Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފްލެޓާއި ގޯތި މައްސަލަ

"ފްލެޓާއި ގޯތީގެ މައްސަލައިގައި އެމްޑީޕީން ހުށަހެޅި ސިޓީ އަށް ދިނީ ހެއްވާ ޖަވާބެއް"

ނިޔާޒް ވަނީ ސަރުކާރުން ބަހަނާތަކެއް ދައްކައިގެން ގޯއްޗާއި ފްލެޓް ނުދީ ދިގު ދަންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސިފަކުރައްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 26 ޖެނުއަރީ 2025 | އާދީއްތަ 06:47
 ފްލެޓާއި ގޯތި މުޒާހަރާގެ ތެރެއިން

ފްލެޓާއި ގޯތި މުޒާހަރާގެ ތެރެއިން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ދޫކޮށްފައިވާ ފްލެޓާއި، ގޯތިތައް ދޫނުކޮށް ލަސްކުރާ މައްސަލައިގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހައުސިން މިނިސްޓްރީ އަށް ހުށަހެޅި ސިޓީ އަށް ދިނީ ހެއްވާ ޖަވާބެއް ކަމަށް އެ ޕާޓީން ބުނެފިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ދޫކޮށްފައިވާ ފްލެޓާއި، ގޯތިތައް ދޫނުކޮށް ލަސްކުރަމުންދާ މައްސަލައިގައި ހުރި ކަންބޮޑުވުންތަކާއި ގުޅިގެން އެމްޑީޕީން ވަނީ 7 ޖެނުއަރީގައި ހައުސިން މިނިސްޓްރީ އަށް ސިޓީ އެއް ހުށަހަޅާފައެވެ. އެ ސިޓީގައި އެދިފައި ވަނީ ހައުސިން އެންޑް އިންފްރަރސްޓްރަކްޗަރ މިނިސްޓަރ އަބްދުﷲ މުއްތަލިބް އާއި ބައްދަލުކުރުމަށާއި ފްލެޓާއި ގޯތި ދޫކުރުމުގެ މަރުހަލާގެ ތަފްސީލްތައް އެ ޕާޓީ އާއި ހިއްސާކޮށްދިނުމަށް އެދިފައެވެ. އެ ސިޓީގެ ޖަވާބު ދީފައި ވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައެވެ.

Advertisement - newsAdvertisement

އެ ޖަވާބުގެ ތަފްސީލް ރާއްޖެ އެމްވީ އާއި ހިއްސާކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ ހައުސިން މިނިސްޓްރީގެ ޖަވާބަކީ ޖަވާބެއްގެ ގޮތުގައި ބަލައިގަންނަންވެސް ދަތި ކަމަށެވެ. އެގޮތުން ހައުސިން މިނިސްޓްރީން ދިން ޖަވާބުގައި ފްލެޓްތަކުގެ ލިސްޓު އަލުން ބަލަމުންދާތީ އެ ކަމާއި ގުޅޭ މައުލޫމާތެއް ދެވެން ނެތް ކަމަށް އަންގާފައިވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ. ނިޔާޒް ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ނިމިދިޔަ ސަރުކާރުން 4000 ފްލެޓް ދީ ނިންމާފައި ވަނީ ވަރަށް ބޮޑަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައިކަން ހާމަކުރައްވާފައެވެ. އެގޮތުން ފައިނަލް ލިސްޓް އެކުލަވާލީ އެކި މަރުހަލާތަކުގައި އާއްމުންގެ ޝަކުވާ އަށް ވެސް ހުޅުވާލައިގެން ވަރަށް ފުރިހަމައަށްކަމަށް އޭނާ ވިދަޅުވިއެވެ. އެހެންކަމުން އެކަމާއި މެދު މި ސަރުކާރުން އިތުރަށް ބަލަން ޖެހޭ ކަމެއް ނޯންނާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ. ނިޔާޒް ވަނީ އެއީ ސަރުކާރުން ބަހަނާތަކެއް ދައްކައިގެން ގޯއްޗާއި ފްލެޓް ނުދީ ދިގު ދަންމާލުމަށް ކުރަމުންދާ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ދޫކޮށްފައިވާ ފްލެޓާއި، ގޯތިތައް ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ދޫކުރަންޖެހޭނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އަދި ގޯއްޗާއި ފްލެޓް ދޫނުކުރާނަމަ ސީދާ ހަރަކާތަށް ނުކުންނާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. މީގެ އިތުރުން ވަގު ލިޔުންތަކެއް ބޭނުންކޮށްގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަންގެ (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ އެއްބަޑު އެއްބަފާ ބޭބެއަށް ހުޅުމާލެ-ފޭސް2 އަކުން ގޯއްޗެއް ދޭން މަސައްކަތް ކުރި މައްސަލައިގެ ޒިންމާވެސް ސަރުކާރުން ނަގަން ޖެހޭނެ ކަމަަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ސަރުކާރުން އެންމެ ފަހުން ބުނެފައި ވަނީ ރޯދައިގެ ކުރިން ފްލެޓް ލިސްޓް އާއްމު ކުރާނެ ކަަމަށެވެ. ނަމަވެސް އެކަން އެގޮތަށް ހިނގާފާނެކަމާއި މެދު އާއްމުން ދަނީ ސުވާލު އުފައްދަމުންނެވެ.

ފްލެޓް އާއި ގޯތި މުޒާހަރާއަލީ ނިޔާޒް

ކޮމެންޓް

އިތުރަށް ކިޔާލަން

ދިރާގުގެ އަހަރީ ދުވަހާ ދިމާކޮށް ޚާއްސަ އޮފަރތަކެއް

ދިރާގުގެ އަހަރީ ދުވަހާ ދިމާކޮށް ޚާއްސަ އޮފަރތަކެއް

01 އޮކްޓޯބަރު 2025
މިހާރުވެސް ފިސްކަލް ފޯމިއުލާ އެކުލެވިގެންވަނީ ބިމުގެ އޭރިއާ ހިމެނޭގޮތައް، ގާނޫނަށް ބަދަލު ގެންނަންޖެހޭ ހާލަތެއް ނެތް: ނިޔާޒް

މިހާރުވެސް ފިސްކަލް ފޯމިއުލާ އެކުލެވިގެންވަނީ ބިމުގެ އޭރިއާ ހިމެނޭގޮތައް، ގާނޫނަށް ބަދަލު ގެންނަންޖެހޭ ހާލަތެއް ނެތް: ނިޔާޒް

06 ސެޕްޓެމްބަރު 2025
ސަރުކާރުގެ ވިސްނުމަކީ ވަޒީފާ ބަހައިގެން އިންތިޚާބުތައް ކާމިޔާބު ކުރުން: އަލީ ނިޔާޒު

ސަރުކާރުގެ ވިސްނުމަކީ ވަޒީފާ ބަހައިގެން އިންތިޚާބުތައް ކާމިޔާބު ކުރުން: އަލީ ނިޔާޒު

05 އޯގަސްޓު 2025
ލާމަރުކަޒީ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތައް ގެނައުމަށް ވުރެ، ރައީސްގެ ގަރާރަކުން ކައުންސިލްތައް އުވާލުން ވެސް މާ ރަނގަޅުވާނެ: ނިޔާޒު

ލާމަރުކަޒީ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތައް ގެނައުމަށް ވުރެ، ރައީސްގެ ގަރާރަކުން ކައުންސިލްތައް އުވާލުން ވެސް މާ ރަނގަޅުވާނެ: ނިޔާޒު

04 އޯގަސްޓު 2025
ދައުލަތުން ރާއްޖޭގެ ރައްތަކުގެ އިދާރީ ހިންގުމަށް 1.5 ބިލިއަން ރުފިޔާއަށްވުރެ މަތީ އަދަދެއް ދީގެން ނުވާނެކަހަލަ ގޮތަކަށް ގާނޫނު ބަދަލުކުރަން އުޅުމަކީ އިންސާފުވެރި ގޮތެއް ނޫން: އަލީ ނިޔާޒް

ދައުލަތުން ރާއްޖޭގެ ރައްތަކުގެ އިދާރީ ހިންގުމަށް 1.5 ބިލިއަން ރުފިޔާއަށްވުރެ މަތީ އަދަދެއް ދީގެން ނުވާނެކަހަލަ ގޮތަކަށް ގާނޫނު ބަދަލުކުރަން އުޅުމަކީ އިންސާފުވެރި ގޮތެއް ނޫން: އަލީ ނިޔާޒް

07 ޖުލައި 2025

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު