Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން އިސްރާއިލް ހަނގުރާމަ

އެއްބަސްވުމާ ޚިލާފަށް، އިސްރާއީލުން ޣައްޒާ އަށް ދިން ޙަމަލާތަކާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ކަންބޮޑުވުން

އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވެސް ވަނީ އިސްރާއީލުގެ މި ޢަމަލުތަކާމެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެދި ވަޑައިގެންފައެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 މާރިޗު 2025 | ބުދަ 04:58
އިސްރާއީލުގެ ސިފައިންގެ ބޮޑެތި ހަމަލާތަކަށް ފަހު، އުތުރުގެ ޣައްޒާގެ ބައިތު ލަހިޔާގައި ގިނަ އަދަދެއްގެ ރައްޔިތުން ފިލަން ހިނގަމުން ދަނީ

އިސްރާއީލުގެ ސިފައިންގެ ބޮޑެތި ހަމަލާތަކަށް ފަހު، އުތުރުގެ ޣައްޒާގެ ބައިތު ލަހިޔާގައި ގިނަ އަދަދެއްގެ ރައްޔިތުން ފިލަން ހިނގަމުން ދަނީ

އިސްރާއީލުން ޣައްޒާ އަށް ދިން ހަމަލާތަކުގައި 326 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެއްޖެ އެވެ.

މި ޙަމަލާތަކާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިދިޔަ ޖަނަވަރީ 19 ގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައި ވަނިކޮށް، އިސްރާއީލުން އަލުން ފެށި ޙަމަލާތަކާ ގުޅިގެން މިޞްރު، ޤަތަރު އަދި ތުރުކީ ފަދަ އަރަބި ޤައުމުތަކުން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފަ އެވެ.

މިޞްރުގެ ފޮރިން މިނިސްޓްރީ އިން ބުނީ، އެ ޙަމަލާ ތަކަކީ ސަރަޙައްދުގެ ސުލްޙަވެރިކަމަށް ނުރައްކާ ވެދާނެ ކަމެއް ކަމަށެވެ.

އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވެސް ވަނީ އިސްރާއީލުގެ މި ޢަމަލުތަކާމެދު ކަންބޮޑުވުން ފާޅު ކުރައްވާފައި އެވެ. އަދި ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެދި ވަޑައިގެންފައިވެ އެވެ.

ޔޫރަޕިއަން ޔޫނިއަންގެ އެހީގެ ކޮމިޝަނަރ ހަދްޖާ ލަހްބީބް ވިދާޅުވީ، ޣައްޒާގެ ރައްޔިތުން ތަޙައްމަލު ކުރަމުންދާ ވޭން ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި އަވަހަށް ހަނގުރާމަ ހުއްޓާލަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

މި ހަނގުރާމައިގެ ސަބަބުން، ސަރަޙައްދުގެ ޙާލަތު އިތުރަށް ގޯސްވެ، އިތުރު ގެއްލުންތަކެއް ލިބިދާނެ ކަމުގެ ބިރު ބައިނަލްއަޤުވާމީ މުޖުތަމަޢުން ދަނީ ފާޅު ކުރަމުންނެވެ. އަދި ވީހާ ވެސް އަވަހަކަށް ދެފަރާތުން ވާހަކަ ދައްކައިގެން މައްސަލަ ޙައްލު ކުރުމަށް ގޮވާލަމުންދެ އެވެ.

އިޒްރޭލްޣައްޒާފަލަސްތީނު ރައްޔިތުންބައިނަލްއަޤުވާމީ މުޖުތަމަޢުހަމަލާމިޞްރުގަތަރުތުރުކީހަމާސް-އިސްރާއިލް ހަނގުރާމަޣައްޒާ ހަނގުރާމަ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު