Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

އިސްރާއީލުގެ ސިފައިން އުތުރާއި ދެކުނު ޣައްޒާގައިވާ ތިން ހޮސްޕިޓަލަކަށްވެސް ހަމަލާދީފައިވެއެވެ: އެއީ، ޖަބާލިޔާގައިވާ އަލް އައުދާ ހޮސްޕިޓަލާއި، ޚާން ޔޫނިސްގައިވާ އިންޑޮނީޝިއާ ހޮސްޕިޓަލާއި، އަދި ޔޫރަޕިއަން ހޮސްޕިޓަލެވެ. ޣައްޒާގެ ސިއްހަތާ ބެހޭ މިނިސްޓްރީން ބުނާ ގޮތުގައި މިހާރު ޔޫރަޕިއަން ހޮސްޕިޓަލުގެ ޚިދުމަތް ވަނީ ހުއްޓިފައި.

ރާއްޖެ އެމްވީ | 15 މެއި 2025 | ބުރާސްފަތި 15:18
އިސްރާއީލުގެ ހަމަލާއެއްގައި އަނިޔާވެފައިވާ ފަލަސްތީނުގެ ކުއްޖަކު އޭނާ އަށް އަނިޔާވި ހަމަލާގައި މަރުވި އޭނާގެ އަޚުންންގެ ޖަނާޒާގައި ހިތްދަތިކަމާއެކު ބައިވެރިވަނީ - ޚާން ޔޫނިސް، މެއި 15، 2025

އިސްރާއީލުގެ ހަމަލާއެއްގައި އަނިޔާވެފައިވާ ފަލަސްތީނުގެ ކުއްޖަކު އޭނާ އަށް އަނިޔާވި ހަމަލާގައި މަރުވި އޭނާގެ އަޚުންންގެ ޖަނާޒާގައި ހިތްދަތިކަމާއެކު ބައިވެރިވަނީ - ޚާން ޔޫނިސް، މެއި 15، 2025

ފަލަސްޠީނުގެ ސަލާމަތީ ޚިދުމަތްތަކުން ބުރާސްފަތި ދުވަހު ރިޕޯޓުކުރި ގޮތުގައި، ބަންދުކޮށްފައިވާ ޣައްޒާގައި އިސްރާއީލުގެ ހަމަލާތަކުގައި 100 އަށްވުރެ ގިނަ މީހުން ޝަހީދުވެއްޖެއެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނާ ގޮތުގައި ބުރާސްފަތި ދުވަހުގެ ފަތިހުން ފެށިގެން އިސްރާއީލުން ބޮންއެޅުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 115 އަށް ވަނީ އަރާފައެވެ.

މަދުވެގެން 61 މީހުން މަރުވެފައިވަނީ ރޭގަނޑާ އެކު ބުރާސްފަތި ދުވަހުގެ ހެނދުނާ ހަމައަށް، ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސް ސިޓީއަށް ދެވުނު ހަމަލާތަކުގައި ކަމަށް އެ ސަރަހައްދުގެ ސިއްހީ އޮފިޝަލުން ބުނެފައިވެއެވެ. އުތުރުގައި، އިސްރާއީލުން ޣައްޒާ ސިޓީއާއި ޖަބާލިޔާ އަށް ހަމަލާދީފައިވެއެވެ.

އިސްރާއީލުގެ ސިފައިން އުތުރާއި ދެކުނު ޣައްޒާގައިވާ ތިން ހޮސްޕިޓަލަކަށްވެސް ހަމަލާދީފައިވެއެވެ: އެއީ، ޖަބާލިޔާގައިވާ އަލް އައުދާ ހޮސްޕިޓަލާއި، ޚާން ޔޫނިސްގައިވާ އިންޑޮނީޝިއާ ހޮސްޕިޓަލާއި، އަދި ޔޫރަޕިއަން ހޮސްޕިޓަލެވެ. ޣައްޒާގެ ސިއްހަތާ ބެހޭ މިނިސްޓްރީން ބުނާ ގޮތުގައި މިހާރު ޔޫރަޕިއަން ހޮސްޕިޓަލުގެ ޚިދުމަތް ވަނީ ހުއްޓިފައެވެ.

އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޚާން ޔޫނިސްގައި ނުވަ ގެއަކަށް އެއްވެސް އިންޒާރެއް ނުދީ ހަމަލާދީފައިވެއެވެ. އެއާ އެކު އާއިލާތައް އެކުގައި ވަނީ ނައްތާލާފައެވެ.

އަނެއްކޮޅުން ޣައްޒާ އަށް ކާބޯތަކެއްޗާއި ބޭހާއި ޒަރޫރީ ތަކެތި އެތެރެވިޔަ ނުދިނުމަށް އަޅާފައިވާ ހުރަސްތައް އިސްރާއީލުން އަންނަނީ ދަމަހައްޓަމުންނެވެ.

"އިސްރާއީލުގެ ބްލޮކޭޑަކީ ހަނގުރާމައިގެ އުކުޅުތައް ފަހަނައަޅައި ގޮސް، އާބާދީ ނައްތާލުމުގެ ހަތިޔާރަކަށް ވަނީ ވެފައި،" ހިއުމަން ރައިޓްސް ވޮޗްގެ ވަގުތީ އެގްޒެކެޓިވް ޑައިރެކްޓަރ ފެޑެރިކޯ ބޮރެލޯ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

ހިއުމަން ރައިޓްސް ވޮޗުން ބުނެފައިވަނީ "ޣައްޒާގެ އާންމު އިންފްރާސްޓްރަކްޗަރގެ ބާކީ އޮތް ބައި ވެސް ސުންނާފަތިކޮށް، ފަލަސްޠީނުގެ އާބާދީ ކުޑަކުޑަ ސަރަޙައްދަކަށް ޖަމާކުރުމަށް އިސްރާއީލު ސަރުކާރުން ރާވާފައިވާ ޕްލޭނަކީ އިންސާނިއްޔަތާ ދެކޮޅަށް ކުރަމުންދާ ކުށެއް ކަމަށާއި، އެއީ ނަސްލު ނައްތާލުމުގެ އަމަލުތައް އިތުރަށް ނުރައްކާތެރި ހިސާބަކަށް ގެންދިއުން." ކަމުގައެވެ.

އުތުރު ޣައްޒާގައި ދިރިއުޅޭ ރައްޔިތުން ބުނެފައިވަނީ ރޭނގަޑުގެ ހުރިހާ ވަގުތެއްގައި ވެސް އިސްރާއީލުގެ ހަމަލާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އަނެއްކޮޅުން އިސްރާއީލު އަސްކަރީ ޑްރޯންތަކުން އަޅަމުންދާ ލީފްލެޓްތަކުގައި އުތުރުގައި ދިރިއުޅޭ މީހުން ދެކުނަށް ދިއުމަށް ވަނީ އިންޒާރު ދީފައެވެ.

ޣައްޒާގެ ގިނަ ރައްޔިތުން 19 މަސްދުވަހުގެ ތެރޭގައި އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި މަދުވެގެން އެއްފަހަރު އެމީހުންގެ ގެދޮރުން ވަނީ ބޭރުކޮށްލާފައެވެ.

ޣައްޒާ ހަނގުރާމަފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

ކޮމެންޓް

އިތުރަށް ކިޔާލަން

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

23 ނޮވެމްބަރު 2025
ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވީ ފަހުން ވެސް ކޮންމެ ދުވަހަކު އިޒްރޭލު ސިފައިން ގެންދަނީ ފަލަސްތީނު ގެ ކުޑަކުދިން މަރަމުން: ޔުނިސެފް

22 ނޮވެމްބަރު 2025
ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު