Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެނަކަ ކޯޕަރޭޝަން

މަޖިލިސް އިންތިޚާބުގައި ފެނަކަ ކޯޕަރޭޝަނުން 102.7 މިލިއަން ރުފިޔާ ޚަރަދު ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

އެމަސްއަލަތައް މީޑިޔާގަ ފެންމަތިވީ ހިސާބުން މުޢާޒު މުޙައްމަދު ރަޝީދު ކުންފުނީގެ އެމްޑީކަމުން އިސްތިޢުފާ ވަނީ ދެއްވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2025 | ބުރާސްފަތި 13:32
މި މައްސަލަ އޭސީސީއަށް ހުށަހެޅުއްވީ އަހުމަދު ސަލީމް (މާޒް ސަލީމް)އަދި އެމްޑީޕީގެ ބައެއް ބޭފުޅުން އޭސީސީ އަށް މައްސަލަ އެއް ހުށަހެޅުމަށް ފަހު ނުކުމެ ފޮޓޯ އަކަށް ހުއްޓިލައިގެން- 10.02.2025

މި މައްސަލަ އޭސީސީއަށް ހުށަހެޅުއްވީ އަހުމަދު ސަލީމް (މާޒް ސަލީމް)އަދި އެމްޑީޕީގެ ބައެއް ބޭފުޅުން އޭސީސީ އަށް މައްސަލަ އެއް ހުށަހެޅުމަށް ފަހު ނުކުމެ ފޮޓޯ އަކަށް ހުއްޓިލައިގެން- 10.02.2025

2024 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ރައީސް މުޢިއްޒު ހޯދުމަށް ފެނަކަ ކޯޕަރޭޝަނުން 102.7 މިލިއަން ރުފިޔާގެ ފައިސާ އެކި ގޮތްގޮތުން ބޭނުންކުރި ކަން ފެނަކައިގެ ޕުރޮކިޔުމެންޓުގެ ޑޮކިއުމެންޓްތަކާއި އަދި އެފްއައިޔޫގެ ރިޕޯޓުން ދަލާލަތު ކޮށްދޭތީ އެ މައްސަލަ އޭސީސީ އަށް ހުށަހަޅައިފިއެވެ.

މި މައްސަލަ އޭސީސީއަށް ހުށަހެޅުއްވީ އަހުމަދު ސަލީމް (މާޒް ސަލީމް) އެވެ.

Advertisement - newsAdvertisement

މި މައްސަލަ އާއި ގުޅޭގޮތުން ސަލީމް ވިދާޅުވީ މުޢިއްޒުގެ ސަރުކާރުގެ ބޮޑެތި ކޮރަޕްޝަންގެ މަސްއަލަތައް އޭސީސީ އާއި އަދި އެހެނިހެން މުވައްސަސާތަކަށް ކުރިއަށް އޮތްތަނުގައި ވެސް ހުށަހަޅުއްވާނެ ކަމަށެވެ. އަދި މިކަންކަން ހުއްޓުވާ މިކަންކަން ފޮރުވުމަށް މަގުތަކަށް ކިތަންމެ ގިނަ ފުލުހުންނެއް ނެރުނަސް އެމްޑީޕީ އާއި ރައްޔިތުން ފަހަތަކަށް ނުޖެއްސޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލް އަށް މާޒް ސަލީމް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، ދާދި ފަހުން އެމްއެމްއޭގެ އެތެރިން ލީކުވެފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ރިޕޯޓަކުން، މި ވެރިކަން ފެށިގެން 30 ސެޕްޓެމްބަރު 2024 ގެ ނިޔަލަށް، ދައުލަތުގެ ފެނާއި ކަރަންޓާއި ބެހޭ ކުންފުނި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އާއި އަމިއްލަ ކުންފުންޏެއް ކަމަށްވާ، ކެންގޯ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ދެމެދު ހިންގާފައިވާ ފައިސާ އާއި ބެހޭ މުޢާމަލާތްތަކެއް ހިނގިކަން އެނގޭ ކަމަށެވެ.

މި ރިޕޯޓު ބަލާލުމުން އެނގިގެން ދަނީ ފެނަކަ އާއި ކެންގޯ ޕުރައިވެޓް ލިމިޓެޑް އާއި ދޭތެރޭގައި ހިންގާފައިވާ މުޢާމަލާތްތަކަކީ ދައުލަތުގެ މިހާ ގިނަ ޢަދަދެއްގެ ފައިސާ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިބަޔަކަށް ނާޖާއިޒު މަންފާ ހޯދާދޭން ކޮށްފައިވާ މުޢާމަލާތްތަކެއް ކަމަށް ވެސް އެ ސިޓީގައި ވަނީ ތުހުމަތުކޮށްފައެވެ.

އެ މައްސަލަަ އަށް ބަލާއިރު ދައުލަތުގެ ސަތޭކަ ޕަސެންޓު ޙިއްސާ އޮންނަ ފެނަކަ ކުންފުނިން ކެންގޯ ޕުރައިވެޓް ލިމިޓެޑް އަށް 2023 އިން ފެށިގެން 2024 ގެ ސެޕްޓެމްބަރ ގެ ނިޔަލަށް ފެނަކައިން 47 ޓްރާންސެކްޝަނެއްގެ ދަށުން ކެންގޯ ޕުރައިވެޓް ލިމިޓެޑް އަށް 37 މިލިއަން ރުފިޔާ ދޫކޮށްފައި ވާކަމަށް އެފްއައިޔޫ ރިޕޯޓުގައި އޮތްކަމުގެ ޝަކުވާ ޢާއްމުފަރާތްތަކާއި އެކި އެކި މީޑިޔާތަކުގައި ވެސް ފެތުރިފައިވާ ކަން އެނގޭ ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

އެ ޓްރާންސެކްޝަން ތަކުގެ ތެރެއިން 17 ޓުރާންސްސެކުޝަނެއް އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުގެ ސަމާލުކަމަށް އައިސްފާ ކަމަށް ވެސް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ. ހަމައެއާއި އެކު 2024 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ވޯޓު ލުމުގެ 3 ދުވަސްކުރިން ކެންގޯ ޕުރައިވެޓް ލިމިޓެޑަށް، ދިވެހިސަރުކާރުގެ ސަތޭކަ ޕަސެންޓު ހިއްސާ އޮންނަ ފެނަކަ ކުންފުނިން 2،466،966.00 ރ (ދެމިލިއަން ހަތަރެއް ލައްކަ ފަސްދޮޅަސް ހަހާސް ނުވައެއް ސަތޭކަ ފަސްދޮޅަސް ހަޔެއް) ދިވެހި ރުފިޔާ ޖަމާކޮށްދީފައިވާ ކަަމަށް ވެސް އެ ސިޓީގައި ވަނީ ބުނެފައެވެ.

" މިފައިސާ އިންޓަރނެޓް ބޭންކިން މެދުވެރިކޮށް ޖަމާކޮށްދީފައިވަނީ، 17 އެޕްރިލް 2024 ވަނަ ދުވަހުގެ ރޭގަނޑު ދަންވަރު 2.00 ގައެވެ. ކެންގޯ ޕުރައިވެޓު ލިމިޓެޑްގެ އެކައުންޓަށް މިފައިސާ މިދެންނެވިރޭ ދަންވަރުގެ އެވަޤުތުގައި ލިބުމާއިއެކު، އެފައިސާ އެހެން އެކައުންޓުތަކަށް ފޮނުވާފައިވެއެވެ." އެ ސިޓީގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ދުވަހުގެ ދަންވަރު އެވަޤުތުގައި އެފައިސާތައް އެހެން އެކައުންޓުތަކަށް ޓުރާންސަފަރ ކޮށްފައި އެވަނީ، ފައިސާގެ އަސްލު އޮޅުވާލާ މަނީ ލޯންޑަރ ކުރުމުގެ މަޤުސަދުގައި ކަމަށާއި، ކަމަކީ މަނީލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުމުގެ ޤާނޫނު ގެ ދަށުން ޤާނޫނީ ކުށެއް ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

އަދި ހަމަ އެހެންމެ ޑީ އެންޑް ވީ އިންވެސްޓުމެންޓު ޕުރައިވެޓް ލިމިޓެޑުގެ އެކައުންޓަށް 16 އެޕްރީލް 2024 ވަނަ ދުވަހު 2 ޓުރާންސެކްޝަނެއް މެދުވެރިކޮށް 9،804،240 ރ. (ނުވަމިލިއަން އަށެއް ލައްކަ ހަތަރެއް ހާސް ދުވިސައްތަ ސާޅީސް) ދިވެހި ރުފިޔާ ފޮނުވާފައިވާ ކަމަށް ވެސް އެ ސިޓީގައި ވަނީ ބުނެފައެވެ. އަދި މިފައިސާގެ ތެރެއިން ބައެއް ކެންގޯ ޕުރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ފޮނުވާފައި ވުމުން މި ފައިސާގެ އަސްލު އޮޅުވާލާ މަނީ ލޯންޑަރ ކުރުމުގެ ނިޔަތުގައި ކަމަށް ތުހުމަތު ކުރެޭ ކަމަށް ސަލީމް ވިދާޅުވިއެވެ.

16 އަދި 17 އެޕްރިލް 2004 ދުވަހު ކޮލަމާފުށީ ދާއިރާގެ މެމްބަރ އިބްރާހިމް ދީދީގެ ކުންފުނި ކަމަށްވާ، ޑީ އެންޑް ވީ އިންވެސްޓްމެންޓު ކުންފުނިން ކެންގޯ ޕުރައިވެޓް ލިމިޓެޑް އަށް 150،000.00 ރ. (އެއްލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާގެ މަގުން 5 (ފަހެއް) ޓުރާންސެކްޝަނެއް ހަދާ ޖުމްލަ 750،000.00 ރ (ހަތެއް ލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް މާސް ސަލީމް ހުށަހެޅުއްވި މައްސަލައިގައި ވަނީ ބުނެފައެވެ. އެ ފައިސާ ކެންގޯ ޕުރައިވެޓް ލިމިޓެޑް އަށް ލިބުމާއި އެކު، ތަފާތު އެކައުންޓްތަކަށް އެކި ޢަދަދުތަކުން އެ ފައިސާތައް ވަނީ ފޮނުވާފަކަމަށް މާޒް ސަލީމްގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ. މި ފައިސާތައް ފޮނުވި އެކައުންޓުތަކުގެ ތެރޭގައި މިހާރުގެ މަޖިލިސް މެންބަރުންގެ މަސްލަޙަތު ހިމެނޭ އާއިލީ މީހުންނާއި އަދި ގުޅުންހުރި އެކައުންޓުތައްވެސް ހިމެނޭކަމަށްވެއެވެ.

ޑީ އެންޑް ވީ އިންވެސްޓްމަންޓަކީ ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އާއި އޭނާގެ އަންހެނުން އިހުސާނާ ޝަރީފްގެ ނަމުގައި ހިންގަމުން އަންނަ ކުންފުންޏެކެވެ. ކެންގޯ ޕްރައިވެޓް ލިމިޓެޑަކީ އައިމިނިތު ސަނިއްޔާ ޝަރީފްގެ 50 ޕަސެންޓް ހިއްސާ އާއި ޞަލާޙު ޝަރީފް ގެ 25 ޕަސެންޓު ހިއްސާ އަދި އަޙްމަދު ހާޝިމް ގެ 25 ޕަސެންޓު ހިއްސާ އޮންނަ ކުންފުންޏެކެވެ. އިސްވެދެންނެވި، ކޮލަމާފުށީ ދާއިރާގެ މެމްބަރ އިބްރާހިމް ދީދީގެ ޑީ އެންޑް ވީ އިންވެސްޓްމެންޓު ކުންފުންޏަކީ، ފެނަކައިގެ އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވާ އުސޫލުތަކާ ހިލާފު އެއްބަސްވުންތަކެއް ހަދާފައި އޮތް ކުންފުންޏެއްކަން ވެސް ފާހަގަ ކުރެވެއެވެ.

ކެންގޯ ޕުރައިވެޓް ލިމިޓެޑަކީ އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގައި އެއްވެސް ވިޔަފާރީގެ މަސައްކަތެއް ހިންގާ ކަމަށް ރެޖިސްޓްރީ ކޮށްފައިވާ ތަނެއްނޫނެވެ. މާނަ އަކީ އެއްވެސް ފައިސާއެއް ލިބޭނެ ވިޔަފާރިއެއް އެ ކުންފުނިން ރަޖިސްޓްރީ ކޮށްފައެއް ނުވާ ކަރުދާސް ކުންފުންޏެކެވެ. އަދި އެފްއައިޔޫގެ ރިޕޯޓު ބުނާގޮތުން ކެންގޯ އަށް ދޫކޮށްފައިވާ ދައުލަތުގެ އެއްވެސް ފައިސާއަކުން އިޤުތިސާދީ އެއްވެސް ޙަރަކާތެއް ހިންގާފައިނުވެއެވެ.

މީގެ އިތުރުން މުޢާޒު މުޙާއްމަދު ރަޝީދުގެ އެމްޑީ ކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު، ފެނަކަ ކޯޕަރޭޝަނަށް ގެއްލުންވާ ގޮތަށް ޔުނައިޓެޑް އަރަބް އެމިރެޓްސް (ޔޫއޭއީ) ގެ އަލްފާ އެނާޖީ ސޮލިއުޝަންސް އެފްޒެޑް-އެލްއެލްސީއާ ގުޅިގެން 66 މިލިއަން ރުފިޔާއަށް ކޭބަލްތަކެއް ގަތްކަމުގެ ތުހުމަތުތަކެއް ފެނަކަ ކޯޕަރޭޝަންގެ މައްޗައް ކުރެވިފައިވާ ކަމަށް ސަލީމް ފާހަގަކުރެއްވިއެވެ. އެ ކޭބަލްތަކެއް ގަތުމަށް އަލްފާ އަށް ޖުމްލަ 18 ޕާޗޭސް އޯޑަރު ހަދާފައިވާ އިރު އެ ޕާޗޭސް އޯޑަރުތަކުން އެނގޭ ގޮތުގައި ކޭބަލްތައް ގަތީ އެކި ރަށްރަށަށް ބޭނުންވާ ކަމަށް ބުނެފައިވެއެވެ. އެހެންނަމަ ވެސް ނަމަވެސް ކޭބަލްތައް ގަތީ މާކެޓު ރޭޓަށްވުރެ މާ ބޮޑު އަގެއްގައިކަން މި މުޢާމަލާތްތަކުގައި ހުރި ލިޔެކިޔުންތަކުން ދަލީލުކޮށްދޭ ކަމަށް ސަލީމް ފާހަގަކުރެއްވިއެވެ.

ފެނަކައިގެ އޭރުގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު އާއި އެ ކުންފުނީގެ ޑެޕިއުޓީ ޑިރެކްޓަރު އައިޝަތު އައިމަން އަދި ޑިރެކްޓާ އަބްދުލް ވާހިދު މުހައްމަދު އެޕްރޫވް ކޮށްފައިވާ ޕާޗޭސް އޯޑަރުތަކުގެ ޖުމްލަ އަގު ހިސާބު ކޮށްލުމުން 65.7 މިލިއަން ރުފިޔާއަށް އަރާފައިވާކަން ވަނީ މިދެންނެވި ލިޔެކިޔުންތަކުން ހާމަވެއެވެ. މިމަސްއަލަ އެދުވަސްވަރު ފެންމަތިވެ ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުޢާޒު މުޙައްމަދު ރަޝީދު، މާލިއްޔަތު ޤާނޫނާއި އަދި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވަޢިދުތަކާއި ޚިލާފަށް ޕުރޮކިއުމެންޓު އެކުލަވާލާ އަދި މާލީކަންކަން އޮޅުވާލިކަމުގެ ތުހުމަތު ކުރެވިގެންދިޔައެވެ. މި ތުހުމަތުތައް ކުރެވި އެމަސްއަލަތައް މީޑިޔާގަ ފެންމަތިވީ ހިސާބުން މުޢާޒު މުޙައްމަދު ރަޝީދު ކުންފުނީގެ އެމްޑީކަމުން އިސްތިޢުފާ ވަނީ ދެއްވާފައެވެ.

ފެނަކަ ކޯޕަރޭޝަންޑރ. މުހައްމަދު މުއިއްޒުމާޒް ސަލީމްއޭސީސީމަނީ ލޯންޑަރިންގކޮރަޕްޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު