Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފްލެޓްގެ މައްސަލަ

ފްލެޓްތަކުގެ މައްސަލައިގައި މި ފެނުނީ ސަރުކާރުން ރައްޔިތުންގެ ކަރުގައި ހިފި މަންޒަރު - މާޒް ސަލީމް

ނިމިދިޔަ ސަރުކާރުން ދިން ފްލެޓްތަކާއި ގުޅޭގޮތުން އޭސީސީ އަށް މައްސަލަ ފޮނުވާފައި ވަނީ ބައެއް ޑޮކިއުމެންޓްތަކާއި ނުލާ ކަމަށް ސަލީމް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2024 | އާދީއްތަ 06:02
ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް)

ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް)

ފްލެޓްތަކުގެ މައްސަލައިގައި މި ފެނުނީ ސަރުކާރުން ރައްޔިތުންގެ ކަރުގައި ހިފި މަންޒަރުކަމަށް ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. ނިމިދިޔަ ސަރުކާރުން ދިން ފްލެޓްތަކާއި ގުޅޭގޮތުން އޭސީސީ އަށް މައްސަލަ ފޮނުވާފައި ވަނީ ބައެއް ޑޮކިއުމެންޓްތަކާއި ނުލާ ކަމަށާއި ބޭނުމަކީ ސަރުކާރުން ބޭނުންވާހާ މީހަކަށް އެ މައްސަލައިގައި ދައުވާކުރުމުގެ ފުރުސަތު ހޯދުން ކަމަށް އެނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ 2013 އިން 2018 އަށް އޮތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް އޭސީސީ އަށް މައްސަލަތައް ފޮނުވަނީ ޑޮކިއުމެންޓްތައް ފުރިހަމަ ނުކޮށް ކަމަށެވެ. އެކަން އެގޮތަށް ކުރަނީ ސަރުކާރުން ބޭނުންވާ ވަކި ބަޔަކަށް ދައުވާކުރުމަށް ފަސޭހަކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރުވެސް ވެރިކަމުގައި ތިބީ އެ ޚިޔާލާތުގެ މީހުން ކަމަށާއި އޭސީސީ އަށް މައްސަލަތައް ހުށަހަޅައިގެން ވަކި ބައެއްގެ ބޮލުގައި ބަދުނާމް އަޅުވަން މަސައްކަތް ކުރާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ކުރީ ސަރުކާރުން ދިން ފްލެޓާއި ގޯތި ދިން ތަނަކުން ދިން ގޮތަކަށް ދޭނެ ކަމުގެ ވައުދާއި އެކުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ވެރިކަމަށް ވަޑައިގެން މުޅިން އެހެން ގޮތަަކަށް އެނބުރި ފްލެޓާއި ގޯތި ނުދިނުމަށް ބަހަނާތައް ދައްކަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން އޭސީސީ އަށް މައްސަލަ ހުށަހެޅީ ވެސް ފްލެޓްތައް ނުދޭންވެގެން ކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ. ފްލެޓްގެ މައްސަލަ އަކީ މިލްކިއްޔާތައި ގުޅުން ހުރި މައްސަލަ އެއް ކަމަށް ވުމާއި އެކު އެ މައްސަލަ އޭސީސީ އަށް ބެލިދާނެ ކަމާއި މެދު އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. އެހެންނަމަވެސް ފްލެޓް ދިނުމުގައި ގޯސްކޮށް ކަންތައްތައް ކޮށްފައިވާ ނަމަ އެ މައްސަލަ ބެލިދާނެ ކަމަށާއި، ބެލޭނީ ފްލެޓް ގޯސްކޮށް ދިން މީހާގެ މައްސަލަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ފްލެޓްގެ މައްސަލަ އޭސީސީ އަށް ފޮނުވާފައި ވަނީ އެކަމުގައި ޒިންމާ އިން ރެކި އެހެން ބައެއްގެ ބޮލުގައި ބަދުނާމް އެޅުވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ދައުލަތުން ވަރަށް އަނިޔާވެރިކޮށް ކުރަމުންދާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. 8 ފޫޓު، 8 ފޫޓުގެ ކޮޓަރިއެއްގައި އެތައް އަހަރެއް ވަންދެން ދަންފަޅި ބަހައިގެން އުޅޭ ދިވެހިން ތިބި ކަމަށާއި އެއީ ވަރަށް ބޮޑު އަނިޔާ އެއް ކަމަށް އޭނާ ވިދާޅުވިއެވެ. މި ސަރުކާރުން އެ ފްލެޓްތައް ނުދިނުމުގެ ނިޔަތުގައި ރާވައިގެން ޖަރީމާތަކެއް ހިންގާ ކަމަށް މާޒް ސަލީމް ވިދާޅުވިއެވެ. ދެން އެމްޑީޕީ ވެރިކަމަށް އަންނަ އިރު ގަސްތުގަ ފްލެޓާއި ގޯތި ނުދިނުމަށް ޢަމަލުތައް ހިންގާ މީހުންގެ މައްސަލަތައް ބަލަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ފްލެޓް ލިސްޓަށް ފްލެޓް ދޫކުރުން ހުއްޓާލާފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެންގުމާ ގުޅިގެންނެވެ. ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އާޅާ ފްލެޓް އިމާރާތް ތަކުގެތެރެއިން 700 ހައުސިން ޔުނިޓުގެ މަސައްކަތްތައް ނިންމައި އިންޑިއާ ސަރުކާރުން ވަނީ މި ހިނގާ އޮކްޓޯބަރ މަހުގެ ހަތްވަނަ ދުވަހު އެ ތަންތަން ރާއްޖެ އާއިހަވާލުކޮށްފައެވެ.

މި ސްކީމްގެ ދަށުން 15،046 މީހުން ޝަރުތު ހަމަވާ ކަމަށް ކުރީ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އޭރު އެމްޑީޕީގެ ސަރުކާރުން ނިންމީ ފްލެޓަށް އެދި ހުށަހެޅި އެންމެންނަށް ފްލެޓް ދިނުމަށެވެ. އޭގެ ތެރެއިން 4000 ފުލެޓުގެ މަސައްކަތް ކޮންޓްރެކްޓްކޮށް އޭރު މަސައްކަތް ވަނީ ފަށާފައެވެ.

މާޒް ސަލީމްފްލެޓް އާއި ގޯތި މުޒާހަރާ

ކޮމެންޓް

އިތުރަށް ކިޔާލަން

3 ރަށެއްގައި އަޅަން ހަމަޖެއްސި ހޮސްޕިޓަލްތައް، މަޖިލިސް އިންތިހާބާއި ދިމާކޮށް އަބްދުއްރަހީމާއި ސައުދާގެ ދާއިރާ އަށް ބަދަލުކުރި މައްސަލަ އޭސީސީ އަށް

3 ރަށެއްގައި އަޅަން ހަމަޖެއްސި ހޮސްޕިޓަލްތައް، މަޖިލިސް އިންތިހާބާއި ދިމާކޮށް އަބްދުއްރަހީމާއި ސައުދާގެ ދާއިރާ އަށް ބަދަލުކުރި މައްސަލަ އޭސީސީ އަށް

19 އޮކްޓޯބަރު 2025
އެންމެ ބޮޑު ކަންބޮޑުވުމަކީ ރައްޔިތުންގެ ބުރަ މަސައްކަތުން ދައުލަތުގެ ތިޖޫރީއަށް ދައްކާ ޓެކްސް ފާއިސާއަށް ވާނުވާ ނޭނގުން: މާޒް ސަލީމް

އެންމެ ބޮޑު ކަންބޮޑުވުމަކީ ރައްޔިތުންގެ ބުރަ މަސައްކަތުން ދައުލަތުގެ ތިޖޫރީއަށް ދައްކާ ޓެކްސް ފާއިސާއަށް ވާނުވާ ނޭނގުން: މާޒް ސަލީމް

10 އޮކްޓޯބަރު 2025
ޔުމްނުގެ މައްސަލައިގައި ޒިންމާ ވާން ޖެހޭ ފުލުހުން ޖަވާބުދާރީ ވާން ޖެހޭނެ، އެކަންކަން ނުފޮރުވޭނެ: މާޒް ސަލީމް

ޔުމްނުގެ މައްސަލައިގައި ޒިންމާ ވާން ޖެހޭ ފުލުހުން ޖަވާބުދާރީ ވާން ޖެހޭނެ، އެކަންކަން ނުފޮރުވޭނެ: މާޒް ސަލީމް

10 އޮކްޓޯބަރު 2025
"އެއްވުމުން މީހުން ހައްޔަރުކުރީ ޢައިރު ޤާނޫނީކޮށް، ވަކީލުންނާއި ބައްދަލުކުރަން ވެސް ފުރުސަތު ނުލިބޭ ބައެއް މީހުން އެބަތިބި."

"އެއްވުމުން މީހުން ހައްޔަރުކުރީ ޢައިރު ޤާނޫނީކޮށް، ވަކީލުންނާއި ބައްދަލުކުރަން ވެސް ފުރުސަތު ނުލިބޭ ބައެއް މީހުން އެބަތިބި."

05 އޮކްޓޯބަރު 2025
މަޖިލިސް އިންތިޚާބުގައި ފެނަކަ ކޯޕަރޭޝަނުން 102.7 މިލިއަން ރުފިޔާ ޚަރަދު ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

މަޖިލިސް އިންތިޚާބުގައި ފެނަކަ ކޯޕަރޭޝަނުން 102.7 މިލިއަން ރުފިޔާ ޚަރަދު ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

02 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު