Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ

"އެއްވުމުން މީހުން ހައްޔަރުކުރީ ޢައިރު ޤާނޫނީކޮށް، ވަކީލުންނާއި ބައްދަލުކުރަން ވެސް ފުރުސަތު ނުލިބޭ ބައެއް މީހުން އެބަތިބި."

އެމްޑީޕީން ރޭ ބޭއްވި " ލޫޓުވައިފި، ލޫޓުވައިފި" މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ތެރެއިން 7 މީހެއްގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 5 އޮކްޓޯބަރު 2025 | އާދީއްތަ 10:53
އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) އަތޮޅުވެހި ސަރަހައްދުގައި މުޒަހަރާގެ ބައިވެރިންނާއި މުޚާތަބުކޮށް ވާހަކަދައްކަވަނީ

އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) އަތޮޅުވެހި ސަރަހައްދުގައި މުޒަހަރާގެ ބައިވެރިންނާއި މުޚާތަބުކޮށް ވާހަކަދައްކަވަނީ

ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ބޮޑު އެއްވުން "ލޫޓޫވައިފި، ލޫޓޫވައިފި."ގެ ތެރެއިން ހައްޔަރު ކުރި މީހުން ހައްޔަރުކޮށްފައި ވަނީ ޢައިރު ޤާނޫނީކޮށް ކަމަށާއި، ވަކީލުންނާއި ބައްދަލުކުރަން ވެސް ފުރުސަތު ނުލިބޭ ބައެއް މީހުން އެބަތިބި ކަމަށް އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.

މާޒް ސަލީމް މިހެން ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ އަތޮޅުވެހި ސަރަހައްދަށް އެއްވެ އެމްޑީޕީން ކުރި އިހުތިޖާޖު ވާހަކަދައްކަވަމުންނެވެ. އެ ސަރަހައްދުގައި އެ އިހުތިޖާޖުކޮށްފައި ވަނީ "ލޫޓުވައިފި، ލޫޓުވައިފި" މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ހައްގުތައް ކަށަވަރު ނުވާތީ އެކަމާއި ދެކޮޅަށް އަޑު އުފުލުމަށް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ހައްޔަރު ކުރި މީހުންގެ ހައްގުތައް ނިގުޅައިގަނެފައިވާ ކަމަށާއި ޚިޔާލު ފާޅުކުރުން ކުށަކަށް ނުހެދޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. ޤާނޫނުއަސާސީ އަކީ ސިޔާސީ ޕާޓީތަކަށް ބާރު ލިބޭ ގޮތަށް އޮތް އެއްޗެއް ކަމަށް ވާއިރު އަޑު އުފުލުމުން ހައްޔަރުކުރުމަކީ ސިޔާސީ ޕާޓީގެ ހައްގު ނިގުޅައިގަތުން ކަމަށް ސަލީމް ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ ހައްޔަރު ކުރި މީހުން ދޫކޮށްލަންދެން އަޑު އުފުލާނެ ކަމަށާއި އެ އަޑު ކަނޑުވާ ނުލެވޭނެ ކަމަށެވެ.

"ބައެއް މީހުންނަށް ވަކީލުންނާއި ބައްދަލުކުރަން ފުރުސަތު ނުލިބޭކަމަށް އެބަ މައުލޫމާތު ލިބޭ. މިއީ ލިބެން ޖެހޭނެ ހައްގެއް. ޤާނޫނީ އެހީތެރިކަން ލިބެން ޖެހޭނެ." ސަލީމް ވިދާޅުވިއެވެ.

އެމްޑީޕީން ރޭ ބޭއްވި " ލޫޓުވައިފި، ލޫޓުވައިފި" މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ތެރެއިން 7 މީހެއްގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ.

ހުކުރު ދުވަހުގެ ރޭ ކުރިއަށް ދިޔަ ބޮޑު މުޒާހަރާ އިން ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖެހުމާއި މެދު ގޮތެއް ނިންމަން ގެންގޮސްފައި ވަނީ 8 މީހުންނެވެ.

ބަންދުގެ މުއްދަތު ޖަހާފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބް އަބްދުﷲ، ކުޅުދުއްފުށި އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރު އަބްދުއް ލަތީފް، މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު، އަލީ ޖުމާން، އަޒީމް އަލީ، ހަސަން ޝާކިރު ހިމެނެއެވެ.

ބަންދުގެ މުއްދަތު އިތުރު ނުކޮށް މުހައްމަދު ޚަލަފު އިބްރާހިމް މީގެ ކުރިން ވަނީ ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލާފައި ވަނީތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް، އަދި ހުއްދަ ނުހޯދާ މާލެއިން ބޭރަށް ނުދެވޭ ގޮތަށެވެ. މީގެ އިތުރުން ހޮނިހިރު ދުވަހު މެންދުރު ފަހުގެ ވަގުތެއްގައި އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރު ވަނީ ދޫކޮށްލާފައެވެ.

އެމްޑީޕީމާޒް ސަލީމްލޫޓުވައިފި މުޒާހަރާހައްޔަރުކުރުން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު