Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާގައި އޮޕަރޭޝަން ފުޅާ ކޮށްފައިވާ ކަމަށް އިސްރާއީލް އިން ބުނެފި 

އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވާ ގޮތުގައި، ޣައްޒާގެ މެދު ތެރޭގެ ސަރަހައްދާއި، ދެކުނު ސަރަހައްދުގައި އަސްކަރިއްޔާގެ އޮޕަރޭޝަންތައް އަލުން ފަށާފައިވާ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 މާރިޗު 2025 | ބުރާސްފަތި 05:04
އިސްރާއީލުގެ ސިފައިންގެ ބޮޑެތި ހަމަލާތަކާ ގުޅިގެން، ޣައްޒާގެ އުތުރުގައި ގިނަ އަދަދެއްގެ ރައްޔިތުން އަވަށް ދޫކޮށް އެހެން ސަރަހައްދު ތަކަށް ދަނީ

އިސްރާއީލުގެ ސިފައިންގެ ބޮޑެތި ހަމަލާތަކާ ގުޅިގެން، ޣައްޒާގެ އުތުރުގައި ގިނަ އަދަދެއްގެ ރައްޔިތުން އަވަށް ދޫކޮށް އެހެން ސަރަހައްދު ތަކަށް ދަނީ

އިސްރާއީލްގެ އޮޕަރޭޝަންތައް ޣައްޒާގައި ފުޅާ ކޮށްފައިވާ ކަމަށް، އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފި އެވެ.

ބުދަ ދުވަހު އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފައިވާ ގޮތުގައި، ޣައްޒާގެ މެދު ތެރޭގެ ސަރަހައްދާއި، ދެކުނު ސަރަހައްދުގައި އަސްކަރިއްޔާގެ އޮޕަރޭޝަންތައް އަލުން ފަށާފައިވާ ކަމަށެވެ. 

އެ އޮޕަރޭޝަން ތަކުގެ ތެރޭގައި ވައިގެ މަގުން ދެވުނު ހަމަލާތަކުގައި މަދުވެގެން ފަލަސްތީނުގެ 20 ރައްޔިތަކު ޝަހީދުވެފައިވާ ކަމަށް، އެ ޤައުމުގެ ޞިއްހީ ވުޒާރާ އިން ވަނީ ހާމަކޮށްފަ އވެެ.

އިސްރާއީލްގެ އަސްކަރިއްޔާ ބުނާ ގޮތުގައި، އެ އޮޕަރޭޝަންތަކުގެ ސަބަބުން ޣައްޒާ ދެ ބަޔަކަށް ބައިކުރާ ނެޓްޒަރިމް ކޮރިޑޯ އަށް އިތުރު ބާރު ލިބި، އުތުރާއި ދެކުނު ވަކި ކުރާ ބަފަރ ޒޯނެއް އުފެއްދުމަށް މަގުފަހިވެގެން ދާނެ އެވެ.

އިސްރާއީލްގެ ދިފާއީ ވަޒީރު، އިސްރާއީލް ކާޓްޒް ވަނީ ޣައްޒާގެ ރައްޔިތުންނަށް "އެންމެ ފަހުގެ އިންޒާރު" ދެއްވާފައި އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ލަފަ އަށް ތަބާވެ، އިސްރާއީލްގެ ރަހީނުން ދޫކޮށްލައި، ހަމާސް ވެރިކަމުން ދުރު ކުރުމަށް އޭނާ ގޮވާލެއްވި އެވެ.

ހަމަ އެހެންމެ، އދ. ގެ މައި މަރުކަޒަކަށް އިސްރާއީލް އިން ދިން ވައިގެ ހަމަލާއެއްގައި އދ. ގެ މުވައްޒަފެއް މަރުވެ، އިތުރު ފަސް މުވައްޒަފުން ޒަހަމްވި ކަމަށް އދ. އިން ބުނެފައިވެ އެވެ. ނަމަވެސް އިސްރާއީލުން އެކަމާ ދެކޮޅު ހަދައި، އެ ހަމަލާ އަމާޒު ކުރެވުނީ ހަމާސްގެ ތަނަކަށް ކަމަށް ބުނެފައިވެ އެވެ.

މި ހަނގުރާމައިގައި މިހާތަނަށް 49،000 (ސާޅީސް ނުވަ ހާސް) އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހީ އިދާރާ ތަކުން ބުނެ އެވެ.

މި ހަނގުރާމަ ފެށުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެންނެވެ. އެ ހަމަލާގައި އިސްރާއީލްގެ 1،200 އަށްވުރެ ގިނަ މީހުން މަރުވެ، 250 އަށްވުރެ ގިނަ މީހުން ރަހީނު ކުރެވުނެވެ.

އިޒްރޭލްޣައްޒާފަލަސްޠީނު ރައްޔިތުންހަމާސްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްޣައްޒާ ހަނގުރާމަ ހަމާސް-އިސްރާއިލް ހަނގުރާމަ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު