Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސަރުކާރުގެ ފިކުރު

މި ސަރުކާރުގައި އުފަލުން އަތް ޖަހަނީ ''ބާބުލްއަވާލޭ'' ފިކުރާއި، ދައުލަތުގެ ތެރެއިން ވައްކަންކުރާ މީހުން އެކަނި: މާޒް ސަލީމް

މި ސަރުކާރުގައި ރައްޔިތުން ތިބީ މާޔޫސްކަމުގައި, ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާތީ އުންމީދެއް ނެތް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2025 | ބުރާސްފަތި 08:20
ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވާހަކަދައްކަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އުފަލުން އަތް ޖަހަމުންދަނީ ''ބާބުލްއަވާލޭ'' ފިކުރުގައި ތިބި މީހުންނާއި، ދައުލަތުގެ ތެރެއިން ވައްކަންކުރާ މީހުން އެކަނި ކަމަށް އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މާޒް ސަލީމް ވިދާޅުވީ މިސަރުކާރުގައި ރައްޔިތުން ތިބީ މާޔޫސްކަމުގައި ކަމަށާއި، ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާތީ އުންމީދެއް ނެތް ކަމަށެވެ.

Advertisement - newsAdvertisement

މާޒް ސަލީމް ވިދާޅުވީ ރައީސް މުއިއްޒު ރަށްރަށަށް ވަޑައިގަންނަވައި، ވައުދުތައް ތަކުރާރު ކުރެއްވި ނަމަވެސް ހަގީގަތް ރައްޔިތުންނަށް އެނގޭ ކަމަށާއި، މިސަރުކާރު ނިންމަން ގިނަ ބަޔަކު ބޭނުންވާ ކަމަށެވެ. ދައުލަތުގެ ތެރޭގައި ވެސް ރައްޔިތުންގެ ފަޅީގައި ބައެއް ބޭފުޅުން އެބަ ތިއްބެވި ކަމަށާއި، މި ސަރުކާރުން ނިންމަން އެބޭފުޅުން ބޭނުންވާ ކަމަށެވެ. އަދި ދައުލަތުގެ ކަންކަމަށް ވަރަށް ބޮޑަށް ފާރަވެރިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެ ދަށު ދަރަޖައަށް ވެއްޓުނު ނަމަވެސް އުފަލުން އަތްޖަހާ ބަޔަކު ތިބިކަން ފާހަގަކުރައްވައި މާޒް ސަލީމް ވިދާޅުވީ އެއީ ބާބުލްވާލޭ ފިކުރުގައި ތިބި މީހުންނާއި، ދައުލަތުގެ ތެރެއިން ވައްކަންކުރާ މީހުން ކަމަށެވެ.

އެއްވެސް ތަރައްގީއެއް ނާދޭ. ހަގީގަތުގައި މި އަތް ޖަހަނީ ވަކި ބައެއް އެނގޭތޯ. ހަގީގަތުގައި މިއަތް ޖަހަނީ ބާބުލްއަވާލޭ ފިކުރުގައި ތިބި ބައެކާ. ދެން ދައުލަތުގެ ތެރެއިން ވައްކަން ކުރާ ބަޔަކާ. މުއިއްޒަށް އެނގިވަޑައިގަންނަވާނެ ދައުލަތުގެ ތެރޭގައި އެބަތިއްބެވި އެނގޭތޯ ވަރަށް މިކަންކަމަށް ފާރަވެރިވެ މިކަން ބައްލަވަމުން ވަޑައިގަންނަވާ ބޭފުޅުން ވެސް އެބަ ތިއްބެވި. ޒިންމާދާރު މަގާމުތަކުގައި ތިއްބަވައިގެން ވަރަށް ރަނގަޅަށް ރައްޔިތުންގެ ފަޅީގައި ތިއްބެވި ބޭފުޅުން އެބަ ތިއްބެވި. އެހެންވީމަ އެބޭފުޅުން އެބަ ބޭނުންވޭ މިހާރު މިކަން ނިންމަން ވެސް. އެބޭފުޅުން ގަބޫލުކުރާ ގޮތުގައި މިހާރުން މިހާރަށް މިކަން ނުނިންމާފިކަމަށްވަންޏާ ނޫނިއްޔާ ދިވެހިރާއްޖޭ އަނބުރާ އަޅުގަނޑުމެންނަށް ނުލިބޭނެ އެނގޭތޯ. އެހައި ދަށު ދަރަޖައަށް އަޅުގަނޑުމެންގެ ކަންތައް ގޮސްފައި މިއޮތީ.
އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް)

މާޒް ސަލީމް ވިދާޅުވީ ރައީސް މުއިއްޒަށް ގައުމު ހިންގަން ނޭނގޭ ކަމަށެވެ. އެކަމުގެ ނަތީޖާއެއް ގޮތުން ރައްޔިތުންނަށް ދަތިވެ، ކާބޯތަކެތި އިންތިހާއަށް އަގުބޮޑުވެ ރައްޔިތުން ބަނޑަށް ޖެހޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ.

މާޒް ސަލީމް ވިދާޅުވީ ރައްޔިތުންގެ އަމިއްލަ ވިޔަފާރިތަކަށް ދަތިކޮށް، ކުންފުނިތަކަށް ފައިސާ ދޫނުކުރާ ކަމަށާއި، ސަރުކާރުގެ ވަޒީފާތަކަށް ބޮޑަށް ބަރޯސާކުރުވާ ކަމަށެވެ.

މީގެ އިތުރުން މާޒް ސަލީމް ވިދާޅުވީ ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ރާއްޖޭގައި ކޮމިއުނިސްޓް ވެރިކަމެއް ހިންގެވުމަށް ކަމަށާއި، ގައުމުން ފެންނަނީ އެ މަންޒަރު ކަމަށެވެ. އަދި އެ ފުރުސަތު ރައްޔިތުން ދީގެންނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް މުއިއްޒުމާޒް ސަލީމްބާބުލްވާލޭ ފިކުރުދައުލަތުގެ ވައްކަންއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު