Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އިޒްރޭލު ހަމަނުޖެހުން

މެދުއިރުމަތިން ބޭރަށް "ހަނގުރާމަ ފެތުރުމުގެ" ނުރައްކާ އޮތްކަމަށް އީރާނުން ބުނެފި

ބަދަލު ހިފުމުގެ ގޮތުން އިޒްރޭލަށް ހަމަލާ ނުދިނުމަށް އިޒްރޭލާއި އެމެރިކާ އިން އިންޒާރުދީފައި ވީނަމަވެސް، ތެހެރާނުން ވަނީ އިޒްރޭލުގެ ކިބައިން ބަދަލު ހިފާނެ ކަމަށް ވައުދުވެފައެވެ.

ރާއްޖެ އެމްވީ | 10 ނޮވެމްބަރު 2024 | އާދީއްތަ 09:05
އީރާނުގެ ޚާރިޖީވަޒީރު އައްބާސް އަރަގްޗީ

އީރާނުގެ ޚާރިޖީވަޒީރު އައްބާސް އަރަގްޗީ

ޣައްޒާ އަދި ލުބުނާނުގައި ހިނގަމުންދާ ހަނގުރާމަ މެދުއިރުމަތިން ބޭރަށް ފެތުރިދާނެ ކަމުގެ އިންޒާރު އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ހޮނިހިރު ދުވަހު ދެއްވައިފިއެވެ.

"ދުނިޔެއަށް އެނގެން ޖެހޭނެ ހަނގުރާމަ ފުޅާވެއްޖެ ނަމަ، އޭގެ ނޭދެވޭ އަސަރުތައް ހަމައެކަނި ހުޅަނގު އޭޝިއާ ސަރަޙައްދަށް ޖަމާވެފައި ނޯންނާނެކަން. ނާމާންކަމާއި ހަމަނުޖެހުން އެހެން ސަރަޙައްދު ތަކަށްވެސް، އަދި ވަރަށް ދުރު ހިސާބު ތަކަށްވެސް ފެތުރިދާނެ،" އަރަގްޗީ އީރާނުގެ ސަރުކާރު ޓީވީން ދެއްކެވި ވާހަކަފުޅެއްގައި ވިދާޅުވިއެވެ.

އިރާނުގެ އެންމެ ދުޝްމަނު އިޒްރޭލުން ގެންދަނީ ޣައްޒާ ސްޓްރިޕްގައި އަހަރަކަށް ވުރެ ގިނަ ދުވަސްވީ އަނިޔާވެރި ހަނގުރާމައިގައި ކޮންމެ ދުވަހަކު އެތައް ބަޔަކު ޝަހީދުކުރަމުންނެވެ. ޣައްޒާ އަށް އިޒްރޭލުން ހަމަލާދޭން ފެށީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެންނެވެ.

ފަހަކަށް އައިސް އިޒްރޭލުން ވަނީ ހަނގުރާމައިގެ މިސްރާބު ލުބުނާނަށް ބޮޑަށް އަމާޒު ކޮށްފައެވެ. ދެކުނު ލުބުނާނުގައި އިޒްރޭލުން ގެންދަނީ ސެޕްޓެމްބަރު މަހުން ފެށިގެން ހިޒްބުﷲ އާ ދެކޮޅަށް ފުރިހަމަ ހަނގުރާމައެއް ކުރިއަށް ގެންދަމުންނެވެ.

ހަމަލާތައް ފުޅާ ވަމުން ގޮސް އޮކްޓޯބަރު 26 ވަނަ ދުވަހު އިޒްރޭލުން ވަނީ އިރާނުގެ އަސްކަރީ ތަންތަނަށް ވައިގެ ހަމަލާތަކެއް ދީފައެވެ. މިއީ އޮކްޓޯބަރު 1 ގައި ތެހެރާނުން އިޒްރޭލަށް ދިން ހަމަލާއަށް ދިން ރައްދެއް ކަމަށް އިޒްރޭލުން ބުނެފައިވާއިރު، އިރާނުން އިޒްރޭލަށް ހަމަލާ ދިނީ ހަމާސް އާއި ހިޒްބުﷲ ގެ އިސްވެރިން ތަކަކާއި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ޖެނެރަލެއް އިޒްރޭލުން އަވަހާރަކޮށްލުމުން އެކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

އިރާނުގެ އޮފިޝަލުން ބުނާ ގޮތުގައި އިޒްރޭލުގެ އޮކްޓޯބަރު 26 ގެ ހަމަލާގައި އީރާނުން 4 ސިފައިން މަރުވެފައިވެއެވެ.

އޭގެ އިތުރުން އީރާނުގެ އާންމު ރައްޔިތަކު މަރުވި ކަމަށްވެސް މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.

ބަދަލު ހިފުމުގެ ގޮތުން އިޒްރޭލަށް ހަމަލާ ނުދިނުމަށް އިޒްރޭލާއި އެމެރިކާ އިން އިންޒާރުދީފައި ވީނަމަވެސް، ތެހެރާނުން ވަނީ އިޒްރޭލުގެ ކިބައިން ބަދަލު ހިފާނެ ކަމަށް ވައުދުވެފައެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެފައިވަނީ ޣައްޒާ އާއި ލުބުނާނުގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމަ ހުއްޓާލައިފި ނަމަ އީރާނުން ދޭ ރައްދުގެ ކުޑަބޮޑު މިނަށް ބަދަލު އަތުވެދާނެ ކަމަށެވެ.

އަނެއްކޮޅުން ބުރާސްފަތި ދުވަހު، އީރާނުގެ އެންމެ މަތީ ވެރިޔާ އަލީ ޚާމަނާއީގެ މުޝީރަކު ވިދާޅުވީ، އިޒްރޭލަށް ރައްދު ހަމަލާއެއް އީރާނުން ދޭން ވާނީ ވަރަށް ވިސްނުންތެރިކަމާ އެކުގައި ކަމަށެވެ.

"އިޒްރޭލުގެ މަޤްޞަދަކީ ހަނގުރާމަ އީރާނަށް ގެނައުން. އަޅުގަނޑުމެން ވިސްނުންތެރިކަމާއެކު އެމީހުންގެ މަޅީގައި ނުޖެހެން ވިސްނަން ޖެހޭނެ،" އީރާނުގެ ލީޑަރު ގެ މުޝީރު އަލީ ލާރިޖާނީ ދައުލަތުގެ ޓީވީގައި ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު