Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސްކެޓު ބޯޅަ

ބައިނަލްއަގުވާމީ ބާސްކެޓު މުބާރާތްތަކެއް އަންނަ އަހަރުވެސް ރާއްޖޭގައި ބޭއްވުމަށް މަސައްކަތްކުރަނީ

އަންނަ އަހަރުވެސް އަންހެނުންގެ އަދި ފިރިހެނުންގެ ބައިނަލްއަގުވާމީ ބާސްކެޓު މުބާރާތްތަކެއް ރާއްޖޭގައި ބޭއްވުމަށް ދަނީ މަސައްކަތްކުރަމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 އޮކްޓޯބަރު 2022 | ހޮނިހިރު 05:23
ޔޫތު މިނިސްޓަރު މަޚްލޫފް ބާސްކެޓު ޓީމާ ސަލާމްކުރައްވަނީ

ޔޫތު މިނިސްޓަރު މަޚްލޫފް ބާސްކެޓު ޓީމާ ސަލާމްކުރައްވަނީ

ބައިނަލްއަގުވާމީ ބާސްކެޓު ބޯޅަ މުބާރާތްތަކެއް އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް މަސައްކަތްޕުޅު ކުރައްވާކަމަށް، ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރާއްޖޭގައި ބޭއްވި ސާބާ ވިމެންސް ޗެމްޕިއަންޝިޕް ނިންމާލުމާގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. އެ ޓުވީޓުގައި މިނިސްޓަރު ވިދާޅުވީ، އަންނަ އަހަރުވެސް އަންހެނުންގެ އަދި ފިރިހެނުންގެ ބައިނަލްއަގުވާމީ ބާސްކެޓު މުބާރާތަކެއް ރާއްޖޭގައި ބޭއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށެވެ. ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ނިމުނު ސާބާ ބާސްކެޓު މުބާރާތަކީ ރާއްޖޭގައި ބޭއްވި އަންހެނުންގެ ބައިނަލްއަގުވާމީ ފުރަތަމަ ބާސްކެޓު މުބާރާތެވެ.

ރާއްޖެއިން އަންނަނީ ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއް ބާއްވަން މަސައްކަތްކުރަމުންނެވެ. މިއަހަރުގެ މިހާތަނަށް ރާއްޖޭގައި ވަނީ ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓީޓީ މުބާރާތާއި، ވެސްޓަރން އޭޝިއަން ޗެސް ޗެމްޕިއަންޝިޕާއި، ވިޒިޓް މޯލްޑިވްސް ޕްރޯއާއި، އޭޝިއަން ބޮޑީ ބިލްޑިން އެންޑް ފިޒިކްސް ސްޕޯޓްސް ޗެމްޕިއަންޝިޕް އަދި ސާބާ ޗެމްޕިއަންޝިޕް ބާއްވާފައެވެ.

ޖުމުލަ ފަސް މުބާރާތެއް މިހާތަނަށް ބާއްވާފައިވާއިރު، ބައިނަލްްއަގުވާމީ ބީޗް ވޮލީ މުބާރާތެއް އަންނަ ނޮވެމްބަރު ރާއްޖޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ސެންޓްރަލް ޒޯން ވޮލީ މުބާރާތް ޑިސެމްބަރު މަހު ރާއްޖޭގައި ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ބައިނަލްްއަގުވާމީ ގިނަ މުބާރާތްތަކެއް ރާއްޖޭގައި ބާއްވައި، ދިވެހި އެތުލީޓުންނަށް އެކަށީގެންވާ ފުރުސަތުތަކެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅެކެވެ.

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)އަހުމަދު މަޚްލޫފް

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2024

އެމްބީއޭގެ ޚާއްސަ އާންމު ޖަލްސާ ބާއްވައި، ހިންގާ ޤަވާއިދަށް ގެނައި ބަދަލުތައް ފާސްކޮށްފި

23 އޮކްޓޯބަރު 2024
އެމްބީއޭގެ ޚާއްސަ އާންމު ޖަލްސާ ބާއްވައި، ހިންގާ ޤަވާއިދަށް ގެނައި ބަދަލުތައް ފާސްކޮށްފި
02 އޮކްޓޯބަރު 2024

20 އަހަރަށް ފަހު ރިޝްމާ ބާސްކެޓު ކުޅުން ހުއްޓާލައިފި

02 އޮކްޓޯބަރު 2024
20 އަހަރަށް ފަހު ރިޝްމާ ބާސްކެޓު ކުޅުން ހުއްޓާލައިފި
16 މެއި 2024

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

16 މެއި 2024
މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް
28 ޑިސެމްބަރު 2023

ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި

28 ޑިސެމްބަރު 2023
ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި
04 ޑިސެމްބަރު 2023

މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި

04 ޑިސެމްބަރު 2023
މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު