Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ ކުޑަކުދިން ހިމެނޭގޮތުން އެތައް ބަޔަކު ޝަހީދުކޮށްލިއިރު ދުނިޔެ ހިމޭނުން އޮތުމުން ހަމާސް އިން ވަރަށް ބޮޑަށް ފާޑު ކިޔައިފި

ހަމާސް އިން އިސްލާމީ ޤައުމުތަކަށް، ޚާއްޞަކޮށް އަރަބި ޤައުމުތަކަށް ގޮވާލާފައިވަނީ އެމީހުންގެ ޒިންމާ އަދާކުރުމަށާއި، ހަމައެކަނި ކުށްވެރިކުރާ ބަޔާންތައް ނެރުމުގެ ބަދަލުގައި، ފަލަސްޠީނު ރައްޔިތުންނަށް ކުރަމުންދާ އަނިޔާއާއި އަދި ނަސްލު ނައްތާލުމަށް ހިންގަމުންދާ ޖަރީމާ ހުއްޓުވުމަށް މަސައްކަތް ކުރުމަށެވެ.

ރާއްޖެ އެމްވީ | 25 އޮކްޓޯބަރު 2024 | ހުކުރު 19:32
ކަމާލް އަދްވާން ހޮސްޕިޓަލުން ބަލި މީހުންނާއި ސިއްހީ އޮފިޝަލުން ނެރެ ގޯތި ތެރެއަށް ޖަމާވުމަށް އިޒްރޭލު ސިފައިން އެންގި

ކަމާލް އަދްވާން ހޮސްޕިޓަލުން ބަލި މީހުންނާއި ސިއްހީ އޮފިޝަލުން ނެރެ ގޯތި ތެރެއަށް ޖަމާވުމަށް އިޒްރޭލު ސިފައިން އެންގި

އިޒްރޭލުން ޣައްޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ ކުޑަކުދިން ހިމެނޭގޮތުން އެތައް ބަޔަކު ޝަހީދުކޮށްލިއިރު ދުނިޔެ ހިމޭނުން އޮތުމުން ފަލަސްތީނު ރައްޔިތުންގެ ދިފާއުގައި ހަނގުރާމަ ކުރާ ހަމާސް އިން ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ.

ޣައްޒާ ސްޓްރިޕްގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް ކުރިއަށް ގެންދިއުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢު އާއި މުއައްސަސާތަކުން ޒިންމާ އުފުލަންޖެހޭ ކަމަށް ހަމާސްއިން ވަނީ ބުނެފައެވެ.

ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި މި ޖަމާޢަތުން ބުނެފައިވަނީ، މި ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލާފައި ނުވުމާއެކު އިޒްރޭލުން މިހިންގި ޖަރީމާގެ ޒިންމާ ބައިނަލްއަޤްވާމީ މުޖުތަމަޢުން އުފުލަންޖެހޭ ކަމަށެވެ.

ހަމާސް އިން މި ބަޔާން ނެރުނީ އިޒްރޭލުގެ ބާރުތަކުން ޣައްޒާ ސްޓްރިޕްގެ އުތުރުގައިވާ ޖަބާލިޔާ ސަރަޙައްދުގައި މި ވަގުތު ޚިދުމަތްދޭ ހަމައެކަނި ހޮސްޕިޓަލް ކަމަށްވާ ކަމާލް އަދުވާން ހޮސްޕިޓަލަށް އިޒްރޭލު ސިފައިން ހަމަލާދީ އެ ހޮސްޕިޓަލެއް ވަދެގަތުމާ ގުޅިގެންނެވެ.

މިއީ "ހަނގުރާމައިގެ ޖަރީމާއެއް އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ފާޅުކަން ބޮޑު ގޮތެއްގައި ޚިލާފުވުމެއް" ކަމަށް ހަމާސްއިން އިތުރަށް ބުނެފައިވެއެވެ.

އިޒްރޭލު ސިފައިން ހޮސްޕިޓަލަށް ވަނުމަށްފަހު އެތަނުގެ ތިބި ބަލިމީހުން ހިމެނޭ ގޮތައް އެންމެން އިމާރާތުގެ ގޯތި ތެރޭގައި އެތުރުމަށްފަހު އޭގެ ތެރޭގައި ހިމެނޭ ޒުވާނުންނާ ސުވާލުކޮށް އެމީހުންގެ ހެދުން ބާލުވާ ހައްޔަރުކޮށްފައިވާ ކަމަށް ފަލަސްޠީނުގެ ނޫސް އޭޖެންސީއެއް ކަމަށްވާ ޤުދުސް ނިއުސް ނެޓްވޯކުން ރިޕޯޓުކޮށްފައިވެއެވެ. އަދި ހައްޔަރުކުރެވުނު މީހުންގެ ހާލު އެނގިފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.

އިޒްރޭލު ސިފައިން ހޮސްޕިޓަލަށް ވަދެގަނެ އެތަނުގައި ތިބި ބަލިމީހުންނާއި، ޒަޚަމްވެފައިވާ މީހުންނާއި، މެޑިކަލް މުވައްޒަފުންނާއި، ގެދޮރު ގެއްލިފައިވާ އާއިލާތަކަށް ނިސްބަތްވާ މީހުންނާއި، މީޑިއާގެ އެކްޓިވިސްޓުން ހައްޔަރުކޮށް އަނިޔާކުރުމަށްފަހު ނޭނގޭ ތަނަކަށް އެމީހުން ގެންދިޔަ ކަމަށް ހަމާސްގެ ބަޔާނުގައިވެސް ފާހަގަ ކޮށްފައިވެއެވެ.

އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ ޖަރީމާތައް ކުރިއަށް ގެންދަނީ އެމެރިކާގެ ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާ، ޙިމާޔަތުގެ ދަށުގައި ތިބެގެން ކަމަށްވެސް ހަމާސް އިން ބުނެފައިވެއެވެ.

ހަމާސްގެ ބަޔާނުގައި އުތުރު ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޖާރީމާ އާއި ގަތުލުއާންމު ތަކާއި، އާންމުންގެ ގެދޮރުގައި ގޮވާތަކެތި ހަރުކޮށް ގޮއްވާލުމާއި، ރަށްވެހިން ގޯތި ގެދޮރުން ނެރެ ބޭރުކުރުން ފުޅާދާއިރާއެއްގައި އިޒްރޭލުން ހިންގަމުންދާ ކަން ފާހަގަ ކޮށްފައިވެއެވެ.

އެ ގްރޫޕުން އިސްލާމީ ޤައުމުތަކަށް، ޚާއްޞަކޮށް އަރަބި ޤައުމުތަކަށް ގޮވާލާފައިވަނީ އެމީހުންގެ ޒިންމާ އަދާކުރުމަށާއި، ހަމައެކަނި ކުށްވެރިކުރާ ބަޔާންތައް ނެރުމުގެ ބަދަލުގައި، ފަލަސްޠީނު ރައްޔިތުންނަށް ކުރަމުންދާ އަނިޔާއާއި އަދި ނަސްލު ނައްތާލުމަށް ހިންގަމުންދާ ޖަރީމާ ހުއްޓުވުމަށް މަސައްކަތް ކުރުމަށެވެ.                 

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންހަމާސް-އިސްރާއިލް ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

07 ޖޫން 2025
ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

16 މެއި 2025
ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

15 މެއި 2025

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު