Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިޔާސީ ޕާޓީތައް ޖޫރިމަނާކުރުން

ސިޔާސީ ޕާޓީތައް ޖޫރިމަނާކުރަނީ ބާރުތައް ހަނިކޮށް އޮބަހައްޓަން - މައުރޫފް

4 ނޮވެމްބަރު 2024 | ހޯމަ 11:15

މިފަދަ އިސްލާހެއް ހުށަހެޅުމުގެ މަޤްސަދަކީ ކޮބާތޯ މައުރޫފް ސުވާލު އުފެއްދެވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 4 ނޮވެމްބަރު 2024 | ހޯމަ 11:15
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

ސިޔާސީ ޕާޓީތައް ޖޫރިމަނާކުރަނީ ބާރުތައް ހަނިކޮށް އޮބަހައްޓަން ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ގާނޫނާ ހިލާފުވެއްޖެ ނަމަ ސިޔާސީ ޕާޓީތައް ޖޫރިމަނާ ކުރެވޭ އަދަދު ބޮޑު ކުރުމާއި ޖޫރިމަނާ ކުރެވޭނެ ގޮތްތައް ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި މެދު ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީގެ މެންބަރު ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދުއެވެ. އެ ބިލުގެ ފުރަތަމަ އިއްވީ ހޯމަ ދުވަހުއެވެ.

އޭނާ ވަނީ ސިޔާސީ ޕާޓީއަކުން ގާނޫނާ ހިލާފުވުމާއި އެފަދަ އެ ނޫން ވެސް ބޮޑު ކުށެއް ކުރާ ތަން މިދުވަސްވަރު ފެނިގެން ނުދާ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެފަދަ އިސްލާހެއް ހުށަހެޅުމުގެ މަޤްސަދަކީ ކޮބާތޯ އޭނާ ސުވާލު އުފެއްދެވިއެވެ. އަދި ކުއްލިއަކަށް އެއް ލައްކަ ރުފިޔާއާ ހަމައަށް ސިޔާސީ ޕާޓީތައް ޖޫރިމަނާ ކުރެވޭ ގޮތަށް ބަދަލުތަކެއް ގެންނަ ސަބަބާ މެދު އޭނާ ސުވާލު އުފެއްދެވިއެވެ، ހަމައެހެންމެ އެ ކަންކަމާއި މެދު ވިސްނާލާއިރު، ދިވެހިރާއްޖޭގެ މިސްރާބު ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް މިސްރާބު ޖަހާފައި ހުރި މަންޒަރު ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާގެ މިންވަރު ބަދަލު ކުރުމުގެ ބޭނުމަކީ ބަޖެޓުން ވެރިކަން ހިންގާ ޕީއެންސީއަށް ބޮޑު އަދަދެއް ދިނުން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. މީގެ އިތުރުން މި އިސްލާހާއި އެކު ޕާޓީތައް ރަޖިސްޓްރީ ކުރުމަށް އޮތް ފުރުސަތު ހަނިވެގެންދާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިއީ ގިނަ ސިޔާސީ ޕާޓީތަކެއް އެކުލެވޭ ގޮތަށް ގައުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް އޮތް ފުރުސަތު ހަނިވާ ކަމެއް ކަމަށް މައުރޫފް ވިދާޅުވިއެވެ.

ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްލަތީފް މުހައްމަދު ސިޔާސީ ޕާޓީގެ ގާނޫނުގެ 49 ވަނަ މާއްދާއަށް ހުށަހެޅި ބަދަލު ގެނައުމުގެ ބޭނުމެއްގެ ގޮތުގައި ބުނެފައިވަނީ، ސިޔާސީ ޕާޓީތައް ގާނޫނާ ޚިލާފުވާ ހާލަތްތައް މަދުކުރުމުގައި ޕާޓީތަކުން ޒިންމާ އުފުލުމަށް ބާރުއެޅުމުގެ ގޮތުން ގާނޫނާ ޚިލާފުވާ ވަކިވަކި ފަރާތް ޖޫރިމަނާކުރުން ކަމުގައެވެ. މެމްބަރު ލަތީފުގެ ހުށަހެޅުމުގައިވާ ގޮތުން ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފުވާ މީހަކު 30،000 ރުފިޔާއާއި 75،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ކުރިން ޕާޓީ ޖުރިމަނާ ކުރާ ގޮތައް ގާނޫނުގައި ކަނޑައަޅާފައި ނެތް އިރު، މިހާރު މިގެންނަ ބަދަލާއެކު އެ އަމަލެއް ހިންގި ފަރާތް ނިސްބަތްވާ ޕާޓީއެއް 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ހުށަހެޅުމުގައިވެއެވެ.

މިހާރު ގާނޫނުގައި އޮންނަ ގޮތުން ނަމަ ޕާޓީއެއްގެ މެންބަރު ކަމަށް ގަވާއިދާ ޚިލާފަށް މީހެއްގެ ނަން ހުށަހަޅައިފިނަމަ އެކަން ކުރި ފަރާތެއް 5,000 - 10,000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއި، ގާނޫނުގެ އެހެން މާއްދާއަކާ ޚިލާފުވާ ފަރާތެއް 30,000 - 75,000  ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވިދާނެއެވެ. މެމްބަރު ލަތީފުގެ ހުށަހެޅުމުގައި ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީއާ ބެހޭ، އެ ގާނޫނުގެ 10 ވަނަ މާއްދާ އުވާލުންވެސް ހިމެނެއެވެ.

މީގެ އިތުރުން, ސިޔާސީ ޕާޓީ ތަކަށް ފައިސާ ދޫކުރާ ގޮތައް ބަދަލު ގެނައުން ވެސް މި ހުށަހެޅުމުގައި ވެއެވެ. މިގޮތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަން މިހާރު އޮންނަ ގޮތް ކަމަށްވާ އަހަރުގެ ޖުމްލަ ބަޖެޓުގެ 0.1 އާއި 0.2 އިންސައްތައިގެ ދެމެދުގެ އަދަދު ބަދަލުކޮށް ދައުލަތުގެ އަހަރީ ބަޖެޓްގައި އެ އަހަރަކަށް ލަފާ ކުރާ އާމްދަނީގެ 0.1 އާއި 0.2 ދެމެދުގެ އިންސައްތަ ޕާޓީތަކަށް ހަމަ ޖެއްސުން ހިމެނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

17 ފެބުރުއަރީ 2017

ބާރުތައް ނެގުމުން ކުރެވޭނެ ކަމެއް ނެތް:ތޮއްޔިބް

17 ފެބުރުއަރީ 2017
ބާރުތައް ނެގުމުން ކުރެވޭނެ ކަމެއް ނެތް:ތޮއްޔިބް
14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
09 ފެބުރުއަރީ 2017

ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

09 ފެބުރުއަރީ 2017
ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް