓޯރެންޓުގައި ޕާޓީގެ މެމްބަރުންނާއެކު ހާއްސަ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. މި ބައްދަލުވުމަށް ވީހާ ވެސް ގިނަ ބަޔަކު ހާޒިރުވުމަށް އޭނާ އެދިވަޑައިގަތެވެ.

"އަޅުގަނޑު ދައުވަތު އަރުވުމަށް އެމްޑީޕީއަށް ތާއިދުކުރާ ހުރިހާ ބޭފުޅުންނަން ވެސް، މި ބައްދަލުވުގައި ބައިވެރިވުމަށް،" ހަސަން ވިދާޅުވިއެވެ.

މަރަދޫގެ އެމްޑީޕީގެ މެމްބަރުންނާ ހަސަން ލަތީފް ބައްދަލުކުރައްވަން ނިންމަވާފައިވަނީ އާދީއްތަ ދުވަހު އެވެ.

އެމްޑީޕީގެ ކުރިމަގާ ގުޅޭ ގޮތުން ހަސަން ލަތީފް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޮޑު ތަފަތާތަކުން ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އެމްޑީޕީގެ އަޑު ހަގީގަތުގައި މަނޑެން ނޫން. ރަށްރަށުގައި އެމްޑީޕީ އަށް ތާއިދު އެބައޮތް، އެބޭފުޅުން އެގެންދަވަނީ މަސައްކަތް ވެސް ކުރައްވަމުން " އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު