Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އަންރުވާ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ހަދާ، އެ ޖަމާއަތުގެ ޚިދުމަތްތައް ހުއްޓުވުމަށް އިޒްރޭލުން ގާނޫނެއް ފާސްކޮށްފި

29 އޮކްޓޯބަރު 2024 | އަންގާރަ 07:07

ހޯމަ ދުވަހު ކެނެސެޓުން ފާސްކުރި މި އައު ޤާނޫނުގެ ދަށުން އަންރުވާއަށް އިޒްރޭލުގެ އޮފިޝަލުންނާ އެއްވެސް ގުޅުމެއް ބޭއްވުން މަނާކޮށް، އެ ޖަމްޢިއްޔާގެ މުވައްޒަފުންނަށް އިޒްރޭލުން ދެމުން އައި ޤާނޫނީ ރައްކާތެރިކަން ވަނީ ނިގުޅައިގަނެފައި

ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2024 | އަންގާރަ 07:07
އަންރުވާ އިން ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ކާޑުގެ ބާވަތްތައް މީހަކު އުފުލަނީ

އަންރުވާ އިން ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ކާޑުގެ ބާވަތްތައް މީހަކު އުފުލަނީ

އދ. ގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދޭ އޭޖެންސީ އަންރުވާ (ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އޭޖެންސީ) އިޒްރޭލުގައި މަސައްކަތްކުރުން މަނާކުރާ ޤާނޫނެއް ފާސްކޮށްފިއެވެ.

މި ގާނޫނު ފާސްކުރުމާއެކު އެ ޖަމްޢިއްޔާގެ އިސްވެރިޔާ ވިދާޅުވި ގޮތުގައި "ޚާއްޞަކޮށް ޣައްޒާގައި ތިބި ފަލަސްޠީނުގެ ރައްޔިތުންގެ ހާލު އިތުރަށް ނިކަމެތިވެގެންދާނެ" އެވެ. 

އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުން ނިންމި މި ނިންމުމުގެ ސަބަބުން އިޒްރޭލުގެ ބާރުގެ ދަށުގައިވާ ޣައްޒާ އަދި ވެސްޓް ބޭންކުގައި އެ ޖަމްޢިއްޔާއިން ހިންގަމުންދާ އެހީގެ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. 5 މިލިއަނަށްވުރެ ގިނަ ފަލަސްޠީނު ރެފިއުޖީންނަށް ޒިންމާވާ އަންރުވާއަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވަނީ ތަކުރާރުކޮށް ތުހުމަތުތައް ކޮށް ފާޑުކިޔާފައެވެ. ނަތަންޔާހޫ ތަކުރާރުކޮށް ތުހުމަތުކޮށްފައިވާ ގޮތުގައި އަންރުވާއަކީ ހަމާސް އަދި އެހެނިހެން ހަނގުރާމަވެރި ޖަމާޢަތްތަކާ ގުޅުން އޮތް ޖަމްޢިއްޔާއެކެވެ. 

ހޯމަ ދުވަހު ކެނެސެޓުން ފާސްކުރި މި އައު ޤާނޫނުގެ ދަށުން އަންރުވާއަށް އިޒްރޭލުގެ އޮފިޝަލުންނާ އެއްވެސް ގުޅުމެއް ބޭއްވުން މަނާކޮށް، އެ ޖަމްޢިއްޔާގެ މުވައްޒަފުންނަށް އިޒްރޭލުން ދެމުން އައި ޤާނޫނީ ރައްކާތެރިކަން ވަނީ ނިގުޅައިގަނެފައެވެ. 

އިޒްރޭލުގެ ޕާލަމެންޓުން ވަނީ އެ ޖަމްޢިއްޔާއަކީ ޓެރަރިސްޓު ޖަމާޢަތެއް ކަމަށްވެސް އިޢުލާނުކޮށްފައެވެ. އަލަށް ފާސްކުރި މި ގާނޫނު ތަންފީޒުކުރަން ފަށާނީ އިޒްރޭލުގެ ފޮރިން މިނިސްޓްރީން އދ. އަށް އެންގުމަށްފަހު 60 ދުވަހާއި 90 ދުވަހުގެ ތެރޭގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. 

އދ. ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް ވިދާޅުވީ މި އައު ޤާނޫނުގެ ސަބަބުން "ފަލަސްޠީނުގެ ބިމުގައި ތިބި ފަލަސްތީނުގެ ރެފިއުޖީންނަށް ނުރައްކާތެރި ނަތީޖާތަކެއް ކުރިމަތިވެދާނެ،" ކަމަށެވެ.

"އަންރުވާގެ ބަދަލުގައި އެހެން އޮޕްޝަނެއް ނެތް،" ގުޓަރެސް ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ. "މި ޤާނޫނުތައް ތަންފީޒުކުރުމުން އިޒްރޭލު-ފަލަސްޠީނު ހަމަނުޖެހުން ޙައްލުކުރުމަށާއި މުޅި ސަރަޙައްދުގެ ސުލްޙަ އަށާއި އަދި ސަލާމަތަށް ގެއްލުންވާނެއެވެ. ކުރިންވެސް އަޅުގަނޑު ބުނި ފަދައިން، އަންރުވާއަކީ ކޮންމެހެން ބޭނުންތެރި ޖަމްޢިއްޔާއެކެވެ."

ގުޓެރެސް އިތުރަށް ވިދާޅުވީ އޭނާ މި މައްސަލަ އދ. ގެ ޖެނެރަލް އެސެމްބްލީގެ ސަމާލުކަމަށް ގެންނަވާނެ ކަމަށެވެ. އަންރުވާގެ އިސްވެރިޔާ ފިލިޕް ލަޒަރީނީ އިންޒާރުދެއްވާފައިވަނީ އަންރުވާ މަނާ ކުރުމަށް ފާސްކުރި ގާނޫނުގެ ސަބަބުން "ޚާއްޞަކޮށް ޣައްޒާގައި ތިބި ފަލަސްޠީނުގެ ރައްޔިތުންގެ ހާލު އިތުރަށް ދަށްވެގެންދާނެ" އެވެ. 1.9 މިލިއަނަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުން ވަނީ އެމީހުންގެ ގެދޮރުން ނުކުމެ ހިޖުރަކުރަން މަޖުބޫރުވެފައެވެ. އަދި ޣައްޒާގައި ކާނާ، ފެން އަދި ބޭސްފަރުވާގެ ބޮޑު ދަތިކަމެއް ވަނީ ކުރިމަތިވެފައިވެއެވެ. އަންރުވާއިން މުޅި ސަރަޙައްދުގައި ތިބި މިލިއަނުން ގުނާ ފަލަސްޠީނު ރެފިއުޖީންނަށް ތަޢުލީމު، ޞިއްޙީ ޚިދުމަތް އަދި އެހެނިހެން އަސާސީ ޚިދުމަތްތައް ފޯރުކޮށްދެއެވެ. މީގެ ތެރޭގައި އިޒްރޭލުން ހިފާފައިވާ ވެސްޓް ބޭންކުގައި ތިބި ރެފިއުޖީންވެސް ހިމެނެއެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2025

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި
07 ޖޫން 2025

ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

07 ޖޫން 2025
ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް
16 މެއި 2025

ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

16 މެއި 2025
ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި
15 މެއި 2025

ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

15 މެއި 2025
ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި
20 މާރިޗު 2025

އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

20 މާރިޗު 2025
އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 
04 ފެބުރުއަރީ 2025

ޒަޚަމްވެފައިވާ ޣައްޒާގެ ރައްޔިތުންނަށް ޖަޕާނުން ފަރުވާ ދެނީ

04 ފެބުރުއަރީ 2025
ޒަޚަމްވެފައިވާ ޣައްޒާގެ ރައްޔިތުންނަށް ޖަޕާނުން ފަރުވާ ދެނީ
01 ފެބުރުއަރީ 2025

ހަމާސްއިން ހޮނިހިރު ދުވަހު އިތުރު ތިން އިސްރާއީލުގެ ރަހީނުން ދޫކޮށްލައިފި

01 ފެބުރުއަރީ 2025
ހަމާސްއިން ހޮނިހިރު ދުވަހު އިތުރު ތިން އިސްރާއީލުގެ ރަހީނުން ދޫކޮށްލައިފި
26 ޖެނުއަރީ 2025

ފަލަސްތީނު ރައްޔިތުންގެ ރައްދު ޓްރަމްޕަށް – "ޣައްޒާ އިން ފަލަސްތީނު މީހުން ބޭލުމަކީ، ކުރެވޭނެ ކަމެއް ނޫން، ކުރެވޭނެ ކަމެއް ނޫން، ކުރެވޭނެ ކަމެއް ނޫން"

26 ޖެނުއަރީ 2025
ފަލަސްތީނު ރައްޔިތުންގެ ރައްދު ޓްރަމްޕަށް – "ޣައްޒާ އިން ފަލަސްތީނު މީހުން ބޭލުމަކީ، ކުރެވޭނެ ކަމެއް ނޫން، ކުރެވޭނެ ކަމެއް ނޫން، ކުރެވޭނެ ކަމެއް ނޫން"
26 ޖެނުއަރީ 2025

ޣައްޒާގެ އުތުރުގައި ދިރިއުޅޭ ފަލަސްތީނު މީހުންގެ ގެދޮރަށް އެނބުރި ދިއުމަށް އިސްރާއީލުން ހުރަސް އަޅާ ބަޑި ޖަހައިފި

26 ޖެނުއަރީ 2025
ޣައްޒާގެ އުތުރުގައި ދިރިއުޅޭ ފަލަސްތީނު މީހުންގެ ގެދޮރަށް އެނބުރި ދިއުމަށް އިސްރާއީލުން ހުރަސް އަޅާ ބަޑި ޖަހައިފި
25 ޖެނުއަރީ 2025

ހަމާސް އިން އިތުރު 4 އަންހެން ރަހީނުން މިނިވަން ކޮށްފި

25 ޖެނުއަރީ 2025
ހަމާސް އިން އިތުރު 4 އަންހެން ރަހީނުން މިނިވަން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް