Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާގެ އުތުރުގައި ދިރިއުޅޭ ފަލަސްތީނު މީހުންގެ ގެދޮރަށް އެނބުރި ދިއުމަށް އިސްރާއީލުން ހުރަސް އަޅާ ބަޑި ޖަހައިފި

ހަމާސް އާއި އިސްރާއީލުން އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތުތައް ކުރަމުން ދާއިރު 15 މަސްދުވަހުގެ މުއްދަތައް ދެމިގެން ދިޔަ ހަނގުރާމަ ހުއްޓުމަކަށް ގެނައި އެއްބަސްވުން ކިހާ ދުވަހަކު ދެމި އޮވެދާނެތޯ ވަނީ ސުވާލު އުފެދިފައެވެ. 

ރާއްޖެ އެމްވީ | 26 ޖެނުއަރީ 2025 | އާދީއްތަ 02:20
2025 ޖެނުއަރީ 25 - ޣައްޒާގެ އުތުރަށް ދާން މަސައްކަތް ކުރަމުންދާ ފަލަސްތީނުގެ ރައްޔިތުންނާ ދިމާލަށް އިސްރާއީލުގެ ބާރުތަކުން ބަޑި ޖަހަނީ

2025 ޖެނުއަރީ 25 - ޣައްޒާގެ އުތުރަށް ދާން މަސައްކަތް ކުރަމުންދާ ފަލަސްތީނުގެ ރައްޔިތުންނާ ދިމާލަށް އިސްރާއީލުގެ ބާރުތަކުން ބަޑި ޖަހަނީ

ޣައްޒާ އުތުރުގައިވާ ސަރަހައްދު ތަކުގައި ދިރިއުޅޭ މީހުން، އެމީހުންގެ ގެދޮރަށް އެނބުރި ދާން އުޅުމުން އެކަމަށް ހުރަސް އަޅާ ފަލަސްތީނު މީހުންނާ ދިމާލަށް އިސްރާއީލުގެ ބާރުތަކުން ބަޑިޖަހައި، މަދުވެގެން އެކަކު ޝަހީދުކޮށްލައިފިއެވެ.

ހަމާސްއިން ތުހުމަތު ކުރާ ގޮތުގައި އިސްރާއީލުން ގެންދަނީ ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމުގެ ޝަރުތުތައް ތަންފީޒުކުރުން ލަސްކުރަމުންނެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވިދާޅުވީ އަމިއްލަ ގެދޮރަށް ދާން އުޅުނު މީހުންނަށް ހުރަސް އެޅީ އެއްބަސްވެފައިވާ ގޮތައް ހަމާސްއިން މަދަނީ އަންހެން ރަހީނަކު ދޫކޮށްނުލުމުގެ ސަބަބުން ކަމުގައެވެ.

އެއް ފަރާތުން އަނެއް ފަރާތައް އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ތުހުމަތު ކުރަމުންދާއިރު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ހޮނިހިރު ދުވަހުގެ ކުރީކޮޅު 4 އިސްރާއީލުގެ ސިފައިންނާއި 200 ފަލަސްތީނު މީހުން ވަނީ މިނިވަން ކޮށްފައެވެ.

ތަޖުރިބާކާރުން ބުނާ ގޮތުން ހޮނިހިރު ދުވަހު އެއް ބަޔަކު އެނެއް ބަޔަކަށް ބަދަލު ކުރި ބަހުގެ ހަމަލާތަކާ އެކު އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުން އެނބުރި އެމީހުންގެ ގެދޮރަށް ދިއުމަށް ހުރަސް އެޅުމުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ނާޒުކުކަން ވަނީ ހާމަވެގެން ގޮސްފައެވެ.

ކުރިން ވެސް މި އެއްބަސްވުމަކީ ޚިލާފުތައް އުފެދިދާނެ އެއްބަސްވުމެއް ކަމަށް ބެލެވިފައިވާއިރު، އިސްރާއީލުން ވާހަކަ ދައްކާ އިރު އެއްބަސްވުމުގެ ބަދަލުގައި ކިޔަމުން އަންނަނީ ވެސް "އޮނިގަނޑެއް" ކަމުގައެވެ.

އިސްރާއީލުން މައްސަލަ ހޫނު ކޮށްގެން މިއުޅެނީ ފަލަސްތީނުގައި ހުރި އެ ގައުމުގެ ރަހީނެއް ކަމުގައިވާ އުމުރުން 29 އަހަރުގެ އަރްބެލް ޔެހުދް، ނަމަކަށް ކިޔާ އަންހެނަކު ދޫކޮށް ނުލައިގެންނެވެ. އިސްރާއީލުން ބުނާ ގޮތުގައި އެއީ ހޮނިހިރު ދުވަހު ދޫކޮށްލަން ޖެހޭ މީހެއް ކަމަށާއި، ހޮނިހިރު ދުވަހު ދޫކޮށްލި ހަތަރު އަންހެނުންގެ ތެރޭގައި އޭނާ ނުހިމެނޭ ކަމަށެވެ. މިކަމާ ގުޅިގެން އިސްރާއީލުން ޣައްޒާގެ މަދަނީ ރައްޔިތުންނަށް އުތުރަށް ދިއުމަށް ހުރަސް އެޅި އިރު މިއީ ހަނގުރާމަ ހުއްޓާލުމާއި ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުމުގެ ދަށުން ހޮނިހިރު ދުވަހު ކުރަން ހަމަޖެހިފައި އޮތް ކަމެކެވެ.

މި މައްސަލަ އިތުރަށް އުނދަގޫވެފައިވަނީ ޔެހުދް ހިފަހައްޓާފައި ހުރީ ހަމާސް އިން އިން ނޫން ކަމަށް ވާތީއެވެ. ޣައްޒާގައި ހަރަކާތްތެރިވާ އަނެއް ޖިހާދީ ޖަމާޢަތް ކަމުގައިވާ ފަލަސްޠީނު އިސްލާމިކް ޖިހާދު (ޕީއައިޖޭ) ގެ އިސް ފަރާތަކުން ސީއެންއެން އާ ވާހަކަ ދައްކަމުން ބުނެފައިވާ ގޮތުގައި ޔެހުދް ހިފަހައްޓާފައި ވަނީ އެ ޖަމާޢަތުން ކަމަށާއި، އޭނާ "ދޫކޮށްލާނީ ބަންދު ކޮށްފައިވާ މީހުން ބަދަލުކުރުމުގެ އެއްބަސްވުމުގެ ޝަރުތުތަކުގެ ދަށުން" ކަމަށެވެ.

ހަމާސް އާއި އިސްރާއީލުން އެއް ބަޔަކު އަނެއް ބަޔަކަށް ތުހުމަތުތައް ކުރަމުން ދާއިރު 15 މަސްދުވަހުގެ މުއްދަތައް ދެމިގެން ދިޔަ ހަނގުރާމަ ހުއްޓުމަކަށް ގެނައި އެއްބަސްވުން ކިހާ ދުވަހަކު ދެމި އޮވެދާނެތޯ ވަނީ ސުވާލު އުފެދިފައެވެ.                 

އަނެއްކޮޅުން އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި، އިސްރާއީލު ސިފައިން ޖެނިން ސިޓީގަ އާއި ވަށައިގެންވާ ސަރަހައްދުގައި ބޮޑު އަސްކަރީ އޮޕަރޭޝަނެއް ދަނީ ހިންގަމުންނެވެ. ހޮނިހިރު ދުވަހު މި އޮޕަރޭޝަންގައި މަދުވެގެން ފަލަސްތީނުގެ ދެމީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެތެރޭގައި ދެ އަހަރުގެ އަންހެން ކުއްޖެއްވެސް ހިމެނެއެވެ.

ޣައްޒާފަލަސްތީން - އިސްރާއީލް ހަމަނުޖެހުންއިސްރާއީލް އަސްކަރިއްޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު