Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖިހާދުގެ ކޮރަޕްޝަން މައްސަލަ

ޖިހާދުގެ އިސްތިއުނާފު މައްސަލަ ބަލައި ނުގަތުމުން މުރާޖާ ކުރުމަށް ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅަނީ

އެޑްރެސް ހޯދަން މިދިޔަ މަހުގެ 19 ވަނަ ދުވަހުން ފެށިގެން 15 ދުވަސް ދިން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2024 | އަންގާރަ 14:26
ކުރީގެ ނައިބުރައީސް އަބްދުﷲ ޖިހާދު

ކުރީގެ ނައިބުރައީސް އަބްދުﷲ ޖިހާދު

ކުރީގެ ނައިބު ރައީސް އަދި ޑރ. މުއިއްޒުގެ ސަރުކާރުން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަން ކަމަށް އައްޔަން ކުރެއްވި އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލައުލަތުން ކޮށްފައިވާ ދަޢުވާގެ މައްސަލަ ހައިކޯޓުން ބަލައިނުގަތުމުން އެ ނިންމުން މުރާޖާ ކުރުމަށް ފަނޑިޔާރުން މަޖިލީހަށް ހުށަހަޅަން ނިންމައިފިއެވެ.

ޖިހާދުގެ މައްސަލަ ކޯޓުން ބޭރުކޮށްލީ، ޖިހާދު އުޅޭ އެޑްރެހެއް ސާފުކުރުމަށްފަހު އަލުން މައްސަލަ ހުށަހެޅުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް (ޕީޖީ) ދިން މުއްދަތު ހަމަވުމަށްފަހު މައްސަލަ ހުށަހެޅުމުންނެވެ. ހައި ކޯޓުން މައްސަލަ އަލުން ހުށަހެޅުމަށް ދީފައިވާ މުއްދަތަކީ ސެޕްޓެމްބަރު 19 އިން ފެށިގެން 15 ދުވަހެވެ. ނަމަވެސް ޕީޖީން މައްސަލަ ހުށަހަޅާފައި ވަނީ ދިން މުއްދަތު ފަހަނައަޅާ ދިޔަތާ ދެ ދުވަސް ފަހުންނެވެ.

Advertisement - newsAdvertisement

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމުން މުރާޖާ ކުރަން ބުދަ ދުވަހު ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖިހާދުގެ މައްސަލަ ޕީޖީ އޮފީހުން ހައިކޯޓަށް އަލުން ހުށަހެޅީ ޖިހާދު ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމުންނެވެ. ނަމަވެސް މައްސަލަ ހުށަހެޅި އިރު ޖިހާދުގެ އެޑްރެސް ހޯދުމަށްފަހު އަލުން ހުށަހެޅުމަށް ޕީޖީ އޮފީހަށް ދިން މުއްދަތު ހަމަވެފައިވާ ކަމަށް ބުނެ ރަޖިސްޓްރާ ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމާފައެވެ.

އެނގިފައިވާ ގޮތުގައި ޕީޖީ އޮފީހުން ޖިހާދުގެ އިސްތިއުނާފު މައްސަލަ ހުށަހެޅީ ކޯޓުން އެންގި ގޮތަށް ޖިހާދު ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު މާލެ ވަޑައިގަތުމުންނެވެ. ކޯޓުން ޕީޖީއަށް އަންގާފައިވަނީ 15 ދުވަސް ތެރޭގައި ޖިހާދު ދިރިއުޅުއްވާ އެޑްރެސް ހޯއްދެވުމަށްފަހު އޭނާ މާލެ ވަޑައިގަތުމާއެކު 15 ދުވަސް ތެރޭގައި މައްސަލަ ހުށަހެޅުމަށެވެ. އަދި ޕީޖީ އޮފީހުންވަނީ ޖިހާދު މާލޭގައި ނެތްކަން އަންގައި، ފުލުހުން އެގޮތަށް ބުނެފައިވާ ސިޓީއެއްވެސް ހުށަޅާ ހުއްދަތު އިތުުރު ކޮށްދިނުމަށް ވެސް އެދިފައެވެ. ނަމަވެސް ހައިކޯޓުން މުއްދަތު އިތުުރުކޮށް ނުދިނެވެ.

ޖިހާދުގެ މައްޗަށް ދައުލަތުން ކުރި ދަޢުވާއަކީ، ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ޖިހާދު ފިނޭންސް މިނިސްޓަރުގެ މަޤާމުގައި ހުންނެވިއިރު، ފުށިދިއްގަރުފަޅު ސްޕެޝަލް ޓުއަރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ސޮއިކުރެއްވި މައްސަލައިގައި "ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާ" އެވެ.

މި މައްސަލައިގައި ޖިހާދު ސޮއިކުރެއްވި އެއްބަސްވުމުގައި ސަރުކާރުގެ ހިއްސާގެ ގޮތުގައި އޮތީ 25 ޕަސެންޓެވެ. ނަމަވެސް ސްޕެޝަލް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްޤީ ކުރާ ތަންތަނުގައި މަދުވެގެން ސަރުކާރުގެ 50 ޕަސެންޓު ހިއްސާ އޮންނަންޖެހޭނެ ކަމަށް ނެޝަނަލް ޕްލޭނިންގ ކައުންސިލުން ލަފާ ދީފައިވެއެވެ.

ކުރިން މި މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައިވަނީ ދަޢުވާއެއްގައި ހުންނަންޖެހޭ އަސާސީ ކަންކަމާއި ތަޙުޤީޤު ފުރިހަމަ ނުވާ ކަމަށް ކަނޑައަޅައިފައެވެ. އޭގެފަހުން ދައުލަތުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރީ އޯގަސްޓު 12، 2024 ގައެވެ.

މީގެ ކުރިންވެސް ޖިހާދު ދިރިއުޅުއްވާ އެޑްރެހެއް ނޭނގިގެން އަދި ދީފައިވާ އެޑްރެސްގައި އުޅޭ ޖިހާދުގެ އާއިލާގެ އެއްވެސް މީހަކު ކޯޓުގެ ލިޔެކިޔުންތަކާއި ހަވާލުނުވުމުގެ ސަބަބުން ކޯޓުން މައްސަލަ ބޭރުކޮށްލާފައިވެއެވެ. އެއިރު މައްސަލައިގެ ލިޔުންތައް ރައްދުކުރުމަށް އެ ކޯޓުން މަސައްކަތްކުރުމުން ލިޔުންތައް ރައްދުކުރެވިފައި ނުވާތީއާއި، ކޯޓަސް ހާޒިރުވުމުގެ އަމަރު ރައްދުކުރުމަށް އެ ކޯޓުން އެ އެޑްރޭހަށް ދިއުމުން އެގޭގައި ނޫޅޭކަމަށް މައުލޫމާތު ދީފައިވެއެވެ.

އެހެންކަމުން އިސްތިއުނާފު ރައްދުވާ އަބްދުﷲ ޖިހާދު ކޯޓަށް ހާޒިރުކުރެވޭނެ ގޮތެއް ހަމަޖެއްސުމަށްފަހު ނުވަތަ އަބްދުﷲ ޖިހާދު އުޅޭ އެޑްރެހެއް ސާފުކުރުމަށްފަހު ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި މި މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު ޕީޖީއަށް އޮތް ކަމަށް އަންގާ، މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ ތިއްތިފާގުން ވަނީ ދައުވާ ފޯމު އަނބުރާ ޕީޖީ އޮފީހަށް އަނބުރާ ފޮނުވާލުމަށް ނިންމާފައެވެ.

ރާއްޖެއެމްވީއަށް އިތުބާރުހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުން، ޖިހާދު މިވަގުތު ރާއްޖޭގައި ނެތެވެ. އަދި އޭނާ ދިރިއުޅޭ ގޭގައި އެހެން މީހުން ތިބި ނަމަވެސް އެ ގެއަށް ޗިޓް ފޮނުވުމުން އެގޭގެ އެއްވެސް މީހަކު ޗިޓާއި ހަވާލުވެފައި ނުވެއެވެ. މައުލޫމާތު ލިބުނު ގޮތުގައި ޗިޓް ފޮނުވީ ރަނގަޅު އެޑްރޭހަށެވެ. އަދި ޖިހާދު މާލޭގައި ދިރިއުޅެމުން އަންނަނީ މ. ވެސްޓް ވިއު، 3 ވަނަ ފަންގިފިލާގައެވެ. އަދި އެގޭގެ މީހުން ޗިޓާއި ހަވާލުނުވީ ޖިހާދު މިވަގުތު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާތީއެވެ.

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލާފައިވާ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރެއްވި ކަމުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައިވަނީ މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ. ހައިކޯޓަށް އިސްތިއުނާފަށް ހުށަހަޅަނީ ކްރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލުމުންނެވެ.

ކުރީގެ ނައިބުރައީސް އަބްދުﷲ ޖިހާދުހައި ކޯޓުކްރިމިނަލް ކޯޓްޕްރޮސެކިއުޓަރ ޖެނެރަލް

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

25 ޖެނުއަރީ
ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!
20215 އަހަރު ކުރިން
ރާއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!
20197 އަހަރު ކުރިން
ރިޕޯޓު

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު