Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ

ފަލަސްތީނު ރައްޔިތުންގެ ރައްދު ޓްރަމްޕަށް – "ޣައްޒާ އިން ފަލަސްތީނު މީހުން ބޭލުމަކީ، ކުރެވޭނެ ކަމެއް ނޫން، ކުރެވޭނެ ކަމެއް ނޫން، ކުރެވޭނެ ކަމެއް ނޫން"

ފަލަސްތީނު ރައްޔިތުން ހިތުގެ އަޑިން ގަބޫލު ކުރަނީ އެ ފަސްގަނޑަކީ އެމީހުންގެ ބިން ކަމަށް. އެމީހުން އެތައް ދޫކޮލާ ޔަހޫދީންނަށް އެ ބިން ނުދޭނެ ކަމަށް ވަނީ ބުނެފައި. ހަނގުރާމައިން ހާސިލު ނުވި ކަމެއް ސިޔާސީ ގޮތުން ހާސިލު ނުކުރެވޭނެ ކަމަށްވެސް ފަލަސްތީން ރައްޔިތުން ދެކޭ.

ރާއްޖެ އެމްވީ | 26 ޖެނުއަރީ 2025 | އާދީއްތަ 20:13
2025 ޖެނުއަރީ 26 - ބެލްޖިއަމްގެ ބްރަސުލްސް ގައި ޣައްޒާ ރައްޔިތުންނަށް ތާއީދުކޮށް މީހަކު ފަލަސްތީނުގެ ދިދަ ވިހުރަނީ

2025 ޖެނުއަރީ 26 - ބެލްޖިއަމްގެ ބްރަސުލްސް ގައި ޣައްޒާ ރައްޔިތުންނަށް ތާއީދުކޮށް މީހަކު ފަލަސްތީނުގެ ދިދަ ވިހުރަނީ

ޣައްޒާގެ ފަލަސްތީނުގެ ރައްޔިތުން މިޞްރާއި އުރުދުން އަށް ފޮނުވާލާ ޣައްޒާގެ ބިން ހުސް ކުރަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅަށް ފަލަސްތީނުގެ ރައްޔިތުން ރައްދު ދީ އެއީ "ކުރެވޭނެ ކަމެއް ނޫން،" ކަމަށް ބުނެފިއެވެ.

ޓްރަމްޕް ވިދާޅުވީ އުރުދުންގެ ރަސްގެފާނު އަބްދުﷲ އަށް އެކަން އެދިވަޑައިގެންފައިވާ ކަމަށާއި، އާދީއްތަ ދުވަހު މިޞްރުގެ ރައީސް އަށްވެސް އެކަމަށް އެދިވަޑައިގަންނަވާނެ ކަމަށެވެ.

ޣައްޒާ އަކީ "ވީރާނާ ވެފައިވާ ތަނެއް" ކަމަށް ވިދާޅުވެ، ޓްރަމްޕް ވިދާޅުވީ: "އަޅުގަނޑު މި ދައްކަނީ ގާތްގަނޑަކަށް އެއް މިލިއަން، ފަސް ލައްކަ މީހުންނާ ބެހޭގޮތުން، އަދި އަޅުގަނޑުމެން މުޅި އެ ސަރަޙައްދު ސާފުކޮށްލަނީ" ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ޣައްޒާގެ ފަލަސްތީނު ރައްޔިތުން މިސްރަށާއި އުރުދުން އަށް ގެންދިއުން އެއީ "ވަގުތީ" ނުވަތަ "ދިގު މުއްދަތަކަށް" ކަމަށްވެސް ވެދާނެ ކަމަށެވެ.

ޓްރަމްޕްގެ މި ވާހަކަފުޅަށް ޣައްޒާގައި ދިރިއުޅޭ ފަލަސްތީނު މީހުން ރައްދުދެމުން ބުނެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ގެންގުޅުއްވަނީ ޣައްޒާ ސްޓްރިޕްގެ އާބާދީ މަޖުބޫރުން ނެރެ މިޞްރާއި އުރުދުން އަށް ބަހާލުމުގެ ވިސްނުންފުޅުކަން އެމީހުންނަށް އެނގޭ ކަމުގައެވެ.

"މީހުންނަށް މިކަން ވިސްނައިދިނުމަކީ ކުރެވޭނެ ކަމެއް ނޫން،" ޣައްޒާގެ ނުސީރާތު ގައި ދިރިއުޅޭ ނަފީޒް ހަލާވާ އަލްޖަޒީރާ އަށް ބުންޏެވެ. "އަހަރެމެންގެ ޤައުމު ދޫކޮށް ގޮސް އެތަން ޔަހޫދީންނަށް ދޫކޮށްލުމުގެ ޚިޔާލަކީ، އެއްގޮތަކަށްވެސް ވާނެ ކަމެއް ނޫން."

ފަލަސްތީނުގެ އެހެން ރައްޔިތެއް ކަމުގައިވާ އިލްހާމް އައް ޝަބްލީ ޓްރަމްޕްގެ މި ޕްލޭނަށް ދެކޮޅު ހަދަމުން ބުނީ. "އަހަރެމެން މިތަނުން ދާން ބޭނުންވި ނަމަ، އެކަން މާ ކުރިން އޮންނާނީ ކޮށްފައި. އެމީހުން ފަލަސްތީނުގެ މީހުންނާ ދެކޮޅަށް ހިންގާ ނަސްލު ނައްތާލުމުގެ ހަނގުރާމަ އިން އެއްވެސް ކަމެއް ހާސިލެއް ނުކުރެވޭނެ އަދި އަހަރެމެން މިތަނުގައި ދެމިތިބޭނަން ކޮންމެ ގޮތެއް ވިޔަސް،" އޭނާ ބުންޏެވެ.

ފަލަސްތީނުގެ މީހުން އެފަދަ "އެއްވެސް ހުށަހެޅުމެއް ނުވަތަ ހައްލެއް ގަބޫލެއް ނުކުރާނެ. އެމެރިކާގެ ރައީސް ޓްރަމްޕްގެ ހުށަހެޅުންތަކުގައި އިޢުލާންކޮށްފައިވާ ފަދައިން އަލުން އިމާރާތްކުރުމުގެ ނަމުގައި ރަނގަޅު ނިޔަތެއްގައި ކަމަށް ފެނުނު ނަމަވެސް،" ހަމާސްގެ ސިޔާސީ ބިއުރޯގެ މެންބަރު، ބާސަމް ނައީމް، ރޮއިޓަރސް އަށް ބުންޏެވެ.

ހަމާސްގެ އެހެން އިސްވެރިޔަކު ކަމުގައިވާ ސާމީ އަބޫ ޒުހްރީ، ޓްރަމްޕް އަށް ދިން މެސެޖަކީ، އޭނާގެ ކުރިން ވެރިކަން ކުރެއްވި ރައީސް ޖޯ ބައިޑެން ގެންގުޅުއްވި ފަދަ "ނާކާމިޔާބު" ވިސްނުންތައް ތަކުރާރު ނުކުރުމަށެވެ.

"ޣައްޒާގެ މީހުން ވަނީ މަރު ތަޙައްމަލުކޮށް އެމީހުންގެ ވަޠަން ދޫކޮށް ދިއުމަށް އިންކާރުކޮށްފައި، އަދި އެއްވެސް ސަބަބަކާ ހުރެ އެމީހުން އެތަން ދޫކޮށްފައި ނުދާނެ،" އަބޫ ޒުހްރީ ރޮއިޓަރސް އަށް ވާހަކަ ދައްކަމުން ބުންޏެވެ.

ފަލަސްތީނުގެ މަސްރަހް ދިރާސާ ކުރާ ފަރާތެއް ކަމަށްވާ ޣައްސާން އަލްޚަޠީބް ބުނީ ހުޅަނގު އައްސޭރި އާއި ޣައްޒާގެ ފަލަސްތީނު މީހުން، އެމީހުންގެ ވަޒަނުން ނެރެގެން ގެންދަން، އުރުދުން އާއި މިޞްރުގެ މީހުން ދެކޮޅު ހަދާނެ ކަމަށެވެ: "މިފަދަ ޚިޔާލަކަށް ޙަޤީޤަތުގައި ޖާގައެއް އޮތްކަމަކަށް އަޅުގަނޑު ނުދެކެން."

ޣައްޒާގެ ގިނަ މީހުން ޓްރަމްޕްގެ ހުށަހެޅުމާ ދެކޮޅުހަދައި، ބުނީ ހަނގުރާމައިން ހާސިލު ނުކުރެވުނު ކަމެއް ސިޔާސީ ގޮތުން ހާސިލު ނުކުރެވޭނެ ކަމަށެވެ. ބައެއް މީހުން ބުނީ ޓްރަމްޕް އަކީ "ބޮޑާ" މީހެއް ކަމަށެވެ.

"އޭނާގެ ހިތަށް އަރަނީ ފަލަސްތީނުގެ މީހުން މަޖުބޫރުން ހިޖުރަކުރުވޭނެ ކަމަށް (ނަމަ) އެއީ ކުރެވޭނެ ކަމެއް ނޫން، ކުރެވޭނެ ކަމެއް ނޫން، ކުރެވޭނެ ކަމެއް ނޫން. ފަލަސްތީނުގެ މީހުން ހިތުގެ އަޑިން ގަބޫލުކުރަނީ މި ބިމަކީ އެމީހުންގެ ބިން ކަމަށް، މި ފަސްގަނޑަކީ އެމީހުންގެ ފަސްގަނޑު ކަމަށް،" މަޖްދީ ސައިދަމް ބުންޏެވެ.

ޣައްޒާފަލަސްތީން - އިސްރާއީލް ހަމަނުޖެހުންޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު