Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޯލްޑިވްސް ބާސްކެޓުބޯލް އެސޯސިއޭޝަން

އެމްބީއޭގެ ޚާއްސަ އާންމު ޖަލްސާ ބާއްވައި، ހިންގާ ޤަވާއިދަށް ގެނައި ބަދަލުތައް ފާސްކޮށްފި

23 އޮކްޓޯބަރު 2024 | ބުދަ 06:06

ހިންގާ ޤަވާއިދު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 17 މެމްބަރުންގެ ތާއީދާ އެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 އޮކްޓޯބަރު 2024 | ބުދަ 06:06
އެމްބީއޭގެ ޚާއްސަ އާންމު ޖަލްސާގެ ތެރެއިން

އެމްބީއޭގެ ޚާއްސަ އާންމު ޖަލްސާގެ ތެރެއިން

މޯލްޑިވްސް ބާސްކެޓުބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ޚާއްސަ އާންމު ޖަލްސާ ބާއްވައި، ހިންގާ ޤަވާއިދު ފާސްކޮށްފި އެވެ.

އެމްބީީއޭގެ ފުރިހަމަ މެމްބަރުންގެ ޖުމުލަ އަދަދަކީ 20 ކަމަށްވާއިރު، 10 މެމްބަރުން ވަނީ ޖަލްސާގައި ބައިވެރިވެފަ އެވެ. އޭގެ ތެރެއިން ހިންގާ ޤަވާއިދު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 17 މެމްބަރުންގެ ތާއީދާ އެކު އެވެ. އެމްބީއޭގެ ހިންގާ ޤަވާއިދަށް ގެނެވުނު ބަދަލުތަކަށް ބަލާއިރު، އެއީ ޤަވާއިދަށް ގެނެވުނު ވަރަށް މުހިންމު ބަދަލުތަކެއް ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

އެމްބީއޭގެ ހިންގާ ޤަވާއިދަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި އެސޯސިއޭޝަންގެ ކޮމެޓީތަކުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުން، އެސޯސިއޭޝަންގެ ހިންގުން ފަސޭހަ ކުރުމުގެ ގޮތުން އިތުރު ދާއިމީ ކޮމެޓީއެއް އުފެއްދުން، އެސޯއޭޝަންގެ މެމްބަރުންގެ ގިންތިތަކަށް ބަދަލުތަކެއް ގެނުވައި އައު ގިންތި އުފެއްދުން، އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ އުފެދިގެން އަންނަ ގޮތަށް ބަދަލުތަކެއް ގެނައުން، އެސޯސިއޭޝަންގެ ފުރިހަމަ މެމްބަރެއްގެ ޙައިޞިއްޔަތު ލިބޭނެ ގޮތް އަދި އެއަށް އަމަލު ކުރުމަށް ހަތަރު އަހަރުގެ ގްރޭސް ޕީރިއަޑެއް ހިމެނުން އަދި އެ މާއްދާ އެކްޓިވް ވަންދެން އަމަލު ކުރަމުން ދާނީ މިހާރު ވެސް އަމަލު ކުރަމުން ދާ ގޮތަށް ކަމަށް ވެސް ވަނީ ނިންމައިފަ އެވެ.

މި ބަދަލުތައް ގެނައުމަށް އެމްބީއޭ އިން ފާސްކޮށްފައިވާއިރު، އެ ބަދަލުތައް ގެނައުމަށް އިއުލާން ކޮށްފައި ވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު އެވެ. އެއަށްފަހު އެމްބީއޭގެ މެމްބަރުންގެ ޚިޔާލަށް ހުޅުވާލަފައި ވަނީ ވަނީ އޮކްޓޫބަރު މަހުގެ ފަސް ވަނަ ދުވަހު އެވެ. ނަމަވެސް އެ މުއްދަތުގައި އެކަމަށް އެއްވެސް ޚިޔާލެއް ހުށަހަޅާފައި ނެތް ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ. އެހެންކަމުން އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހާއި، 15 ވަނަ ދުވަހު ވަނީ ހިންގާ ޤަވާއިދާ ގުޅެ ގުޅޭ ގޮތުން މައުލޫމާތު ސެޝަންތަކެއް އެމްބީއޭގެ މެމްބަރުންނަށް ކުރިއަށް ގެންގޮސްފަ އެވެ. އެ ބައްދަލުވުންތަކުގައި އެމްބީއޭގެ 14 މެމްބަރު ފަރާތަކުން ބައިވެރިވެފައިވާއިރު، މެމްބަރުން ފާހަގަ ކުރި ކުދި ކުދި އިސްލާހުތައް ގެނެވިފައިވާނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

02 އޮކްޓޯބަރު 2024

20 އަހަރަށް ފަހު ރިޝްމާ ބާސްކެޓު ކުޅުން ހުއްޓާލައިފި

02 އޮކްޓޯބަރު 2024
20 އަހަރަށް ފަހު ރިޝްމާ ބާސްކެޓު ކުޅުން ހުއްޓާލައިފި
30 އޯގަސްޓު 2023

ޅަ ކުޅުންތެރިންނަށް ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ކުރި އިތުބާރުގެ އަގު މެޑައްޔަކުން!

30 އޯގަސްޓު 2023
ޅަ ކުޅުންތެރިންނަށް ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ކުރި އިތުބާރުގެ އަގު މެޑައްޔަކުން!
29 އޯގަސްޓު 2023

އައިއޯއައިޖީ: ބޮޑުތަފާތަކުން ސީޝެލްސް ބަލިކޮށް، އަަންހެން ބާސްކެޓްބޯޅަ ޓީމު ސެމީ އަށް

29 އޯގަސްޓު 2023
އައިއޯއައިޖީ: ބޮޑުތަފާތަކުން ސީޝެލްސް ބަލިކޮށް، އަަންހެން ބާސްކެޓްބޯޅަ ޓީމު ސެމީ އަށް
28 އޯގަސްޓު 2023

އައިއޯއައިޖީ: ފުރަތަމަ ފަހަރަށް ލޯ މެޑަލް ހޯދައި، ބާސްކެޓްބޯޅަ ތުރީ އޮން ތުރީ ދެ ޓީމުވެސް ތާރީޚުގެ ތެރެއަށް

28 އޯގަސްޓު 2023
އައިއޯއައިޖީ: ފުރަތަމަ ފަހަރަށް ލޯ މެޑަލް ހޯދައި، ބާސްކެޓްބޯޅަ ތުރީ އޮން ތުރީ ދެ ޓީމުވެސް ތާރީޚުގެ ތެރެއަށް
20 ޑިސެމްބަރު 2022

ޖޫނިއާ ބާސްކެޓު ޗެމްޕިއަންޝިޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

20 ޑިސެމްބަރު 2022
ޖޫނިއާ ބާސްކެޓު ޗެމްޕިއަންޝިޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
16 ޑިސެމްބަރު 2022

ޒާހިރު ނަސީރު މެމޯރިއަލް ޗެމްޕިއަންޝިޕް: ޓީރެކްސް އާއި ކުއީންސްއަށް ޗެމްޕިއަންކަން

16 ޑިސެމްބަރު 2022
ޒާހިރު ނަސީރު މެމޯރިއަލް ޗެމްޕިއަންޝިޕް: ޓީރެކްސް އާއި ކުއީންސްއަށް ޗެމްޕިއަންކަން
09 ނޮވެމްބަރު 2022

ޓީރެކްސްއާއި ކިންގްސް ދެ މެޗުންވެސް މޮޅުވެ ގްރޫޕްގެ އެއްވަނަ އަށް

09 ނޮވެމްބަރު 2022
ޓީރެކްސްއާއި ކިންގްސް ދެ މެޗުންވެސް މޮޅުވެ ގްރޫޕްގެ އެއްވަނަ އަށް
01 އޮކްޓޯބަރު 2022

ބައިނަލްއަގުވާމީ ބާސްކެޓު މުބާރާތްތަކެއް އަންނަ އަހަރުވެސް ރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރަނީ

01 އޮކްޓޯބަރު 2022
ބައިނަލްއަގުވާމީ ބާސްކެޓު މުބާރާތްތަކެއް އަންނަ އަހަރުވެސް ރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރަނީ
30 ސެޕްޓެމްބަރު 2022

ސާބާ ވިމެންސް ޗެމްޕިއަންޝިޕްގެ ލޯ މެޑަލް ރާއްޖެއިން ދެވަނަ ފަހަރަށް ހޯދައިފި

30 ސެޕްޓެމްބަރު 2022
ސާބާ ވިމެންސް ޗެމްޕިއަންޝިޕްގެ ލޯ މެޑަލް ރާއްޖެއިން ދެވަނަ ފަހަރަށް ހޯދައިފި
29 ސެޕްޓެމްބަރު 2022

ބޭނުންވީ ރަން މެޑައްޔެއް، އެކަން ހާސިލްނުވުމުން ދެރަވޭ: ސުޕުން

29 ސެޕްޓެމްބަރު 2022
ބޭނުންވީ ރަން މެޑައްޔެއް، އެކަން ހާސިލްނުވުމުން ދެރަވޭ: ސުޕުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް