Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޤައުމީ ބާސްކެޓު ޓީމު

20 އަހަރަށް ފަހު ރިޝްމާ ބާސްކެޓު ކުޅުން ހުއްޓާލައިފި

ރިޝްމާ ވަނީ އެންމެ މޮޅު އަންހެން ބާސްކެޓު ކުޅުންތެރިޔާ އަށް ދެމުން އަންނަ އެވޯޑު ވެސް ގިނަ ފަހަރެއްގެ މަތިން ހޯދައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2024 | ބުދަ 04:35
އަންހެން ބާސްކެޓު ކުޅުންތެރިޔާ ފާތިމަތު ރިޝްމާ (ރިޝްޓޯ)

އަންހެން ބާސްކެޓު ކުޅުންތެރިޔާ ފާތިމަތު ރިޝްމާ (ރިޝްޓޯ)

ގިނަ އަހަރުތަކެއް ވަންދެން ބާސްކެޓު ބޯޅަ ކުޅުމަށްފަހު، އަންހެން ބާސްކެޓު ކުޅުންތެރިޔާ ފާތިމަތު ރިޝްމާ (ރިޝްޓޯ) ބާސްކެޓު ކުޅުން ހުއްޓާލަން ނިންމައިފި އެވެ.

ޤައުމީ ކެރިއަރުގައި ވެސް، އަދި ކުލަބު ކެރިއަރުގައި ވެސް މޮޅު ކުޅުމެއް ދައްކާފައިވާ ރިޝްމާ ވަނީ ގާތް ގަނޑަކަށް 20 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ބާސްކެޓު ކުޅެފަ އެވެ. ރިޝްމާ ވަނީ އެންމެ މޮޅު އަންހެން ބާސްކެޓު ކުޅުންތެރިޔާ އަށް ދެމުން އަންނަ އެވޯޑު ވެސް ގިނަ ފަހަރެއްގެ މަތިން ހޯދައިފަ އެވެ.

އެގޮތުން 2022 ވަނަ އަހަރު ސަރުކާރުން ދޭން ފެށި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު އަންހެން ބާސްކެޓު ކުޅުންތެރިޔަކަށް ހޮވުނީ ރިޝްމާ އެވެ. މީގެ އިތުރުން މިއަހަރުގެ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު އަންހެން ބާސްކެޓު ކުޅުންތެރިޔާގެ މަޤާމަށް ވެސް ރިޝްމާ ވަނީ ނޮމިނޭޓުވެފަ އެވެ. ރާއްޖޭގައި ކުރިއަށް ދިޔަ ސާބާ އަންހެން ބާސްކެޓު ބޯޅަ މުބާރާތުގައި ވެސް ރިޝްމާ ވަނީ ޤައުމީ އަންހެން ޓީމާ އެކު ވާދަކޮށްފަ އެވެ. އެ މުބާރާތުގައި ރާއްޖެ އިން ރިހި މެޑަލް ހޯދިއިރު، ރިޝްމާ ވަނީ ރަނގަޅު ކުޅުމެއް ވެސް ދައްކައިފަ އެވެ.

ބާާސްކެޓު ކުޅުން ހުއްޓާލަން ރިޝްމާ ނިންމާފައިވާކަން އިއުލާން ކުރީ ރާއްޖޭގައި ކުރިއަށް ދިޔަ ސުޕަ ކަޕްގެ ފައިނަލް މެޗަށްފަހު އެވެ. އެ މުބާރާތުގައި ފައިނަލްގައި ރާއްޖޭގެ ކުއީންސް ބާސްކެޓު ބޯޅަ ކުލަބު ކުޅުނުއިރު، ރިޝްމާ ވެސް ވަނީ ކުޅެފަ އެވެ. އެ މުބާރާތުގެ ފައިނަލްގައި ކުއީންސް ބާސްކެޓު ބޯޅަ ކުލަބު ވަނީ ސްރީ ލަންކާގެ އީގަލްސްއާ ވާދަކޮށް ބަލިވެފަ އެވެ. އެ މެޗަށްފަހު ރިޝްމާ ވަނީ ކުޅުން ހުއްޓާލަން ނިންމާފައިވާކަން ރަސްމީކޮށް އިއުލާން ކޮށްފަ އެވެ.

ރިޝްމާ ވަނީ އޭނާގެ ދިގު ކެރިއަރުގައި އެހީތެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާ ކޮށްފަ އެވެ. އެގޮތުން ރިޝްމާގެ މަންމަގެ ނަން އޭނާ ވަނީ ވަކިން ޚާއްސަ ގޮތެއްގައި ފާހަގަ ވެސް ކޮށްފަ އެވެ.

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގައުމީ ބާސްކެޓްބޯޅަ ޓީމުފާތިމަތު ރިޝްމާ (ރިޝްޓޯ)

ކޮމެންޓް

އިތުރަށް ކިޔާލަން

ރިހި މެޑަލް ހޯދި ބާސްކެޓު ޓީމަށް ހޫނު މަރުޙަބާއެއް

ރިހި މެޑަލް ހޯދި ބާސްކެޓު ޓީމަށް ހޫނު މަރުޙަބާއެއް

01 މާރިޗު 2025
އެމްބީއޭގެ ޚާއްސަ އާންމު ޖަލްސާ ބާއްވައި، ހިންގާ ޤަވާއިދަށް ގެނައި ބަދަލުތައް ފާސްކޮށްފި

އެމްބީއޭގެ ޚާއްސަ އާންމު ޖަލްސާ ބާއްވައި، ހިންގާ ޤަވާއިދަށް ގެނައި ބަދަލުތައް ފާސްކޮށްފި

23 އޮކްޓޯބަރު 2024
ޅަ ކުޅުންތެރިންނަށް ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ކުރި އިތުބާރުގެ އަގު މެޑައްޔަކުން!

ޅަ ކުޅުންތެރިންނަށް ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ކުރި އިތުބާރުގެ އަގު މެޑައްޔަކުން!

30 އޯގަސްޓު 2023
އައިއޯއައިޖީ: ބޮޑުތަފާތަކުން ސީޝެލްސް ބަލިކޮށް، އަަންހެން ބާސްކެޓްބޯޅަ ޓީމު ސެމީ އަށް

އައިއޯއައިޖީ: ބޮޑުތަފާތަކުން ސީޝެލްސް ބަލިކޮށް، އަަންހެން ބާސްކެޓްބޯޅަ ޓީމު ސެމީ އަށް

29 އޯގަސްޓު 2023
އައިއޯއައިޖީ: ފުރަތަމަ ފަހަރަށް ލޯ މެޑަލް ހޯދައި، ބާސްކެޓްބޯޅަ ތުރީ އޮން ތުރީ ދެ ޓީމުވެސް ތާރީޚުގެ ތެރެއަށް

އައިއޯއައިޖީ: ފުރަތަމަ ފަހަރަށް ލޯ މެޑަލް ހޯދައި، ބާސްކެޓްބޯޅަ ތުރީ އޮން ތުރީ ދެ ޓީމުވެސް ތާރީޚުގެ ތެރެއަށް

28 އޯގަސްޓު 2023

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު