Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ހަމާސް އިން އިތުރު 4 އަންހެން ރަހީނުން މިނިވަން ކޮށްފި

މިއީ ހަމާސް އިން ރަހީނުން މިނިވަން ކުރި ދެވަނަ ބުރެވެ. ހޮނިހިރު ބަންދުން ދޫކޮށްލެވުނު މީހުންގެ ބަދަލުގައި، އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި 200 ފަލަސްތީނު މީހުން ދޫކޮށްލާނެކަމަށް ބެލެވެއެވެ.

ރާއްޖެ އެމްވީ | 25 ޖެނުއަރީ 2025 | ހޮނިހިރު 09:39
ހަމާސް އިން މިނިވަން ކުރި ހަތަރު އަންހެން ހޮސްޓެޖުން ސްޓޭޖަށް އަރަނީ

ހަމާސް އިން މިނިވަން ކުރި ހަތަރު އަންހެން ހޮސްޓެޖުން ސްޓޭޖަށް އަރަނީ

ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ޣައްޒާގައި ބަންދުކޮށްފައި ތިބި ރަހީނުންގެ ތެރެއިން 4 އަންހެނުން ދޫކޮށްލައިފިއެވެ.

ހޮނިހިރު ދުވަހު މި 4 މީހުން ހަމާސް އިން  ރެޑް ކްރޮސްގެ އޮފިޝަލުންނާ ހަވާލުކުރީ ޣައްޒާ ސިޓީގައިވާ ފަލަސްތީނު މައިދާނުގައެވެ.

މިއީ ހަމާސް އިން ރަހީނުން މިނިވަން ކުރި ދެވަނަ ބުރެވެ. ހޮނިހިރު ބަންދުން ދޫކޮށްލެވުނު މީހުންގެ ބަދަލުގައި، އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި 200 ފަލަސްތީނު މީހުން ދޫކޮށްލާނެކަމަށް ބެލެވެއެވެ. މީގެ ތެރޭގައި އުމުރު ދުވަހުގެ ޙުކުމް ތަންފީޒުކުރަމުންދާ 120 މީހުން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނުއެވެ.

ބަންދުން ދޫކޮށްލުމުގެ މައިދާނަށް، މޫނު ނިވާކޮށްގެން ތިބި ގިނަ އަދަދެއްގެ ހަމާސް އަދި އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރިން އެއްވެފައި ތިއްބެވެ. އަދި ގިނަ އަދަދެއްގެ ފަލަސްތީނު އާންމު ރައްޔިތުންވެސް އެތަނުގައި އެއްވެފައިވެއެވެ.

އެތައް ސަތޭކަ ހަމާސް މެންބަރުންގެ އިތުރުން، ފަލަސްތީނުގެ އިސްލާމިކް ޖިހާދު ހިމެނޭ ގޮތަށް އެހެނިހެން ފަލަސްތީނު ޖަމާޢަތްތަކުގެ މީހުންވެސް އެތަނުގައި ތިބިކަން ފާހަގަކުރެވެއެވެ.                

ހަތަރު ރަހީނުން ޣައްޒާ ގައި ރެޑް ކްރޮސްއާ ހަވާލުކުރެވުނު އިރު، ތެލް އަވީވްގެ މައިދާނެއްގައި ރަހީނުންގެ އާއިލާތަކާއި ގިނަ އަދަދެއްގެ ބަޔަކު މަންޒަރުތައް ބޮޑު ސްކްރީނުން ބަލަމުން ގެންދިޔައެވެ. ރަހީނުން ރެޑް ކްރޮސް އާ ހަވާލު ކުރުމާއެކު އެ މައިދާނުން އުފާވެރިކަން ފެތުރިގެން ދިޔަ މަންޒަރު ފެނިގެން ދިޔައެވެ. 

ހަތަރު ރަހީނުންވެސް ތިބީ އެމީހުންގެ ސިފައިންގެ ޔުނީފޯމު ގައެވެ. ހަމާސްއިން އެމީހުން މިނިވަން ކުރާ މައިދާނަށް ގެނައި އިރު، އެމީހުން ތިބީ ހިނިތުންވެފައެވެ. މައިދާނުގައި ތިބި މީހުންނަށް އަތުން އިޝާރާތް ކުރި މަންޒަރު ވެސް ފެނިގެން ދިޔައެވެ.

އެމެރިކާ، ޤަތަރު އަދި މިޞްރުގެ މެދުވެރިވެގެން ގިނަ މަރުޙަލާތަކެއް ހިމެނޭ ގޮތުން ކުރިއަށް ދިޔަ މަޝްވަރާ ތަކުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވުނު އިރު، މި ހަނގުރާމަ ވެފައިވަނީ އިސްރާއީލާއި ހަމާސް އާ ދެމެދު މިހާތަނަށް ހިނގި އެންމެ ގިނަ ފުރާނަ ގެއްލުނު އަދި އެންމެ ގެއްލުންބޮޑު ހަނގުރާމަ ކަމުގައި ވެފައެވެ. މި އެއްބަސްވުމުގެ ފުރަތަމަ 6 ހަފްތާގެ މަރުޙަލާގައި ހިމެނެނީ ހަމާސް އިން ބަންދު ކޮށްފައިވާ 94 ރަހީނުންގެ ތެރެއިން 33 މީހުން (އަންހެނުން، ކުޑަކުދިން، 50 އަހަރުން މަތީގެ ފިރިހެނުން، ބަލިމީހުން އަދި ޒަޚަމްވެފައިވާ މީހުން) ދޫކޮށްލުމާއި އަދި އޭގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނު މީހުންގެ ތެރެއިން ގާތްގަނޑަކަށް 2،000 މީހުން ދޫކޮށްލުމެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާގެ ތެރޭގައި ރަހީނުންގެ ގޮތުގައި ގެންދިޔަ ގާތްގަނޑަކަށް 250 މީހުންގެ ތެރެއިން ބައެއް މީހުން ވަނީ ޣައްޒާގައި ބަންދުގައި ތިއްބައި މަރުވެފައެވެ. އަދި އަނެއްބައި މީހުން ވަނީ ދޫކޮށްލެވި ނުވަތަ ސަލާމަތްކުރެވިފައެވެ.

ހަނގުރާމަ ހުއްޓާލި ދުވަހު 3 ރަހީނުން ދޫކޮށްލާފައިވާއިރު އޭގެ ބަދަލުގައި 90 ފަލަސްޠީނު މީހުން އިސްރާއީލުގެ ޖަލު ބަންދުން ދޫކޮށްލާފައި ވެއެވެ. އޭގެ އިތުރުން ހަނގުރާމައިގެ ސަބަބުން ހަލާކުވެފައިވާ ސަރަޙައްދުތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުން ވެސް މިހާރު ވަނީ ފެށިފައެވެ.

އިސްރާއީލުން 15 މަސް ދުވަހުގެ މުއްދަތައް ޣައްޒާ ސްޓްރިޕް އަށް ދިން އަނިޔާވެރި ހަމަލާތަކުގެ ސަބަބުން އެތަނުގެ އިމާރާތްތަކުގެ ތިންބައިކުޅަ ދެބައި ވަނީ ގެއްލުން ލިބި ނުވަތަ ފުނޑުފުނޑުވެފައެވެ.

ޣައްޒާގެ އިދާރާތަކުން ބުނާގޮތުގައި، އިސްރާއީލުގެ ހަމަލާތަކުގައި 47،000 އަށްވުރެ ގިނަ ފަލަސްޠީނު މީހުން ޝަހީދުވެފައިވެއެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންޣައްޒާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖެނުއަރީ
ޝުކުރިއްޔާ އޭޓީއެމް!
20251 އަހަރު ކުރިން
ރިޕޯޓު

ޝުކުރިއްޔާ އޭޓީއެމް!

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް އަންގަވައިފި

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި
20233 އަހަރު ކުރިން
ރާއްޖެ

"ކެފޭ ތާސީރު" ބަންދުކުރަން އަންގައިފި

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް
20224 އަހަރު ކުރިން
ރިޕޯޓު

30 މިލިއަން ރުފިޔާގެ ބަދަލުގައި 35 މިލިއަން ރުފިޔާގެ މިސްކިތެއް، ރަނގަޅު ނިންމުމެއް

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް
20215 އަހަރު ކުރިން
ކުޅިވަރު

ދުނިޔޭގެ ބެޑްމިންޓަނުގެ އެންމެ ބާރުގަދަ އޮފީސް ރާއްޖެއަށް

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

ކަޅު ފައިސާ ވަން އެކައުންޓްތަކުގެ ތަފްސީލް އެބަހުރި: ނަޝީދު

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެސްއެސްސީ އިމްތިހާނުގެ ޕޭޕަރު ލީކުވެފައިވާ ކަމަށް އޭސީސީގެ ތަހުގީގުން ކަށަވަރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު