Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޒަޚަމްވެފައިވާ ޣައްޒާގެ ރައްޔިތުންނަށް ޖަޕާނުން ފަރުވާ ދެނީ

ޖަޕާނުން ގެންދަނީ ޣައްޒާގެ ރައްޔިތުންނަށް ތައުލީމު ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުން ކަމަށްވެސް ބޮޑު ވަޒީރު ވިދާޅުވި

ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2025 | އަންގާރަ 11:26
2025 ފެބްރުއަރީ 2 - ދީރުލް ބަލާހްގެ ޔަފާ ހޮސްޕިޓަލުގެ ހާލަތު ދައްވެ ބަލިމީހަކު ހޮސްޕިޓަލުން ނެރެނީ

2025 ފެބްރުއަރީ 2 - ދީރުލް ބަލާހްގެ ޔަފާ ހޮސްޕިޓަލުގެ ހާލަތު ދައްވެ ބަލިމީހަކު ހޮސްޕިޓަލުން ނެރެނީ

ހަނގުރާމައިގެ ސަބަބުން ޣައްޒާގެ ބަލި މީހުންނަށާއި އަދި ޒަޚަމްވެފައިވާ މީހުންނަށް ސިއްޙީ ފަރުވާ ދިނުމަށް ވިސްނަމުންދާ ކަމަށް ދުނިޔޭގެ ހަތަރުވަނަ އަށް އެންމެ ބޮޑު އިޤްތިޞާދު އޮތް ޤައުމު ކަމުގައިވާ ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު އޮތް ޕާލިމެންޓުގެ ޖަލްސާ އެއްގައި އިޝިބާ ވިދާޅުވީ، "ޣައްޒާގައި ބަލި ނުވަތަ ޒަޚަމްވެފައިވާ މީހުންނަށް" ޖަޕާނުގައި ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގެ ސިޔާސަތެއް އެކުލަވާލުމުގެ މަސައްކަތް އޭނާގެ ސަރުކާރުން ކުރަމުންދާ ކަމަށެވެ.

އޭގެ އިތުރުން ޣައްޒާގެ ރައްޔިތުންނަށް ތަޢުލީމީ ފުރުޞަތުތައް ފަހިކޮށްދިނުމަށް ޖަޕާނުން ވިސްނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިޝިބާ މިހެން ވިދާޅުވީ، 2017 ވަނަ އަހަރު ސޫރިއާގެ ރެފިއުޖީން ދަރިވަރުންގެ ގޮތުގައި ބަލައިގަތުމަށް ޖަޕާނުން ހިންގި ޕްރޮގްރާމެއް، ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ހިންގިދާނެތޯ ގާނޫނު ހަދާ މަޖިލިހުގެ މެމްބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"އަޅުގަނޑުމެން ޣައްޒާ އަށް މިފަދަ ޕްރޮގްރާމެއް ފެށުމާމެދު ވިސްނަމުން ގެންދަނީ، އަދި މި ޕްލޭން ޙަޤީޤަތަކަށް ހެދުމަށް ސަރުކާރުން މަސައްކަތްކުރާނެ" ކަމަށް އިޝިބާ ވިދާޅުވިއެވެ.

ޕާލިމެންޓުގައި މަޝްވަރާކުރެވުނު މި ފިޔަވަޅުތަކަކީ ޖަޕާނުން ސިޔާސީ ހިމާޔަތް ދިނުމާ އަދި މުޅިން ތަފާތު ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ސިޔާސީ ހިމާޔަތް ދިނުމުގައި ޖަޕާނުން ގެންގުޅޭ ހަރުކަށި ސިޔާސަތައް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފައިވާއިރު ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އެއީ މާ ހަރުކަށި ސިޔާސަތެކެވެ.

2023 ވަނަ އަހަރު ޖަޕާނުން ސިޔާސީ ހިމާޔަތް ހޯދުމަށް އެދުނު 13,823 މީހުންގެ ތެރެއިން ޤަބޫލުކުރީ 1,310 މީހުންނެވެ. އެއީ 10 އިންސައްތަ އަށްވުރެ މަދު އަދަދެކެވެ.

މީގެ އިތުރުން، އެހެން އޮނިގަނޑެއްގެ ދަށުން، ވޭތުވެދިޔަ އަހަރުގެ ނިޔަލަށް، އދ. ގެ ރެފިއުޖީ އޭޖެންސީން ރެފިއުޖީންގެ ގޮތުގައި ބަލައިގަނެފައިވާ ސޫރިއާގެ ޖުމްލަ 82 މީހުން، ދަރިވަރުންގެ ގޮތުގައި ޖަޕާނުން ބަލައިގެންފައިވާ ކަމަށް ޖަޕާނުގެ ފޮރިން މިނިސްޓްރީން ހާމަ ކޮށްފައިވެއެވެ.

ޖަޕާނުގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު އޭއެފްޕީ އަށް ބުނިގޮތުގައި، އެ ސްކީމްގެ މަޤްޞަދަކީ ޖަޕާނުގެ ދިގު މުއްދަތުގެ ބޭރުގެ އެހީގެ ސިޔާސަތުގެ ބައެއްގެ ގޮތުގައި ސޫރިއާގެ މުސްތަޤްބަލުގެ ލީޑަރުންނަށް ތަޢުލީމު ދިނުމެވެ.

ޖެނުއަރީ 19 ގައި ޢަމަލުކުރަން ފެށި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ބައެއްގެ ގޮތުން، ހޮނިހިރު ދުވަހު އަލުން ހުޅުވާލެވުނު ރަފާ ކްރޮސިންގ ގެ ތެރެއިން 30 ކުޑަކުދިންނާއެކު 50 ފަލަސްތީނު ބަލިމީހުން އަދި އެމީހުންގެ އެހީތެރިން މިޞްރަށް ދަތުރުކުރި ކަމަށް ޣައްޒާގެ ޞިއްޙަތާ ބެހޭ މިނިސްޓްރީން ބުންޏެވެ.

ޣައްޒާގެ ސިއްހީ އޮފިޝަލުން ހާމަ ކޮށްފައިވާ ގޮތުގައި ފަރުވާ އަށް ބޭނުންވާ 6,000 ބަލިމީހުން ފަލަސްޠީނު ސަރަޙައްދުން ބޭރަށް ގެންދިއުމަށް ތައްޔާރަށް ތިބިއިރު، 12,000 އަށްވުރެ ގިނަ މީހުން " ވަރަށް ބޮޑަށް ފަރުވާއަށް ބޭނުންވެފައި" އެބަތިއްބެވެ.

ޣައްޒާފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު