Advertisement
ކ. މާލެ
|
10 އޮކްޓޯބަރ 2025 | ހުކުރު 18:38
ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވާހަކަދައްކަވަނީ: ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޓެކްސް ފައިސާ އަށް ވާގޮތް ނޭންގުން ކަމަށް
ފަލަސުރުހީ ޕްރޮގްރާމްގައި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވާހަކަދައްކަވަނީ: ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޓެކްސް ފައިސާ އަށް ވާގޮތް ނޭންގުން ކަމަށް
ރާއްޖެއެމްވީ
ޓެކްސް ފައިސާއިން ވައްކަން ކުރުން
އެންމެ ބޮޑު ކަންބޮޑުވުމަކީ ރައްޔިތުންގެ ބުރަ މަސައްކަތުން ދައުލަތުގެ ތިޖޫރީއަށް ދައްކާ ޓެކްސް ފާއިސާއަށް ވާނުވާ ނޭނގުން: މާޒް ސަލީމް
އޮކްޓޯބަރު 3 ގައި ރައްޔިތުން ސަރުކާރާ ދެކޮޅަށް މުޒާހަރާއަށް ނުކުތީ މުޅި ދައުލަތް އެކި ދިމާލުން ލޫޓުވަމުން ގެންދާތީ
އެމްޑީޕީގެ ބޮޑު އެއްވުމަށް އެތައް ހާސް ބަޔަކު ނުކުތުމުން ސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވި
އޮކްޓޫބަރު 3 ގެ މުޒާހަރާގެ ތެރެއިން 30 އަށްވުރެ ގިނަ މީހުން ހައްޔަރުކުރި ކަމަށް މައުލޫމާތު ލިބޭ

މިއަދު ދިވެހިރާއްޖޭގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ރައްޔިތުންގެ ލެޔާއި ދާ އޮހޮރުވާލައިގެން ބުރަ މަސައްކަތުން ދައުލަތުގެ ތިޖޫރިއަށް ދައްކާ ޓެކްސް ފައިސާ އަށް ވާނުވާ ނޭނގި ގެއްލޭ މައްސަލަ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ މިއަދު ގައުމު މިދަނީ ވަރަށް ގޯސް މިސްރާބަކަށް ކަމަށާއި ގައުމުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެއީ ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދު މުޅި ސަރުކާރަށް ނަޒަރު ހިންގާލިނަމަވެސް ފެނިގެން ދަނީ މުޅި ދައުލަތް އެކި ދިމާލުން ލުޓުވަމުން ގެންދާތަން ކަމަށާއި އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު ރައްޔިތުން ސަރުކާރާއި ދެކޮޅަށް މުޒާހަރާއަށް ނުކުތީ ވެސް އެ ސަބަބައްޓަކައި ކަމަށެވެ.

ސަލީމް ވިދާޅުވީ އެންމެ ފަހުން އެމްޑީޕީން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދިޔަ ބޮޑު އެއްވުމުގައި އެތައް ހާސް ބަޔަކު އެއްވެފައި ވުމުން އެކަމުން ދައްކުވައި ދިނީ ރައީސް މުއިއްޒުގެ މި ސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތް ކަން ކަމަށެވެ. އަދި އެކަން މިހާރު ރައީސް މުއިއްޒަށް ވެސް ވަރަށް ސާފުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ މިއަދު މި އޮތް ސަރުކާރާއި މެދު ރައްޔިތުންގެ ހިތުގައި ނަފުރަތާއި ރުޅިވެރިކަން އުފެދިފައި ވަނީ ސަބަބެއް ނެތިއެއް ނޫން ކަމަށެވެ. އެގޮތުން ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ރައްޔިތުންގެ ލެޔާއި ދާ އޮހޮރުވާލައިގެން ބުރަ މަސައްކަތް ކޮށްގެން ދައުލަތުގެ ތިޖޫރިއަށް ދައްކާ ޓެކްސް ފައިސާ އަށް ވާނުވާ ނޭންގި ގެއްލެމުން ދާ މައްސަލަ ކަމަށެވެ.

އޭނާ ވިދާޅުވީ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު ގިނަ އަދަދެއްގެ ރައްޔިތުން މަގުމައްޗަށް ނުކުމެ އަޑުއުފުލި ސަބަބަކީ ވެސް ދައުލަތުގެ ތިޖޫރިއަށް ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ވައްކަން ކޮށް ރައްޔިތުން ލޫޓުވާތީ ކަމަށެވެ.

ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައްޔިތުން މަސައްކަތް ކޮށްގެން، ދައުލަތުގެ ބޮޑު ތިޖޫރުއަށް ދައްކަވާ ޓެކްސް ފައިސާ، އޭތި ގެއްލޭތީވެ. އެއަށް ވާނުވާ ނޭންގޭތީ. ހަގީގަތުގައި އެއީ އެންމެ ކަންބޮޑުވެގެން މިއުޅޭ މައްސަލަ އަކީ. އެ މައްސަލައާއި ހެދި އިނގޭތޯ އޮކްޓޫބަރު މަހުގެ 3 ގައި ރައްޔިތުން ނުކުމެ އަޑު އުފުލީ. ކުޑަކުޑަ ކަމެއްގެ ވާހަކައެއް ނޫނޭ އިނގޭ މި ދައްކަނީ، އެ މައްސަލައިގަ ރައްޔިތުން ނުކުމެ އަޑުއުފުލީ. ރައްޔިތުންނަށް ލިބެން ޖެހޭ އެކިއެކި ޚިދުމަތްތަކުން މަހުރޫމް ވަނީ އެމީހުން. އެކަމާ ހަޅެއްލެވީ. އެކަމާ ހަޅެއް ލެވީމަ މި ވީގޮތް އެނގޭތޯ.. އެކަމާ ހަޅެއްލެވީމަ މި ވީގޮތަކީ އެތައްނަޔަކު ހައްޔަރު ކުރީ.

އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް)

ސަލީމް ވިދާޅުވީ މީޑިއާތަކުން ފެނިގެން ދިޔައީ މުޒާހަރާގެ ތެރެއިން އެންމެ ހަ މީހުން ހައްޔަރުކުރި މަންޒަރު އެކަނި ކަމަށާއި އެހެން ނަމަވެސް އެކަން އެދުވަހު ވީ އެހެން ނޫން ކަމަށެވެ. އެދުވަ މުޒާހަރާގެ ތެރެއިން 30 އަށްވުރެ ގިނަ މީހުން ފުލުހުން ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަޅުގަނޑުމެންނަށް މީޑިއާއިން މި ފެންނަނީ 6 މީހުން ޖަލުގައި އެބަ ތިބި ކަމަށް އިންގޭތޯ. އެހެނެއް ނޫން ވީކީ އިނގޭތޯ. 30 އަށްވުރެ ގިނަ މީހުން ހައްޔަރު ކުރިކަމަށް މައުލޫމާތު އެބަލިބޭ އިނގޭތޯ. އެ ރޭ އެކިހިސާބުން އެކިތަންތަނުންނާއި މުޒާހަރާގެ ތެރެއިން މީހުން ހައްޔަރުކުރިއޭ އިނގޭތޯ. އެހެންވީމާ އަޅުގަނޑުމެންނަށް މި އެނގުނީ އެ ރޭ ހަމަ އެކަނި ރިޕޯޓުކުރި މީހުން. އެހެންތާ ވާނީ. ހުރިހާ އެންމެން ރިޕޯޓެއް ނުކުރާނެތާ. ދެން މި ވާގޮތަކީ ގެއްލުނީމަ، ދިރިއުޅޭ ގެއަށް އޭނަ ނިދަން ނައިމަ ދެން މި ބަލަނީ ކޮބާތޯ، ބަލާއިރު ބަންދުގައި ހުރީމަ އެމީހުން ލޯޔަރެއް ހޯދައިގެން މި ދަނީ. މިއީކީ ނޯތް ކޮރެއާއެއް ނޫން އިންގޭތޯ ވާނުވާ ނޭންގި މީހުން ގެއްލޭކަށެއް.

އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް)

ސަލީމް ވިދާޅުވީ ގައުމުގައި މިފަދައިން ކަންވެފައި އޮތުމަކީ ދެރަކަމެއް ކަމަށާއި މުޒާހަރާއިން ވެސް މީހަކު ހައްޔަރުކޮށްފައިވާނަމަ ފުލުހުން އެކަން އާއިލާ އަށްވެސް އަދި މީޑިއާއަށް ވެސް އެކަމުގެ މައުލޫމާތު ހިއްސާ ކުރަން ޖެހޭނޭ ކަމަށެވެ.

އެހެން ނަމަވެސް މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައިވާ މީހުންގެ ފުރިހަމަ އަދަދާއި އެކަމުގެ މައުލޫމާތު ފުލުހުން ހާމަކޮށްފައި ނުވާތީ އެ މައުލޫމާތު އާންމުންނަށް މިހާތަނަށް ވެސް އެނގިފައި ނުވާކަމަށާއި އެހެން ކަމުން މިއަދު ގިނަ ބަޔަކު ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އޮންނަ ބޮޑު އެއްވުމަށް ވެސް ގިނަ ބަޔަކު ނުކުންނާނޭ ކަމަށާއި އެއކަމާއި މެދު ކުޑަވެސް ޝައްކެއް ނުކުރައްވާ ކަމަށެވެ.

- ކޮމެންޓް