Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔުމްނު ވެއްޓުނު ހާދިސާ

ޔުމްނުގެ މައްސަލައިގައި ޒިންމާ ވާން ޖެހޭ ފުލުހުން ޖަވާބުދާރީ ވާން ޖެހޭނެ، އެކަންކަން ނުފޮރުވޭނެ: މާޒް ސަލީމް

10 އޮކްޓޯބަރު 2025 | ހުކުރު 08:19

ފުލުހުންގެ ޕްރޮފިޝަނަލް ސްޓެންޑާޑް ކޮމާންޑްސްގެ ފަރާތުން ތަހުގީގު ފަށައި ސުވާލު ކުރަންޖެހޭ ފަރާތްތަކާއި ސުވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 10 އޮކްޓޯބަރު 2025 | ހުކުރު 08:19
ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވާހަކަދައްކަވަނީ

ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވާހަކަދައްކަވަނީ

އޭޕްރިލް 18، ގައި ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގައި އިހުމާލުވާ ފުލުހުން ޖަވާބުދާރީ ވާން ޖެހޭނެ ކަމަށާއި އެކަންކަން ނުފޮރުވޭނެ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި، ފުލުހުންގެ އިހުމާލުތަކެއް ހުރިކަމަށާއި ޔުމްނު ވެއްޓުނު ހާދިސާގައި ފުލުހުންގެ އިހުމާލު ތަކާމެދު އަދިވެސް ފިޔަވަޅެއް ނާޅާތީ އޭނާ ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ސަލީމް ވިދާޅުވީ ޔުމްނު ވެއްޓުނު މައްސަލައިގައި ރިޕޯޓް ނެރުނުތާ 3 މަސް ވީއިރު ފުލުހުންގެ ފަރާތުން އެކަމަށް ޖަވާބެއް ވެސް ދީފައި ނުވާ ކަމަށެވެ. އަދި ފުލުހުންގެ ބެލެނިވެރިއަކަށް ހުންނެވި، ހޯމް މިނިސްޓަރ އަލީ އިހުސާން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނުމުން އެކަނި ފުއްދާލެވެން ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ މި މައްސަލައިގައި ސިޔާސީ ބައެއްގެ އަތް ހޭކިފައިވާ ކަަމަށް ޤަބޫލުކުރެވޭ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.

"ފުލުހުންނަކީ ވަރަށް އިހުލާސްތެރި ބައެއް. އެއީ އަޅުގަނޑުމެންނަށް ފެނުނީ މިތަނަށް ދިޔަ ފުލުހުންގެ އަތް އަނބުރުވައިގެން ނުފޫޒާއި އެކުގައި އެކަން ކުރުވީ ކަމަށް." އޭނާ ވިދާޅުވިއެވެ.

ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާގެ ތަހުގީގަށް އުފެއްދެވި ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ހުރި ފިޔަވަޅުތައް އަޅަމުންދޭތޯ ބެލުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ގެ ފަރާތުން ޖަވާބެއް ހޯދުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަށް ވަނީ ޖަވާބުދެއްވާފައެވެ. އއެގޮތުން ވަކިވަކި ފުލުހުން އިހުމާލުވެފައިވާ މިންވަރު ދެނެގަތުމަށްޓަކައި ފުލުހުންގެ ޕްރޮފިޝަނަަލް ސްޓެންޑާޑް ކޮމާންޑްސްގެ ފަރާތުން ތަހުގީގު ފަށާ ސުވާލު ކުރަންޖެހޭ ފަރާތްތަކާއި ސުވާލުކުރުމުގެ މަަސައްކަތް ކުރިއަށް ދާކަމަށް ވިދާޅުވެފައިވެއެވެ. އެހެން ނަމަވެސް މިމައްސަލައިގައި މިވީހާތަނަށް އެއްވެސް ފުލުހަކަށް ފިޔަވަޅު އަޅާފައިވާކަން ހާމަކޮށްފައެއް ނުވެ އެވެ.

ހައްވާ ޔުމްނު ރަޝީދުޢަލީ އިޙުސާންމޯލްޑިވްސް ޕޮލިސް ސަރވިސްރިޔާސީ ކޮމިޝަންމާޒް ސަލީމް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
10 ނޮވެމްބަރު 2025

ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި

10 ނޮވެމްބަރު 2025
ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި
09 ނޮވެމްބަރު 2025

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި

09 ނޮވެމްބަރު 2025
ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ސީޕީ ނަވީން، އެންއައިސީ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް