Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސެލޯނާގެ އެއްބަސްވުން ލޮޕޭޒް އައު ކޮށްފި

2 ނޮވެމްބަރު 2024 | ހޮނިހިރު 04:50

މިހާރު އެ ކުލަބާ އެކު ލޮޕޭޒް ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ނޮވެމްބަރު 2024 | ހޮނިހިރު 04:50
ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ފާމިން ލޮޕޭޒް

ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ފާމިން ލޮޕޭޒް

ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑަރު ފާމިން ލޮޕޭޒް، އެ ކުލަބާ އެކު ސޮއި ކޮށްފައިވާ އެއްބަސްވުން އައު ކޮށްފި އެވެ.

އުމުރުން 21 އަހަރުގެ ޒުވާން ކުޅުންތެރިޔާ އަށް ބާސެލޯނާގެ ސީނިއާ ޓީމުން ޖާގަ ލިބުނީ މިދިޔަ އަހަރު އެވެ. ބާސެލޯނާގައި އޭނާ ރަނގަޅު ކުޅުމެއް ދައްކަމުން އައިއިރު، އައު ކޯޗު ހަންސީ ފްލިކް ވެސް ވަނީ ލޮޕޭޒް އަށް އިސްކަން ދޭން ނިންމައިފަ އެވެ. ބާސެލޯނާ އިން ވަނީ ލޮޕޭޒްގެ އެއްބަސްވުން ފަސް އަހަރަށް އައު ކޮށްފަ އެވެ. އެހެންކަމުން މިހާރު އެ ކުލަބާ އެކު ލޮޕޭޒް ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އައު އެއްބަސްވުމާ އެކު ލޮޕޭޒްގެ ރިޒީލް ކްލޯޒް ފީ 500 މިލިއަން ޔޫރޯ އަށް އަރާނެ އެވެ. ބާސެލޯނާގެ އެއްބަސްވުން ލޮޕޭޒް އައު ކޮށްފައިވާއިރު، އޭނާ ހޯދުމުގެ ޝައުޤުވެރިކަން އެކި ކުލަބުތަކުން ގެންގުޅުނެވެ. އޭގެ ތެރޭގައި އިޓާލިއަން ލީގުގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބުތައް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ޚާއްސަކޮށް ޕްރިމިއާ ލީގުގެ ކުލަބުތަކުން ލޮޕޭޒް ހޯދުމަށް އޭނާ އަށް ހުށަހެޅުން ވެސް ހުށަހަޅާފައިވާ ކަމަށާއި، ނަމަވެސް އެއިން އެއްވެސް ހުށަހެޅުމެއް ޤަބޫލު ނުކުރަން ލޮޕޭޒް ނިންމާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެފައިވެ އެވެ.

ލޮޕޭޒް ވަނީ މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން 48 މެޗުގައި 11 ލަނޑު ޖަހައިފަ އެވެ. މިހާރު ކުރިއަށް ދާ ސީޒަންގައި އޭނާ ވަނީ ބާސެލޯނާ އަށް ހަ މެޗު ކުޅެދީފަ އެވެ. ލޮޕޭޒް އަށް ސްޕެއިންގެ ޤައުމީ ޓީމުން ޖާގަ ލިބުނީ މިއަހަރު އެވެ. އެގޮތުން މިއަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތަށް ސްޕެއިން އިން އެކުލަވާލި ޕްރިލިމިނަރީ ސްކޮޑުން އޭނާ އަށް ފުރުސަތު ލިބުނުއިރު، މުބާރާތަށް އެކުލަވާލި ފައިނަލް ސްކޮޑުން ވެސް އޭނާ އަށް ފުރުސަތު ލިބުނެވެ. ލޮޕޭޒް ވަނީ ސްޕެއިންގެ ޤައުމީ ޓީމަށް ދެ މެޗު ކުޅެދީފަ އެވެ. އޭނާ ވަނީ ސްޕެއިން އާއެކު ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

ބާސެލޯނާފާމިން ލޮޕޭޒް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

17 ޑިސެމްބަރު 2025
ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
03 ނޮވެމްބަރު 2025

އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި

03 ނޮވެމްބަރު 2025
އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް