Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ކުޅުންތެރިންނާމެދު ފަޚުރުވެރިވަން، މަސައްކަތް ކާމިޔާބުވާ ކަމުގެ އިޙުސާސް ކުރެވޭ: ފްލިކް

ވާދަވެރި ރެއާލާ ދެކޮޅަށް ބާސެލޯނާގެ ކުޅުންތެރިން ދެއްކި ކުޅުމާއި، އެ މެޗުން ލިބުނު ނަތީޖާއާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި ހުރިކަމަަށް ފްލިކް ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2024 | ހޯމަ 03:56
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް

ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް

ސްޕެއިންގެ ބާސެލޯނާގެ ކުޅުންތެރިންނާ މެދު ފަޚުރުވެރިވާ ކަމަށާއި، އެ ޓީމުގައި ކުރަމުން އަންނަ މަސައްކަތް ކާމިޔާބުވާ ކަމުގެ އިޙުސާސް ކުރެވޭ ކަމަށް ހަންސީ ފްލިކް ބުނެފި އެވެ.

ބާސެލޯނާގެ ކޯޗު ފްލިކް މިހެން ބުނީ، ސްޕެނިޝް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެކޮޅަށް ބާސެލޯނާ އިން ކުޅުނު މެޗަށްފަހު އެވެ. ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗު ބާސެލޯނާ އިން ކާމިޔާބު ކޮށްފައި ވަނީ ދެ ވަނަ ހާފުގައި ޖެހި ހަތަރު ލަނޑުންނެވެ. ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުން ބަލި ނުވެ ފަރުޖައްސާލައިގެން، ރެއާލަށް ރެކޯޑެއް ޤާއިމު ކުރުމުގެ ފުރުސަތު ވެސް އޮތެވެ. އެއީ ލީގުގައި ބަލި ނުވެ ބާސެލޯނާ އިން ހަމަކޮށްފައިވާ 43 މެޗުގެ ރެކޯޑެވެ. ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗަކީ ލީގުގައި ބަލި ނުވެ ރެއާލް ކުޅުނު 43 ވަނަ މެޗެވެ. ނަމަވެސް އެ މެޗުން ރެއާލް ވަނީ ބަލިވެފަ އެވެ.

އެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ފްލިކް ބުނީ، ބާސެލޯނާގައި މަސައްކަތް ކުރުމާއި، ބާސެލޯނާ އާއެކު ކުރިއަށް ދިޔުމަކީ އޭނާ އަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ބާސެލޯނާ އަށް އިރުޝާދު ދިނުމަކީ އުފާވެރިކަން ގެނެސްދޭ ކަމެއްކަން ފާހަގަކޮށް ފްލިކް ބުނީ، އެ ޓީމުގެ ކުޅުންތެރިންނާ މެދު އޭނާ ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމަށެވެ. ޚާއްސަކޮށް ވާދަވެރި ރެއާލާ ދެކޮޅަށް ބާސެލޯނާގެ ކުޅުންތެރިން ދެއްކި ކުޅުމާއި، އެ މެޗުން ލިބުނު ނަތީޖާއާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި ހުރިކަމަަށް ފްލިކް ބުންޏެވެ.

މެޗުގެ ދެ ވަނަ ހާފުގައި ބާސެލޯނާ އިން ހަތަރު ލަނޑު ޖަަހައި އެ ޓީމު ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލުމަށް އިޝާރާތް ކުރަމުން ފްލިކް ބުނީ، އެކަން ކުރެވުނީ ކޮންމެ ވަގުތެއްގައި ވެސް ބާސެލޯނާގެ ކުޅުންތެރިން ދެއްކި ސަމާލުކަމާއި، ހަމަލާތަކެއް އުފެއްދުމަށް ކުރި މަސައްކަތުން ކަމަށެވެ. ޚާއްސަކޮށް ރެއާލަށް މާ ގިނަ ފުރުސަތުތަކެއް ނުލިބޭނެހެން ބާސެލޯނާގެ ކުޅުންތެރިން ރޭވުންތެރިކަމާއެކު ދެއްކި ކުޅުމުގެ ނަތީޖާ އަކީ، އެ ޓީމު ކޮޅަށް މެޗުގެ ނަތީޖާ އެނބުރުން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ފްލިކް ބުނީ ޑިފެންސްގައި ބާސެލޯނާގެ ކުޅުންތެރިން ދެއްކި ކުޅުމަކީ އެންމެ ފާހަގަކޮށްލެވުނު ކަންތައް ކަމަށެވެ. ޚާއްސަކޮށް ޑިފެންސް އަށް އިސްކަން ދީގެން ބާސެލޯނާ އިން ފަރިތަކޮށްފައިވާކަމަށް ވެސް ފްލިކް ބުންޏެވެ. ޚާއްސަކޮށް ރެއާލާ ދެކޮޅަށް ކުޅޭއިރު އެ ޓީމުގައި ތިބި ތަފާތު ކުޅުންތެރިން ހުއްޓުވުމަށް ކުރަން ޖެހުނު ކަންކަން ބާސެލޯނާ އިން ކުރަމުން ދިޔަ ކަމަށް ވެސް ފްލިކް ވަނީ ބުނެފަ އެވެ.

ފްލިކް ޤަބޫލު ކުރާ ގޮތުގައި ބާސެލޯނާ އިން މިހާރު ކުރަމުން އަންނަނީ ރަނގަޅު މަސައްކަތެކެވެ. އެ މަސައްކަތާ އެކު ބާސެލޯނާ އިން ދާން ބޭނުންވާ މިސްރާބުގައި އެ ޓީމު ކުރިއަށްދާ ކަމަށާއި، އޭނާ ކުރަމުން އަންނަ މަސައްކަތް ކާމިޔާބުވާ ކަމުގެ އިޙުސާސް ކުރެވޭ ކަމަށް ވެސް ފްލިކް ވަނީ ބުނެފަ އެވެ. ރެއާލް އަތުން ހޯދި މުހިންމު މޮޅާއެކު ބާސެލޯނާ އިން ވަނީ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ.

ބާސެލޯނާހަންސީ ފްލިކް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު