Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިޒްރޭލުން ޣައްޒާގެ ޖަބާލިޔާއަށް ހަމަލާދީ 32 މީހުން ޝަހީދުކޮށްލައިފި

10 ނޮވެމްބަރު 2024 | އާދީއްތަ 06:27

ޣައްޒާގެ އުތުރު ސަރަޙައްދުތަކުގައި "ވަރަށް އަވަހަށް ބަނޑުހައިހޫނު ކަމެއް ފެތުރުމުގެ ފުރުޞަތު އޮތް" ކަމަށް އދ އިން ވަނީ ބުނެފައި

ރާއްޖެ އެމްވީ | 10 ނޮވެމްބަރު 2024 | އާދީއްތަ 06:27
އިޒްރޭލު ބޮއިކޮޓް ކުރުމަށް ގޮވާލާ އަޔަލެންޑްގެ ވެރިރަށް ޑަބްލިންގެ މަގުތަކުގައި ހޮނިހިރު ދުވަހު ކުރި މުޒާހަރާގެ ތެރެއިން

އިޒްރޭލު ބޮއިކޮޓް ކުރުމަށް ގޮވާލާ އަޔަލެންޑްގެ ވެރިރަށް ޑަބްލިންގެ މަގުތަކުގައި ހޮނިހިރު ދުވަހު ކުރި މުޒާހަރާގެ ތެރެއިން

އިޒްރޭލުގެ ސިފައިން ޣައްޒާގެ އުތުރުގައިވާ ޖަބާލިޔާ އަށް އާދިއްތަ ދުވަހުގެ ފަތިހު ހަމަލާދީ މަދުވެގެން 32 މީހުން ޝަހީދު ކޮށްލައިފިއެވެ.

އަނެއްކޮޅުން ހޮނިހިރު ދުވަހު ޣައްޒާގައި 44 ފަލަސްތީނު މީހުން އަދި ލުބުނާނުގައި 31 މީހުން އިޒްރޭލުން ހަމަލާދީ ވަނީ މަރާލާފައެވެ.

ލުބުނާނަށާއި ޣައްޒާ އަށް އިޒްރޭލުން ހުއްޓުމެއް ނެތި ހަމަލާ ދެމުންދާއިރު ހަނގުރާމަތައް ހުއްޓުމަކަށް ގެނެވިދާނެ ކަމުގެ އުއްމީދު ވަރަށް ބޮޑަށް ކުޑަ ކަމަށް މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. އަނެއްކޮޅުން ޤަތަރުން ބުނެފައިވަނީ އިޒްރޭލާއި ހަމާސްއާ ދެމެދު އެ ޤައުމުން އަދާކުރަމުން ދިޔަ މެދުވެރިއެއްގެ ދައުރު ވަނީ މެދުކަނޑާލާފައި ކަމަށެވެ. އަދި މި "އަނިޔާވެރި ހަނގުރާމަ" ނިންމުމަށް ހަނގުރާމައިގައި ބައިވެރިވާ ފަރާތްތަކުން "ޝައުޤުވެރިކަމާއި ސީރިއަސްކަން" ދައްކަންދެން މި މަސައްކަތްތައް ކުރިއަށް ނުގެންދާނެ ކަމަށެވެ.

އދ. އިން ކޮށްފައިވާ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ޣައްޒާގެ އުތުރު ސަރަޙައްދުތަކުގައި "ވަރަށް އަވަހަށް ބަނޑުހައިހޫނު ކަމެއް ފެތުރުމުގެ ފުރުޞަތު އޮތް" ކަމަށެވެ. މިއީ ހަނގުރާމައިގެ ނުރައްކާ އިތުރުވެ، ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމަށް އިޒްރޭލުން ހުރަސް އަޅަމުން ގެންދާތީ ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

އޮކްޓޯބަރު 7، 2023 އިން ފެށިގެން އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި މަދުވެގެން 43،552 ފަލަސްތީނު މީހުން މަރުވެ، 102،765 މީހުން ޒަޚަމްވެފައިވެއެވެ.

ލުބުނާނުގައި، ޣައްޒާގެ ހަނގުރާމަ ފެށުނީއްސުރެ އިޒްރޭލުގެ ހަމަލާތަކުގައި މަދުވެގެން 3،136 މީހުން މަރުވެ، 13،979 މީހުން ޒަޚަމްވެފައިވެއެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

14 އެޕްރީލު 2017

ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި

14 އެޕްރީލު 2017
ބޮންތަކުގެ "މަންމަ ބޮމުން" އަފްގާނުގެ އައިއެސްއަށް ހަމަލާދީފި
11 އެޕްރީލު 2017

އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި

11 އެޕްރީލު 2017
އެމެރިކާގެ ޕްރައިމަރީ ސްކޫލެއްގައި ބަޑިން ހަމަލާދީ ދެމީހުންނާއި ކުޑަ ކުއްޖަކު މަރާލައިފި
07 އެޕްރީލު 2017

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި
02 އެޕްރީލު 2017

ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

02 އެޕްރީލު 2017
ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި
18 މާރިޗު 2017

ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި

18 މާރިޗު 2017
ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
10 މާރިޗު 2017

ޖަރުމަނުގެ ރެއިލްވޭ ސްޓޭޝަނެެއްގައި ކޯރާޑިން ހަމަލާދީ ބަޔަކު ޒަޚަމްކޮށްލައިފި

10 މާރިޗު 2017
ޖަރުމަނުގެ ރެއިލްވޭ ސްޓޭޝަނެެއްގައި ކޯރާޑިން ހަމަލާދީ ބަޔަކު ޒަޚަމްކޮށްލައިފި
28 ފެބުރުއަރީ 2017

ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި

28 ފެބުރުއަރީ 2017
ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި
27 ޖެނުއަރީ 2017

އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ

27 ޖެނުއަރީ 2017
އިޒްރޭލުން ސީރިޔާގެ 100 ކުއްޖަކަށް ހިމާޔަތް ދެނީ
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް