Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާބާ ޗެމްޕިއަންޝިޕް

ބޭނުންވީ ރަން މެޑައްޔެއް، އެކަން ހާސިލްނުވުމުން ދެރަވޭ: ސުޕުން

29 ސެޕްޓެމްބަރު 2022 | ބުރާސްފަތި 05:39

ސުޕުން ބުނީ ކޯޗުކަން ދޫކޮށްލި ނަމަވެސް، ރާއްޖޭގެ ބާސްކެޓަށް އޭނާ ޚިދުމަށް ކުރާނެކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ސެޕްޓެމްބަރު 2022 | ބުރާސްފަތި 05:39
ސުޕުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާ ސަލާމް ކުރަނީ

ސުޕުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާ ސަލާމް ކުރަނީ

ސާބާ ވިމަންސް ޗެމްޕިއަންޝިޕް ބާސްކެޓުބޯޅަ މުބާރާތުގައި ބޭނުންވީ ރާއްޖެ އަށް ރަން މެޑަލެއް ހޯދައިދޭން ކަމަށް ޤައުމީ އަންހެން ބާސްކެޓު ޓީމުގެ ކޯޗު ސުޕުން ވިމާލް ބުނެފިއެވެ.

މިއަހަރުގެ މުބާރާތް ރާއްޖޭގައި ބޭއްވިއިރު، ޓާގެޓަކީ ވެސް ރަން މެޑަލްއެވެ. ނަމަވެސް ބުދަ ދުވަހުގެ ރޭ ސްރީލަންކާ އަތުން ބަލިވުމުން ރާއްޖެ އަށް ވަނީ އެ ޓާގެޓަށް ވާސިލްވެވޭ ގޮތް ނުވެފައެވެ. ލަންކާއިން ރަން މެޑަލް ހޯދިއިރު، ރިހި މެޑަލް ލިބެނީ ނޭޕާލަށެވެ. ރާއްޖެ އަށް އޮތީ ބުރާސްފަތި ދުވަހުގެ ރޭ ބޫޓާން ބަލިކޮށް، ލޯ މެޑަލް ހޯދުމުގެ ފުރުސަތެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސުޕުން ބުނީ މި މުބާރާތަކީ ރަން މެޑަލް ހޯދަން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. ނަމަވެސް އެކަން ހާސިލްނުވުމުން ދެރަވާކަން ފާހަގަކޮށް އޭނާ ބުނީ، ހުރިހާ ޒިންމާއެއް އޭނާ ނަގާނެ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ލަންކާ މެޗުގައި ވީ ކިހިނެއް ކަމެއް ބުނަން އޭނާ އަށް ވެސް އުނދަގޫ ކަމަށެވެ. ނަމަވެސް މެޗުގައި ވަރަށް ކުދި ކުދި މިސްޓޭކްސް ހެދުނުތަން ފެނުންކަން ފާހަގަކޮށް ސުޕުން ބުނީ، މެޗު ފެށައިގެން ފުރަތަމަ ކޮޅު ދަށްކޮށް ދިޔައީ ކަމަށެވެ.

ސުޕުން ބުނީ ޓީމުގެ އެންމެ މުހިންމު ހައެއްކަ ކުޅުންތެރިން ތިބީ ހުން ވެސް އައިސްފަކަމަށެވެ. ނަމަވެސް ބަލިވުމުން އެއީ އުޒުރެއްގެ ގޮތުގައި ދައްކަން ބޭނުންނުވާ ކަމަށެވެ. އޭނާ ބުނީ ޕާސް ދިނުމާ ހަަމައިން ގޮސް، ޑިފެންސް ކުރުމުގައި ވެސް ޓީމަށް މައްސަލަތަކަކާ ކުރިމަތިވި ކަމަށެވެ.

ރާއްޖޭގެ ފަހު މެޗުގައި ބުރާސްފަތި ދުވަހުގެ ރޭ ބޫޓާނާ ދެކޮޅަށް ނިކުންނައިރު، އެއީ ޤައުމީ ޓީމަށް ސުޕުން އިރުޝާދު ދޭނެ އެންމެ ފަހު މެޗެވެ. އޭނާ ބުނީ މިހާރު ދެން ބޭނުންވަނީ ޓީމު ދޫކޮށްލަން ކަަމަށާއި، ފެންވަރު ރަނގަޅު އެހެން ކޯޗަކާއެކު ރާއްޖެއަށް ބާސްކެޓުގެ މުސްތަގުބަލެއް އޮތް ކަމަށެވެ. ސުޕުން ބުނީ ކޯޗުކަން ދޫކޮށްލި ނަމަވެސް، ރާއްޖޭގެ ބާސްކެޓަށް އޭނާ ޚިދުމަށް ކުރާނެކަމަށެވެ.

ސާބާ ޗެމްޕިއަންޝިޕްމޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގައުމީ ބާސްކެޓްބޯޅަ ޓީމު

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

01 މާރިޗު 2025

ރިހި މެޑަލް ހޯދި ބާސްކެޓު ޓީމަށް ހޫނު މަރުޙަބާއެއް

01 މާރިޗު 2025
ރިހި މެޑަލް ހޯދި ބާސްކެޓު ޓީމަށް ހޫނު މަރުޙަބާއެއް
23 އޮކްޓޯބަރު 2024

އެމްބީއޭގެ ޚާއްސަ އާންމު ޖަލްސާ ބާއްވައި، ހިންގާ ޤަވާއިދަށް ގެނައި ބަދަލުތައް ފާސްކޮށްފި

23 އޮކްޓޯބަރު 2024
އެމްބީއޭގެ ޚާއްސަ އާންމު ޖަލްސާ ބާއްވައި، ހިންގާ ޤަވާއިދަށް ގެނައި ބަދަލުތައް ފާސްކޮށްފި
02 އޮކްޓޯބަރު 2024

20 އަހަރަށް ފަހު ރިޝްމާ ބާސްކެޓު ކުޅުން ހުއްޓާލައިފި

02 އޮކްޓޯބަރު 2024
20 އަހަރަށް ފަހު ރިޝްމާ ބާސްކެޓު ކުޅުން ހުއްޓާލައިފި
30 އޯގަސްޓު 2023

ޅަ ކުޅުންތެރިންނަށް ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ކުރި އިތުބާރުގެ އަގު މެޑައްޔަކުން!

30 އޯގަސްޓު 2023
ޅަ ކުޅުންތެރިންނަށް ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ކުރި އިތުބާރުގެ އަގު މެޑައްޔަކުން!
29 އޯގަސްޓު 2023

އައިއޯއައިޖީ: ބޮޑުތަފާތަކުން ސީޝެލްސް ބަލިކޮށް، އަަންހެން ބާސްކެޓްބޯޅަ ޓީމު ސެމީ އަށް

29 އޯގަސްޓު 2023
އައިއޯއައިޖީ: ބޮޑުތަފާތަކުން ސީޝެލްސް ބަލިކޮށް، އަަންހެން ބާސްކެޓްބޯޅަ ޓީމު ސެމީ އަށް
28 އޯގަސްޓު 2023

އައިއޯއައިޖީ: ފުރަތަމަ ފަހަރަށް ލޯ މެޑަލް ހޯދައި، ބާސްކެޓްބޯޅަ ތުރީ އޮން ތުރީ ދެ ޓީމުވެސް ތާރީޚުގެ ތެރެއަށް

28 އޯގަސްޓު 2023
އައިއޯއައިޖީ: ފުރަތަމަ ފަހަރަށް ލޯ މެޑަލް ހޯދައި، ބާސްކެޓްބޯޅަ ތުރީ އޮން ތުރީ ދެ ޓީމުވެސް ތާރީޚުގެ ތެރެއަށް
14 ޖެނުއަރީ 2023

ރާއްޖޭގެ ބާސްކެޓަށް ފަހިމަގެއް، ސާބާގެ ރައީސަކަށް އެޑަމް!

14 ޖެނުއަރީ 2023
ރާއްޖޭގެ ބާސްކެޓަށް ފަހިމަގެއް، ސާބާގެ ރައީސަކަށް އެޑަމް!
20 ޑިސެމްބަރު 2022

ޖޫނިއާ ބާސްކެޓު ޗެމްޕިއަންޝިޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

20 ޑިސެމްބަރު 2022
ޖޫނިއާ ބާސްކެޓު ޗެމްޕިއަންޝިޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
16 ޑިސެމްބަރު 2022

ޒާހިރު ނަސީރު މެމޯރިއަލް ޗެމްޕިއަންޝިޕް: ޓީރެކްސް އާއި ކުއީންސްއަށް ޗެމްޕިއަންކަން

16 ޑިސެމްބަރު 2022
ޒާހިރު ނަސީރު މެމޯރިއަލް ޗެމްޕިއަންޝިޕް: ޓީރެކްސް އާއި ކުއީންސްއަށް ޗެމްޕިއަންކަން
09 ނޮވެމްބަރު 2022

ޓީރެކްސްއާއި ކިންގްސް ދެ މެޗުންވެސް މޮޅުވެ ގްރޫޕްގެ އެއްވަނަ އަށް

09 ނޮވެމްބަރު 2022
ޓީރެކްސްއާއި ކިންގްސް ދެ މެޗުންވެސް މޮޅުވެ ގްރޫޕްގެ އެއްވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް