Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ސޮސިއެޑާޑުން ބާސެލޯނާ ބަަލިކޮށްފި

މިހާތަނަށް ކުޅުނު 12 މެޗުން އެ ޓީމަށް 33 ޕޮއިންޓު ލިބޭއިރު، ބާސެލޯނާ އޮތީ އެއް ވަނައިގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ނޮވެމްބަރު 2024 | ހޯމަ 04:40
ރެއާލް ސޮސިއެޑާޑު އަދި ބާސެލޯނާ ކުޅުނު މެޗުގެ ތެރެއިން

ރެއާލް ސޮސިއެޑާޑު އަދި ބާސެލޯނާ ކުޅުނު މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، އެއް ވަނައިގައި ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު ބާސެލޯނާ އިން ނަގާލައިފި އެވެ.

ސޮސިއެޑާޑުގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 1-0ންނެވެ. އެއީ މެޗުގެ ފުރަތަމަ ހާާފުގައި ސޮސިއެޑާޑުން ޖެހި ލަނޑުންނެވެ.

މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޮލެންޑުގެ ފޯވާޑު ރޮބާޓް ލެވަންޑޯސްކީ ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓު ރެފްރީ (ވީއޭއާރު) އިން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ. އެއީ ލަނޑު ޖެހުމުގެ ކުރިން ލެވަންޑޯސްކީ އޮފްސައިޑުގައި ހުރުމުންނެވެ. އޭގެ ފަހުން މެޗުގެ 33 ވަނަ މިނެޓުގައި ސޮސިއެޑާޑުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޝެރާލްޑޯ ބެކާ އެެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ލޫކާ ސުސިޗް އެވެ.

މިއީ މި ސީޒަންގެ ސްޕެނިޝް ލީގުގައި ބާސެލޯނާގެ ދެ ވަނަ ބައްޔެވެ. މިހާތަނަށް ކުޅުނު 12 މެޗުން އެ ޓީމަށް 33 ޕޮއިންޓު ލިބޭއިރު، ބާސެލޯނާ އޮތީ އެއް ވަނައިގަ އެވެ. ބާސެލޯނާ އަށްވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ލިބެނީ 27 ޕޮއިންޓެވެ. އެހެންކަމުން މެޗުގެ އަދަދު ހަމަކުރާައިރު، އެ މެޗުން މޮޅުވެ ތިން ޕޮއިންޓަށް ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ރެއާލަށް އޮންނާނެ އެވެ.

އިތުރަށް ކިޔާލަން

21 އޯގަސްޓު 2017

އާ އެއްބަސްވުމުގައި ވަރަށް އަވަހަށް މެސީ ސޮއިކުރާނެ: ބާސެލޯނާ

21 އޯގަސްޓު 2017
އާ އެއްބަސްވުމުގައި ވަރަށް އަވަހަށް މެސީ ސޮއިކުރާނެ: ބާސެލޯނާ
16 އޯގަސްޓު 2017

ޭބާސެލޯނާ އޮތީ ރެއާލްއާ ކުރިމަތިލާ ކާމިޔާބީ ހޯދުމަށް ތައްޔާރަށް: އެރުނެސްޓޯ ވަލްވެރުޑޭ

16 އޯގަސްޓު 2017
ޭބާސެލޯނާ އޮތީ ރެއާލްއާ ކުރިމަތިލާ ކާމިޔާބީ ހޯދުމަށް ތައްޔާރަށް: އެރުނެސްޓޯ ވަލްވެރުޑޭ
13 އޯގަސްޓު 2017

ބާސެލޯނާއާ ކުރިމަތިލާން ރެއާލް މެޑްރިޑުން އޮތީ ތައްޔާރަށް: ޒިދާން

13 އޯގަސްޓު 2017
ބާސެލޯނާއާ ކުރިމަތިލާން ރެއާލް މެޑްރިޑުން އޮތީ ތައްޔާރަށް: ޒިދާން
08 އޯގަސްޓު 2017

ނޭމާ ނެތްތަން ފޫބައްދާނީ ޑެލޮފެއު: ބާސެލޯނާ

08 އޯގަސްޓު 2017
ނޭމާ ނެތްތަން ފޫބައްދާނީ ޑެލޮފެއު: ބާސެލޯނާ
07 އޯގަސްޓު 2017

ހަޒާޑް ބާސެލޯނާއަށް ބަދަލުވާން ބޭނުންނަމަ ނުހުއްޓުވާނަން: ކޮންޓޭ

07 އޯގަސްޓު 2017
ހަޒާޑް ބާސެލޯނާއަށް ބަދަލުވާން ބޭނުންނަމަ ނުހުއްޓުވާނަން: ކޮންޓޭ
30 މެއި 2017

ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި

30 މެއި 2017
ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި
16 މާރިޗު 2017

ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

16 މާރިޗު 2017
ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ
20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު