Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

ޣައްޒާ ގައި އިސްރާއީލުން ބަންދު ކޮށްފައިވާ ސަރަޙައްދަށް ފަލަސްތީނުގެ މީހުން އަނބުރާ އައުމަށް ހުރަސް އެޅުމުގެ ގޮތުން ޤަސްދުގައި ހިންގާ ސިފައިންގެ ޕްލޭނެއްގެ ދަށުން، އުތުރު ޣައްޒާ ފަނާ ކޮށްލުމަށް އިސްރާއީލު ސިފައިންނަށް އޮތީ އަންގާފައެވެ.

ރާއްޖެ އެމްވީ | 7 ޖޫން 2025 | ހޮނިހިރު 13:33
ޣައްޒާ ގެ ޖަބާލިއާގެ ހުޅަނގުގައި ހުރި ގެއެއް އިސްރާއީލުން ގޮއްވާލުމުގެ ސަބަބުން ބޯ ދުމާއި ކުނޑި އަރަނީ - ޖޫން 1، 2025

ޣައްޒާ ގެ ޖަބާލިއާގެ ހުޅަނގުގައި ހުރި ގެއެއް އިސްރާއީލުން ގޮއްވާލުމުގެ ސަބަބުން ބޯ ދުމާއި ކުނޑި އަރަނީ - ޖޫން 1، 2025

ޣައްޒާ ހަނގުރާމައިގައި ބައިވެރިވާ އިސްރާއީލުގެ ސިފައިންނަށް އަމުރު ކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި އެމީހުންގެ ވަޒަނަށް ނާދެވޭ ގޮތައް މުޅި ސަރަހައްދު ހަލާކު ކޮށް ސުންނާފަތި ކުރުމަށް ކަމަށް އިސްރާއީލުގެ ސިފައިންގެ މީހަކު ބުނެފިއެވެ.

"އަރަބިން އަނބުރާ ނައުމަށްޓަކައި ހުރިހާ އެއްޗެއް ހަލާކު ކުރުމަށް އަމުރުކޮށްފައި އޮތީ؛" އިސްރާއީލު ސިފައިންގެ މީހާ ބުންޏެވެ.

އެނާ ހާމަކޮށްފައިވާ ގޮތުގައި، ޣައްޒާ ގައި އިސްރާއީލުން ބަންދު ކޮށްފައިވާ ސަރަޙައްދަށް ފަލަސްތީނުގެ މީހުން އަނބުރާ އައުމަށް ހުރަސް އެޅުމުގެ ގޮތުން ޤަސްދުގައި ހިންގާ ސިފައިންގެ ޕްލޭނެއްގެ ދަށުން، އުތުރު ޣައްޒާ ފަނާ ކޮށްލުމަށް އިސްރާއީލު ސިފައިންނަށް އޮތީ އަންގާފައި ކަމަށެވެ.

"ކުރަންޖެހޭ ކަމަކީ އެ ސަރަޙައްދު މުޅިން ހަލާކު ކޮށްލުން، އޭރުން އެމީހުންނަށް އަނބުރާ އެތަނަށް ނާދެވޭނެ. ކީއްވެ ހަލާކުކުރަންވީ؟ އެއީ މިޝަން ކަމަށް ވާތީ، އެއީ އަހަރެން ކުރާ ކަމަކީ،" ނަން ހާމަނުކުރާ ސިފައިންގެ މީހާ ޑްރޮޕް ސައިޓް ނިއުސް އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

އެ ސިފައިންގެ މީހާ އަކީ 'ޖެނެރަލްގެ ޕްލޭން' ގެ ނަމުން ނަން ދީފައިވާ ޕްލޭން ތަންފީޒު ކުރުމުގައި ބައިވެރިވި ބްރިގޭޑްތަކުގެ ތެރެއިން އެއް ބްރިގޭޑް ކަމަށްވާ ގިވާތީ ބްރިގޭޑްގެ މީހެކެވެ.

"އަހަރެންނަކީ ސިފައިންގެ ތެރޭގައި މާ ބޮޑު މީހެއް ނޫން،" އޭނާ ބުންޏެވެ. "އެއީ މިޝަން، އެއީ އަހަރެން ކުރާ ކަމަކީ. އެކަމަކު ތިބާ އަހަރެންގެ އަމިއްލަ ޚިޔާލު އަހަނީ ނަމަ، އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގޭ، އެއީ ހަމައެކަނި މިޝަނެއް."

2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހާއި 2025 ވަނަ އަހަރުގެ ޖެނުއަރީ މަހާ ދެމެދު ޖެނެރަލްގެ ޕްލޭން ތަންފީޒު ކުރުމުގެ ތެރޭގައި، އިސްރާއީލުގެ ބާރުތަކުން އުތުރު ޣައްޒާ އިން އެތައް ސަތޭކަ ހާސް ފަލަސްތީނުގެ މީހުން އެމީހުންގެ ގެދޮރުން ބޭރުކޮށް އެހެން ސަރަހައްދުތަކަށް މަޖުބޫރުން ފޮނުވާލައި، ގިނަ އަދަދެއްގެ މީހުން ވަގުތީ ހިޔާވަހިކަމުގެ ތަންތަނުގައި ތޮއް ޖައްސާލިއެވެ. ވަގުތީ ހިޔަލުގެ ގޮތުގައި ހަލާކުވެފައިވާ ސްކޫލް އިމާރާތްތައް ވެސް ދިޔައީ ބޭނުން ކުރަމުންނެވެ.

'ޖެނެރަލްގެ ޕްލޭން' އަކީ ކުރީގެ ޖެނެރަލް ގިއޯރާ އީލަންޑް އެކުލަވާލި ސިޔާސަތެކެވެ. މި ސިޔާސަތުގައި ފެނާއި، ކާނާއާއި، ބޭސްފަރުވާ އަށް ހުރަސް އަޅާ ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން، އުތުރު ޣައްޒާގައި ބަންދުކޮށްފައިވާ ސަރަހައްދުގައި ފަލަސްތީނުގެ މީހުން ބަނޑަށްޖައްސައިގެން ގޮތް ހުސްވަންދެން ދަތި ކުރުން ހިމެނެއެވެ.

ގިވާތީ ބްރިގޭޑަކީ ޣައްޒާ އަށް ހަމަލާ ދިނުމުގައި ފުރަތަމަ ބޭނުން ކުރި އިސްރާއީލުގެ އަސްކަރީ ޔުނިޓްތަކުގެ ތެރެއިން އެއް ޔުނިޓެވެ. އޭގެ ފަހުން އައި 20 މަސް ދުވަހުގެ ތެރޭގައި، މި ބްރިގޭޑް ބައިވެރިވި އޮޕަރޭޝަންތަކުގެ ސަބަބުން ބައިތުލް ލަހިޔާ، ބައިތުލް ހަނޫން، ޖަބާލިޔާ އަދި ރަފާހް ފަދަ ޣައްޒާގެ ގިނަ ސަރަހައްދުތައް މުޅިން ހަލާކުވެ ފަނާވެގެން ދިޔައެވެ.

"އެއީ ތަނެއް، އެއީ އިތުރަށް ބޭނުން ނުވާ ތަނެއް. އަދި އެއީ ބިމާ ހަމަކޮށްލަން ޖެހޭ ތަނެއް، އެހެންވެ އެތަން ބިމާ ހަމަ ކޮށްލަނީ،" ޣައްޒާގެ ސަރަހައްދުތަކާ މެދު އެމީހުންނަށް ވިސްނައިދީފައި އޮންނަ ގޮތް ކިޔައިދެމުން ސިފައިންގެ މީހާ ބުންޏެވެ.

ބޮޑެތި އަދަދުތަކުން މީހުން ވަޒަނުން ނެރެ ބޭރު ކުރުމުގެ އިތުރުން، ގިވާތީ ބްރިގޭޑް ސީދާ ފުރިހަމަ ކުރަން ޖެހުނު ޓާސްކެއްގެ ގޮތުގައި އުތުރު ޣައްޒާގެ ތިން ސްކޫލެއް ޤަސްދުގައި އަންދާލުން ހިމެނެއެވެ.

"މިޝަނަކީ އެ ހުރިހާ އެއްޗެއް ނައްތާލުން. އެއީ އެތާ ހުރި ހުރިހާ އެއްޗެއް ނައްތާލުން. އެހެންވީމާ އެއްވެސް އެއްޗެއް ނުހުންނާނެ." ޣައްޒާގެ އަސްކަރީ މިޝަން އިސްރާއީލުގެ ސިފައިން ކުރިއަށް ގެންދާ ގޮތް ކިޔައިދެމުން ސިފައިންގެ މީހާ ބުންޏެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާ ގައި ކުރިއަށް ގެންދާ އިންސާނިއްޔަތާ ޚިލާފު ލޭ އޮހުރުން ގިނަ އަނިޔާވެރި ހަނގުރާމައިގައި ޣައްޒާގެ ހުރިހާ އިންފްރާސްޓްރަކްޗަރެއް އިސްރާއީލު ސިފައިން ވަނީ ނައްތާލާފައެވެ.

އިސްރާއީލު ސިފައިންޣައްޒާފަލަސްތީނުންޣައްޒާ ހަނގުރާމަފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

ކޮމެންޓް

އިތުރަށް ކިޔާލަން

ހަމާސް ގެ ސީނިއާ ކޮމާންޑަރަކު ޣައްޒާ ގައި ޝަހީދު ކޮށްލައިފި

ހަމާސް ގެ ސީނިއާ ކޮމާންޑަރަކު ޣައްޒާ ގައި ޝަހީދު ކޮށްލައިފި

13 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު