Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފަލަސްތީނު

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

ދެ އަހަރު ދުވަހުގެ ހަނގުރާމަ ހުއްޓާލުމަށްފަހު، ޣައްޒާގެ އިންތިގާލީ ވެރިކަމާއި ސަލާމަތީ ބާރުތަކެއް ގާއިމުކުރުމަށް ޑްރާފްޓް ރިޒޮލިއުޝަނެއްގެ މައްޗަށް މަޝްވަރާކުރަމުންދާއިރު، މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމަށް މި ތާރީހީ ފުރުސަތުގެ ބޭނުން ހިފުމަށް އެމެރިކާއިން ގޮވާލާފައިވެ އެވެ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 14 ނޮވެމްބަރު 2025 | ހުކުރު 08:33
ޣައްޒާގައި ހަލާކުވެފައިވާ އިމާރާތްތަކުގެ ތެރޭގައި ޣައްޒާގެ އާންމުން ހިނގާބިނގާވެ އުޅެނީ

ޣައްޒާގައި ހަލާކުވެފައިވާ އިމާރާތްތަކުގެ ތެރޭގައި ޣައްޒާގެ އާންމުން ހިނގާބިނގާވެ އުޅެނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާ އަށް ހުށަހަޅާފައިވާ ސުލްހައިގެ ޕްލޭން ވަރުގަދަކުރުމަށް އެމެރިކާއިން ތައްޔާރުކޮށްފައިވާ ޑްރާފްޓް ރިޒޮލިއުޝަން އަށް ތާއީދުކުރުމަށް ޓްރަމްޕް ޔޫއެން ސެކިއުރިޓީ ކައުންސިލަށް ގޮވާލައިފި އެވެ.

ސުލްހައިގެ ޕްލޭނަށް ތާއިދު ކުރުމަށް ގޮވާލުމުގެ އިތުރުން، އެ ޕްލޭން ފާސް ނުވެއްޖެ ނަމަ ފަލަސްތީނުން "ވަރަށް ބޮޑު" ނަތީޖާތަކާ ކުރިމަތިވެދާނެކަމަށް ވެސް ޓްރަމްޕް އިންޒާރު ދެއްވި އެވެ.

ޔޫއެންގައި ހުންނަ އެމެރިކާގެ މިޝަނުން ނެރުނު ބަޔާނެއްގައި ތަރުޖަމާނަކު ވިދާޅުވެފައިވަނީ މި ގަރާރާ މެދު އެއްބަސްވުމަކަށް އައުމަށް މުހިންމު މަޝްވަރާތަކެއް ކުރަމުންދާއިރު ހިޔާލު ތަފާތުވެއްޖެނަމަ އެކަމުގެ ސަބަބުން ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަމާއި ސަލާމަތްތެރިކަން ނުލިބޭނެ ނަތީޖާތަކެއް ކުރިމަތިވެދާނެ ކަމަށެވެ.

މި ރިޒޮލިއުޝަނާ ބެހޭގޮތުން އެއްބަސްވުމަށް މަޝްވަރާކުރަމުންދާ ހަނގުރާމަ ހުއްޓާލާފައިވާ ނާޒުކު ދަނޑިވަޅުގައި، ކައުންސިލުން އެއްބައިވަންތަވެ، އިންތިހާއަށް ބޭނުންވާ ސުލްހަ ކަށަވަރު ކުރުމަށް ކުރިއަށް ދިއުން މުހިންމު ކަމަށާއި، އަދި މިއީ މެދު އިރުމަތީގައި ސުލްހަ ގާއިމް ކުރުމަށް ހުޅުވިގެންދާނެ ތާރީހީ މަސައްކަތަކަށް ވެގެންދާނެ ކަމަށް އޮފިޝަލު ވަނީ ވިދާޅުވެފަ އެވެ.

ފާއިތުވި ހަފްތާގައި، އިޒްރޭލާއި ހަމާސްގެ ދެމެދު ދެ އަހަރު ދުވަހު ކުރިއަށްދިޔަ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ޓްރަމްޕްގެ ޕްލޭނަށް ތާއީދުކުރާ ޑްރާފްޓެއްގެ މައްޗަށް އެމެރިކާގެ އޮފިޝަލުން އދ ގެ ސެކިއުރިޓީ ކައުންސިލުގެ ތެރޭގައި ދަނީ މަޝްވަރާ ކުރަމުންނެވެ.

އޭއެފްޕީން ރިޕޯޓު ކުރި ގޮތުގައި ރިޒޮލިއުޝަންގެ ތިންވަނަ ޑްރާފްޓުގައި "ބޯޑް އޮފް ޕީސް ގާއިމުކުރުމަށް" އެއްބަސްވާ އިރު، އެ ބޯޑަކީ ޣައްޒާގެ އިންތިގާލީ ވެރިކަން ކުރާ އިދާރާއެއް ގާއިމްކުރުމަށްފަހު ޓްރަމްޕް ރިޔާސަތު ބަލަހައްޓާ ގޮތަށް 2027 ވަނަ އަހަރުގެ ނިޔަލަށް މެންޑޭޓެއް ހިމެނޭ ޑްރާފްޓެކެވެ.

މިއިން މެންބަރު ގައުމުތަކަށް "ވަގުތީ އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް (އައިއެސްއެފް)" އުފެއްދުމަށް ހުއްދަ ލިބިގެންދާނެ އެވެ. އަދި މި ފޯސް އިން އިޒްރޭލާއި މިސްރާއި އަލަށް ތަމްރީނުކުރެވޭ ފަލަސްތީނު ފުލުހުންނާ އެކު މަސައްކަތްކޮށް، ސަރަހައްދީ ރައްކާތެރިކަން ކަށަވަރުކޮށް، ޣައްޒާ އިން ހަތިޔާރު އެޅި ފަރާތްތައް އެއްކޮށް ނައްތާލަން މަސައްކަތް ކުރާނެ އެވެ.

އަދި އާންމުން ރައްކާތެރިކުރުމާއި އިންސާނީ އެހީގެ ކޮރިޑޯތައް ރައްކާތެރިކުރުމުގެ މަސައްކަތް ވެސް ކުރާނެއެވެ. ހަމަ މިއާއެކު ހަތިޔާރު އެޅި ހަނގުރާމަވެރިން ތިބޭ ތިބުމަށް ނިމުމަކަށް ގެނައުމަށް މި ފޯސް އަށް ބާރު ލިބިގެންދާނެ އެވެ.

ކުރީގެ ޑްރާފްޓްތަކާ ހިލާފަށް، އެންމެ ފަހުގެ ޑްރާފްޓުގައި މުސްތަގުބަލުގައި ފަލަސްތީނު ސަރުކާރެއް އުފެދިދާނެކަމުގެ ވާހަކަ ބުނެފައިވެ އެވެ.

ފަލަސްތީނު އޮތޯރިޓީން އެދިފައިވާ އިސްލާހުތައް ހިމަނައި، ޣައްޒާ އަލުން އާރާސްތު ކުރަން ފަށައިފިނަމަ، ފަލަސްތީނު ރައްޔިތުންގެ މިނިވަންކަމާއި ސަރުކާރެއް ގާއިމްކުރުމަށް މަގު ފަހިވެގެންދާނެ ކަމަށް ޑްރާފްޓުގައި ބުނެފައިވެ އެވެ. ޑްރާފްޓުގައި އިތުރަށް ބުނެފައިވަނީ އެމެރިކާއިން އިޒްރޭލާއި ފަލަސްތީނާ ދެމެދު މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވާ އިރު މި މަޝްވަރާތަކުގައި ސިޔާސީ އަދި ހަމަޖެހުން ގާއިމްކޮށް އެއްފަރާތުން އަނެއް ފަރާތުގެ ކަންކަމާއި ނުބެހި އުޅޭވޭނެ ގޮތަށް ކަންކަން ފަހިކުރެވިގެންދާނެ ކަމަށެވެ.

އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ބުދަ ދުވަހު ބުނީ ރިޒޮލިއުޝަން ގަބޫލުކުރާނެކަމަށް އުއްމީދުކުރާކަމަށެވެ. އަދި އުއްމީދަކީ ވަރަށް އަވަހަށް އެކަމުގައި ފިޔަވަޅު އަޅަން ފެށުން ކަމަށް ކެނެޑާގައި ނޫސްވެރިންނަށް ވާހަކަދައްކަމުން އޭނާ ވިދާޅުބެފައިވެ އެވެ.

ނަމަވެސް ކައުންސިލްގެ މެމްބަރުން ބޯޑް އޮފް ޕީސް އުފެއްދުމަށް ތާއީދުކުރާކަމަށް ފެނުނު ނަމަވެސް، ޑިޕްލޮމެޓުން އޭއެފްޕީއަށް ބުނީ ޑްރާފްޓާ ބެހޭގޮތުން ސުވާލުތައް އުފެދިފައިވާކަމަށެވެ. އެއީ ސެކިއުރިޓީ ކައުންސިލުން ބަލަހައްޓާނެ ނިޒާމެއްގެ ވާހަކަ ލިޔުމުގައި ނެތުމާއި، ފަލަސްތީނު އޮތޯރިޓީއަށް މުސްތަގުބަލުގައި ދައުރެއް ލިބިދާނެތޯ، އަދި އައިއެސްއެފްގެ މެންޑޭޓާ ބެހޭ ތަފްސީލުތައް ހިމެނެއެވެ.

ޑޮނަލްޑް ޓްރަމްޕްޣައްޒާއދ. ގެ ސެކިއުރިޓީ ކައުންސިލްފަލަސްތީނުއިސްރާއީލް-ހަމާސްބޯޑް އޮފް ޕީސްފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު