Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޔޯވް ގަލަންޓް ވަކިކުރުން

އިޒްރޭލުގެ ދިފާއީ ވަޒީރު މަޤާމުން ވަކި ކުރުމާ ގުޅިގެން އިޒްރޭލުގައި މުޒާހަރާ ކުރަނީ

އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މުޒާހަރާކުރާ ބައެއް ފަރާތްތަކުން ވަނީ އަޔަލޯން ހައިވޭގައި އަލިފާން ރޯކޮށް، މަގުތަކުން ދަތުރުކުރާ އުޅަނދުފަހަރަށް ވެސް ހުރަސްއަޅާފައެވެ.

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2024 | ބުދަ 06:04
ގަލަންޓް މަޤާމުން ވަކިކރެއްވުމާ ގުޅިގެން އިޒްރޭލުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން

ގަލަންޓް މަޤާމުން ވަކިކރެއްވުމާ ގުޅިގެން އިޒްރޭލުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެ ގައުމުގެ ދިފާއީ ވަޒީރު ޔޯވް ގަލަންޓް މަޤާމުން ވަކިކުރެއްވުމާ ގުޅިގެން އިޒްރޭލުގައި މުޒާހަރާކުރަން ފަށައިފިއެވެ.

މުޒާހަރާ ކުރާ ފަރާތްތަކުން ގޮވާލަމުން އަންނަނީ ނަތަންޔާހޫ އިސްތިއުފާ ދެއްވުމަށާއި، އައު ދިފާއީ ވަޒީރު ރަހީނުންގެ މައްސަލައަށް އިސްކަންދެއްވުމަށެވެ.

އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މުޒާހަރާކުރާ ބައެއް ފަރާތްތަކުން ވަނީ އަޔަލޯން ހައިވޭގައި އަލިފާން ރޯކޮށް، މަގުތަކުން ދަތުރުކުރާ އުޅަނދުފަހަރަށް ވެސް ހުރަސްއަޅާފައެވެ.

އަންގާރަ ދުވަހު ނަތަންޔާހޫ ވިދާޅުވީ، "ހަނގުރާމައިގެ މެދުތެރޭގައި، އެހެން ދުވަސްތަކަށް ވުރެ ބޮޑަށް، ބޮޑުވަޒީރާއި ދިފާއީ ވަޒީރާ ދެމެދު ފުރިހަމަ އިތުބާރެއް އޮތުން މުހިންމު" ކަމަށެވެ. އޭނާ ވިދާޅުވީ "ހަނގުރާމައިގެ ފުރަތަމަ ދުވަސްވަރުގައި އިތުބާރާއި ނަތީޖާ ހާސިލުވާ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، ފާއިތުވި މަސްތަކުގައި މި އިތުބާރު ގެއްލިފައިވާ،" ކަމަށެވެ. ނަތަންޔާހޫ އިތުރަށް ވިދާޅުވީ، "ހަނގުރާމަ ކުރިއަށް ގެނދިއުމުގައި އޭނާ އާއި ގަލަންޓްއާ ދެމެދު ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް ފާހަގަކުރެވިފައިވާ،" ކަމަށެވެ. އަދި ގަލަންޓްގެ ބަދަލުގައި ދެން މަޤާމަށް އައްޔަނުކުރައްވާނީ ޚާރިޖީ ވަޒީރު އިސްރާއީލް ކަޓްޒް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ނަތަންޔާހޫގެ ސްޓޭޓްމަންޓާއި ގުުޅިގެން ގަލަންޓް ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ ވަކިކުރެވުނީ ތިން ކަމަކާ މެދު ޚިޔާލު ތަފާތުވުމުގެ ސަބަބުން ކަމަށެވެ. އޭގެ ތެރޭގައި ޣައްޒާގައި ބަންދުކޮށްފައިވާ ރަހީނުން އަނބުރާ ގެނެވިދާނެ ކަމަށް އޭނާ ގަބޫލުކުރުން ހިމެނޭ ކަމަށެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާގައި ހަނގުރާމަ ފެށުމުގެ މަސްތަކެއް ކުރިން، ނަތަންޔާހޫ ވަނީ ސިޔާސީ ޚިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ގަލަންޓް އޭނާގެ މަޤާމުން ވަކިކުރައްވާފައެވެ. ނަމަވެސް، ބޮޑެތި އާންމު އިހުތިޖާޖުތަކަކަށްފަހު އޭނާ އަލުން އެ މަގާމަށް އައްޔަނުކުރެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ

އިނިރޭސިވިލާތް އީޔޫއިން ވަކިވުމުގެ މަޝްވަރާތައް މިމަހު 29 ގައި ފަށަނީ

20 މާރިޗު 2017
 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު