Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މެދުއިރުމަތީގެ މަސްރަޙް

އިޒްރޭލުގެ ވައިގެ ހަމަލާތައް އަނެއްކާވެސް ބެއިރޫތަށް

ލުބުނާނުގެ ސަރުކާރު މީޑިއާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާތަކުގެ އަޑު ބެއިރޫތުގައި ގަދައަށް އިވުނެވެ. އަދި ހަމަލާ ދިން ސަރަހައްދުތައް ވަނީ ކަޅު ދުމުން ފުރިފައެވެ.

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2024 | ހޮނިހިރު 05:14
އިޒްރޭލުން ލުބްނާނުގެ އިރުމަތީ ސަރަހައްދަށް ދިން ހަމަލާގެ މަންޒަރެއް (ފައިލް ފޮޓޯ)

އިޒްރޭލުން ލުބްނާނުގެ އިރުމަތީ ސަރަހައްދަށް ދިން ހަމަލާގެ މަންޒަރެއް (ފައިލް ފޮޓޯ)

ހުކުރު ދުވަހު އިޒްރޭލުގެ ސިފައިން ބެއިރޫތުގެ ދެކުނުގެ ބައެއް ސަރަހައްދުތަކުން ރައްޔިތުން ނުކުމެ، އެ ސަރަހައްދު ހުސް ކުރުމަށް އިންޒާރު ދިނުމަަށްފަހު، އިޒްރޭލުން އެ ސަރަހައްދުތަކަށް ބޮން އަޅައިފިއެވެ.

ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަމަލާދީފައިވަނީ ލުބުނާނު ޔުނިވަރސިޓީ ކައިރިއަށާއި، ބުރުޖު އަލް ބަރާޖިނާ ސަރަހައްދަށެވެ. އަދި އޭގެ ފަހުން އަލް ޖާމޫސް ސަރަހައްދަށްވެސް ހަމަލާ ދީފައިވާ ކަމަށް އެ އެޖެންސީން ހާމަކޮށްފައިވެއެވެ. އަލް ޖާމޫސް ސަރަހައްދަކީ އިޒްރޭލުގެ ސިފައިންގެ އިންޒާރުގައި ހިމެނިފައިނުވާ ސަރަހައްދެކެވެ.

ލުބުނާނުގެ ސަރުކާރު މީޑިއާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާތަކުގެ އަޑު ބެއިރޫތުގައި ގަދައަށް އިވުނެވެ. އަދި ހަމަލާ ދިން ސަރަހައްދުތައް ވަނީ ކަޅު ދުމުން ފުރިފައެވެ.

މިހަމަލާތަކާ ގުޅިގެން އަނިޔާވި މީހުންގެ އަދަދެއް މި ވަގުތު ސާފެއްނުވެއެވެ. އަދި އިޒްރޭލުން ވެސް މި ހަމަލާތަކާ ގުޅޭގޮތުން އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެއެވެ.

މި ހަމަލާތައް ދީފައި މިވަނީ އިޒްރޭލާއި ހިޒްބުﷲއާ ދެމެދު ހަނގުރާމަ ހޫނުވަމުންދާ ދަނޑިވަޅެއްގައެވެ. މި ދެ ފަރާތުގެ ދެމެދުގައި ހަނގުރާމަ ފެށިފައިވަނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައެވެ.

ހިޒްބުﷲއިން ބުދަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި، އެ ޖަމާއަތުން ވަނީ އިޒްރޭލުގެ މައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ކަމުގައިވާ ބެން ގުރިއަން އެއަރޕޯޓް ކައިރީގައި ހުރި އަސްކަރީ މަރުކަޒަކަށް ހަމަލާދީފައެވެ. ހިޒްބުﷲއިން އިޒްރޭލަށް ހަމަލާދޭން ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން އިޒްރޭލަށް ދިން ހަމަލާއާ ގުޅިގެން، ހަމާސްއަށް އެހީތެރިވުމުގެ ގޮތުންނެވެ.

ލުބުނާނުގެ ސިއްހީ ވަޒީރު ފިރާސް އަބިއާދު ވިދާޅުވެފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު 23 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ލުބުނާނަށް ދިން ހަމަލާތަކުގައި 2،600ށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި

އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި

27 މާރިޗު 2017
ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި

ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި

18 މާރިޗު 2017
މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން

މޫސަލްގައި ހަނގުރާމަވެރިންގެ ހަމަލާތައް ބަލިކަށިވާން ފަށައިފި: އިރާގު ކޮމާންޑަރުން

11 މާރިޗު 2017
މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

މުސްލިމުން އެމެރިކާއަށް އެރުން މަނާކޮށް ޓްރަމްޕް އަނެއްކާވެސް އައު ގަރާރެއް ނެރުއްވައިފި

06 މާރިޗު 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު