Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައިއޯއައިޖީ

އައިއޯއައިޖީ: ފުރަތަމަ ފަހަރަށް ލޯ މެޑަލް ހޯދައި، ބާސްކެޓްބޯޅަ ތުރީ އޮން ތުރީ ދެ ޓީމުވެސް ތާރީޚުގެ ތެރެއަށް

28 އޯގަސްޓު 2023 | ހޯމަ 16:12

މިއީ، ތުރީ އޮން ތުރީގައި ރާއްޖެއިން ވާދަކުރި ފުރަތަމަ ފަހަރު

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 28 އޯގަސްޓު 2023 | ހޯމަ 16:12
މެޗު ނިންމުމަށްފަހު އުފާފާޅުކުރުމުގެ ތެރެއިން

މެޗު ނިންމުމަށްފަހު އުފާފާޅުކުރުމުގެ ތެރެއިން

މަޑަގަސްކަރައިގައި މިހާރު ކުރިޔަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ބާސްކެޓްބޯޅަ ތުރީ އޮން ތުރީ ދެ ޓީމުވެސް ފުރަތަމަ ފަހަރަށް ލޯ މެޑަލް ހޯދާ، ތާރީޚުން ޖާގަ ހޯދައިފިއެވެ.

މިއީ، ތުރީ އޮން ތުރީއަށް މި ގޭމްސްގައި ތާރީޚީ ފެށުމަކަށްވާއިރު، ފުރަތަމަ މުބާރާތުން ރާއްޖޭގެ ދެ ޓީމުވެސް ހޯދީ ތާރީޚީ ކާމިޔާބީއެކެވެ. އާދިއްތަ ދުވަހު ކުޅުނު ދެ މެޗުން މޮޅުވެ، އަންހެން ޓީމު ވަނީ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. ހޯމަ ދުވަހު ފުރަތަމަ ކުޅެފައިވަނީ ރިޔޫނިއަންއާ ދެކޮޅަށް، މުބާރާތުގެ ސެމީ ފައިނަލް މެޗެވެ.

ސެމީ ފައިނަލް މެޗުގައިވެސް އެންމެ ފުރަތަމަ ލީޑު ނެގީ ގައުމީ ޓީމުންނެވެ. ނަމަވެސް، ރިޔޫނިއަން ޓީމުން ވަނީ ފަހުން ލީޑު ނަގައި، އެ ލީޑު ދަމަހައްޓާފައެވެ. ރިޔޫނިއަން ކައިރިން ރާއްޖެ ބަލިވީ 18-6ގެ ނަތީޖާއަކުންނެވެ. މިއާއެކު، ރާއްޖެއަށް ދެން އޮތް ކުރިމަތިލުމަކީ މުބާރާތުގެ ތިންވަނަ ހޮވާ މެޗެވެ.

ތިންވަނަ ހޮވާ މެޗުގައި ގައުމީ އަންހެން ޓީމު ވާދަކޮށްފައިވަނީ މަޔޯޓްއާ ދެކޮޅަށެވެ. މެޗު ފެށިގެން ދެ ޓީމުގެ ފަރާތުންވެސް ދައްކާފައިވަނީ ވާދަވެރި ކުޅުމެކެވެ. މަޔޯޓްއިން ވަނީ 15-12އިން ކުރިވެސް ހޯދާފައެވެ. ނަމަވެސް، ގައުމީ ޓީމުން ހިތްވަރު އެލުވާލާފައެއް ނުވެއެވެ. ޓީމު ކުޅުންތެރިންގެ ހިތްވަރާއެކު، އިދިކޮޅު ޓީމުން ޕޮއިންޓެއް ސްކޯ ކުރިޔަނުދީ ގައުމީ ޓީމުން ވަނީ މެޗުގެ ނަތީޖާ އަނބުރާލާފައެވެ. ގައުމީ ޓީމުން ވަނީ 19-15އިން މެޗު ކާމިޔާބުކޮށްފައެވެ.

ހޯމަ ދުވަހު ފިރިހެން ޓީމު ފުރަތަމަ ކުޅެފައިވަނީ ކުއާޓާ ފައިނަލް މެޗެވެ. މި މެޗު 20-18އިން ކާމިޔާބުކޮށް، ގައުމީ ފިރިހެން ޓީމުން ވަނީ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. ނަމަވެސް، ސެމީގައި މަޔޯޓްއާ ދެކޮޅަށް ކުޅެ، ރާއްޖެ ވަނީ 21-16އިން މަޔޯޓް އަތުން ބަލިވެފައެވެ.

ތިންވަނަ ހޮވާ މެޗުގައި ގައުމީ ފިރިހެން ޓީމުން ވާދަކޮށްފައިވަނީ މޮރިޝަސްއާ ދެކޮޅަށެވެ. އަންހެން ޓީމެކޭ އެއްގޮތަށް، ފިރިހެން ޓީމުންވެސް ވަނީ އެންމެ ފަހު ވަގުތާ ޖެހެންދެން ހިތްވަރުކޮށްފައެވެ. ބައިވެރިވި ފުރަތަމަ މުބާރާތުން މެޑަލެއް ހޯދުމަށެވެ. އެއާއެކު، ގައުމީ ޓީމުން ވަނީ 14-13އިން މޮރިޝަސް ބަލިކޮށް، ލޯ މެޑަލް ހޯދާފައެވެ.

ބާސްކެޓްބޯޅަ ތުރީ އޮން ތުރީގައި ވާދަކުރި ފުރަތަމަ ފަހަރުން ދެ ޓީމަށްވެސް ލޯ މެޑަލް ލިބުމަކީ ބޮޑު ކާމިޔާބެކެވެ.

އައިއޯއައިޖީ 2023މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

23 އޮކްޓޯބަރު 2024

އެމްބީއޭގެ ޚާއްސަ އާންމު ޖަލްސާ ބާއްވައި، ހިންގާ ޤަވާއިދަށް ގެނައި ބަދަލުތައް ފާސްކޮށްފި

23 އޮކްޓޯބަރު 2024
އެމްބީއޭގެ ޚާއްސަ އާންމު ޖަލްސާ ބާއްވައި، ހިންގާ ޤަވާއިދަށް ގެނައި ބަދަލުތައް ފާސްކޮށްފި
02 އޮކްޓޯބަރު 2024

20 އަހަރަށް ފަހު ރިޝްމާ ބާސްކެޓު ކުޅުން ހުއްޓާލައިފި

02 އޮކްޓޯބަރު 2024
20 އަހަރަށް ފަހު ރިޝްމާ ބާސްކެޓު ކުޅުން ހުއްޓާލައިފި
01 ސެޕްޓެމްބަރު 2023

ނަބާ، ނަބީ އަދި ނިބާލް ސިންގަލްސް ސެމީ ފައިނަލަށް!

01 ސެޕްޓެމްބަރު 2023
ނަބާ، ނަބީ އަދި ނިބާލް ސިންގަލްސް ސެމީ ފައިނަލަށް!
30 އޯގަސްޓު 2023

އައިއޯއައިޖީ: ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިން ގަދަ 16 އަށް

30 އޯގަސްޓު 2023
އައިއޯއައިޖީ: ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިން ގަދަ 16 އަށް
30 އޯގަސްޓު 2023

ޅަ ކުޅުންތެރިންނަށް ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ކުރި އިތުބާރުގެ އަގު މެޑައްޔަކުން!

30 އޯގަސްޓު 2023
ޅަ ކުޅުންތެރިންނަށް ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ކުރި އިތުބާރުގެ އަގު މެޑައްޔަކުން!
30 އޯގަސްޓު 2023

މޮޅުނުވެ، ވޮލީބޯޅައާއި ހޭންޑްބޯޅައަށްވެސް ގޭމްސް ނިމިއްޖެ

30 އޯގަސްޓު 2023
މޮޅުނުވެ، ވޮލީބޯޅައާއި ހޭންޑްބޯޅައަށްވެސް ގޭމްސް ނިމިއްޖެ
29 އޯގަސްޓު 2023

އައިއޯއައިޖީ: އަންހެން ޑަބަލްސްގެ ރަން މެޑަލްވެސް ރަފާ އާއި ދީމާ ދިފާއުކޮށްފި، ޝައްފާން އާއި މުންސިފަށް ރިހި މެޑަލް

29 އޯގަސްޓު 2023
އައިއޯއައިޖީ: އަންހެން ޑަބަލްސްގެ ރަން މެޑަލްވެސް ރަފާ އާއި ދީމާ ދިފާއުކޮށްފި، ޝައްފާން އާއި މުންސިފަށް ރިހި މެޑަލް
29 އޯގަސްޓު 2023

އައިއޯއައިޖީ: މިކްސް ރިލޭ ޓީމުން ބްރޯންޒް މެޑަލް ހޯދައިފި

29 އޯގަސްޓު 2023
އައިއޯއައިޖީ: މިކްސް ރިލޭ ޓީމުން ބްރޯންޒް މެޑަލް ހޯދައިފި
29 އޯގަސްޓު 2023

އައިއޯއައިޖީ: ޕެރަ އެތުލެޓިކްސް އިން ރާއްޖެއަށް ދެ ބްރޯންޒް މެޑަލް

29 އޯގަސްޓު 2023
އައިއޯއައިޖީ: ޕެރަ އެތުލެޓިކްސް އިން ރާއްޖެއަށް ދެ ބްރޯންޒް މެޑަލް
29 އޯގަސްޓު 2023

އައިއޯއައިޖީ: ހީޓްގައި ސާއިދުއަށް ނާކާމިޔާބު، ރޫޔާ ފައިނަލަށް

29 އޯގަސްޓު 2023
އައިއޯއައިޖީ: ހީޓްގައި ސާއިދުއަށް ނާކާމިޔާބު، ރޫޔާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް