Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އައިއޯއައިޖީ

ޅަ ކުޅުންތެރިންނަށް ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ކުރި އިތުބާރުގެ އަގު މެޑައްޔަކުން!

ޓީމް ކުޅުންތެރިންގެ އުމުރަކީ 14-21 އާ ދެމެދު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 30 އޯގަސްޓު 2023 | ބުދަ 08:42
ލޯ މެޑަލް ހޯދި ރާއްޖޭގެ ތްރީ އޮން ތްރީ ބާސްކެޓް ޓީމް: ފޮޓޯ-މުޙައްމަދު ޝާބިން/އެމްއޯސީ

ލޯ މެޑަލް ހޯދި ރާއްޖޭގެ ތްރީ އޮން ތްރީ ބާސްކެޓް ޓީމް: ފޮޓޯ-މުޙައްމަދު ޝާބިން/އެމްއޯސީ

މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްއަށް އައިއިރުވެސް ބާސްކެޓްބޯޅަ އެސޯސިއޭޝަނަށް އެނގިފައި އޮތީ ފައިވް އޮން ފައިވް ޓީމްގައި ހިމެނޭ އެއްވެސް ކުޅުންތެރިއަކަށް ތްރީ އޮން ތްރީ މުބާރާތުގައި ނުކުޅެވޭނެކަމެވެ. މުބާރާތުގެ ގަވާއިދުވެސް އެގޮތަށް މާކުރިން އެކުލަވާލާފައި އޮތުމުން ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ތައްޔާރުވީވެސް އެވިސްނުމުގައެވެ. ޕްރެކްޓިސްތައް ކުރިއަށް ގެންދިޔައީވެސް ތަމްރީނު ކޭމްޕްތަކަށް ފޮނުވީވެސް ރާއްޖޭގެ ސީނިއަރ ކުޅުންތެރިން 5 އޮން 5 އަށް ދޫކޮށްލުމަށްފަހު ތްރީ އޮން ތްރީއަށް އެހެން ޓީމެއް އެކުލަވާލައިގެންނެވެ.  

ނަތީޖާއަކީ ސީނިއަރ ކުޅުންތެރިން ދޫކޮށްލުމަށްފަހު ވަރަށް ޒުވާން ޅަ ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލެވޭ ތްރީ އޮން ތްރީ ޓީމެއް އެކުލަވާލަން ޖެހުމެވެ. ރާއްޖޭގެ ޓީމްގައި ހިމެނެނީ 18 އަހަރުން މަތީގެ އެއް ކުޅުންތެރިއަކާއި 18 އަހަރުން ދަށުގެ ތިން ކުޅުންތެރިންނެވެ. ޓީމްގައި ހިމެނޭ ކުޅުންތެރިންނަކީ 22 އަހަރުގެ އިފާ އާތިފްއާއި, 17 އަހަރުގެ ޒުހާ އަޝްރަފް އަލީ އާއި 16 އަހަރުގެ އީހައު ޝަމީމް އާއި 14 އަހަރުގެ ކައިލީން ޝިރުހާންއެވެ.

ޅަ ޓީމަކާއެކު ގޭމްސްއަށް އައި އިރު ބައެއް ޓީމްތަކުން ޚާއްޞަކޮށް މުބާރާތް އޮންނަ މަޑަގަސްކަރައިން ތައްޔާރުވެފައިވަނީ 5 އޮން 5 ޓީމްގައި ހިމެނޭ އެންމެ ތަޖުރިބާކާރު މޮޅު ކުޅުންތެރިންގެ ހިމެނޭ ތްރީ އޮން ތްރީ ޓީމެއް އެކުލަވާލައިގެންނެވެ. އެކަމާ ރާއްޖެއިން ދެކޮޅު ހެދިއެވެ. އެހެން ގައުމުތަކުން ރާއްޖެއަށް ތާއީދުވެސް ކުރިއެވެ. އެކަމުގައި ގޮތެއް ނިންމުމަށް ޓެކްނިކަލް ލެވެލްގައި މަޝްވަރާތައްވެސް ކުރިއެވެ. އެކަމަކު ނިންމުން އައީ ރާއްޖެއިން އެންމެ ބޭނުންވި ގޮތަކަށް ނޫނެވެ. އެންމެ ފަހުގެ ނިންމުމަކަށް ވީ ކޮންމެ ގައުމަކަށްވެސް 5 އޮން 5 ޓީމްގެ ކުޅުންތެރިންނަށް ތްރީ އޮން ތްރީ ޓީމްގައި ކުޅުމުގެ ފުރުޞަތު ދޭށެވެ. އެކަމަކު އެފުރުޞަތުގެ ބޭނުން ހިފާކަށް ރާއްޖެއިން ބޭނުމެއް ނުވިއެވެ.

ރާއްޖޭގެ ޒުވާން ކުޅުންތެރިން ސެމީ ފައިނަލްގައި ބަލީވީވެސް އެފަދަ ކުޅުންތެރިންނާ ވާދަކޮށެވެ. ރީޔޫނިއަންގެ އެންމެ މޮޅު ކުޅުންތެރިންނާ ވާދަކޮށް ބަލިވީ 18-6 ނެވެ. އެކަމަކު މަޔޯޓް ބަލިކޮށް ތިންވަނަ ހޯދާ, ތްރީ އޮން ތްރީގައި ވާދަކުރި ފުރަތަމަ ފަހަރު މެޑަލް ހޯދިއެވެ. މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމުން ދެފަހަރު މަޔޯޓް ބަލިކުރިއެވެ. މީގެއިތުރުން 14-7 ން ސީޝެލްސްވެސް ބަލިކުރިއެވެ.

މިކާމިޔާބީގެ އުފާ މުޅި ބާސްކެޓްބޯޅަ އާއިލާއިން ވަރަށް ބޮޑަށް ފާޅުކުރިއެވެ. ރާއްޖޭގެ އެންމެ ސީނިއަރ އަންހެން ކުޅުންތެރިން މެޗުތައް ބަލާ ހިތްވަރުދޭން ތިއްބެވެ. ރާއްޖޭގެ ތަޖުރިބާކާރު ފިރިހެން ކުޅުންތެރިންގެ ސަޕޯޓާއި ހިތްވަރު ޅަ ކުޅުންތެރިންނަށް ލިބުނެވެ. ޖުމްލަކޮށް ކުޅިވަރު އާއިލާގެ ސަޕޯރޓް ލިބުނެވެ.

ކުޅުންތެރިންގެ އުމުރު ހަގަސް އެކުޅުންތެރިން ގޭމްސްއަށް އައީ ބޮޑު އަޒުމެއް ކަނޑައަޅައިގެންނެވެ. ފުރަތަމަ ދުވަހުވެސް އަމާޒަކަށް އަޒުމަކަށް ހެދީ މެޑެއްޔެއް ހޯދުމެވެ. އެކަން އެ ކުޅުންތެރިން ހާސިލްކޮށް ރާއްޖޭގެ ތްރީ އޮން ތްރީ ބާސްކެޓަސް ވަރަށް ބޮޑު އުއްމީދެއް ހޯދައިދީފިއެވެ.

މިކާމިޔާބީން ދައްކުވައިދިނީ ރާއްޖޭގެ ބާސްކެޓްބޯޅައިގައި ތްރީ އޮން ތްރީގެ މުސްތަގްބަލެވެ. ދުރު މުސްތަގްބަލަކަށް ކާމިޔާބީގެ ސިލްސިލާ ދެމިގެންދާނެކަމުގެ ނިޝާންތަކާއި އުއްމީދެވެ. މި މެޑަލް އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ޚާއްޞައެވެ.

ރާއްޖޭގެ ޒުވާން އަންހެން ޓީމް ލޯ މެޑަލް ހޯދުން ވެގެން ދިޔައީ ޖެހިގެން އޮތް މެޗުން މޮޅުވެ ހަމަ އެމެޑަލް ހޯދަން ރާއްޖޭގެ ފިރިހެން ޓީމަށް މަޖުބޫރުކުރިވި ސަބަބަކަށެވެ. ފިރިހެން ޓީމްގައި ތިބީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިންނެވެ. އަންހެން ޓީމުގެ ހިތްވަރުން ހިތްވަރު ހޯދައިގެން ނިކުމެ ފިރިހެން ޓީމުންވެސް ލޯ މެޑަލް ހޯދާ މިކުޅުންރަށް އިތުރު މަސައްކަތްތައް ކުރަން ޖެހޭކަން ސާބިތުކޮސްދިނެވެ. މިއީ އަނެއްކާވެސް ރާއްޖޭގެ ކުޅިވަރުގެ ތާރީޚީ ކާމިޔާބީއެއްގެ ފެށުމެކެވެ.

އައިއޯއައިޖީ 2023މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ކުޅިވަރު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

08 ސެޕްޓެމްބަރު 2025
އެމްބީއޭގެ ޚާއްސަ އާންމު ޖަލްސާ ބާއްވައި، ހިންގާ ޤަވާއިދަށް ގެނައި ބަދަލުތައް ފާސްކޮށްފި

އެމްބީއޭގެ ޚާއްސަ އާންމު ޖަލްސާ ބާއްވައި، ހިންގާ ޤަވާއިދަށް ގެނައި ބަދަލުތައް ފާސްކޮށްފި

23 އޮކްޓޯބަރު 2024
20 އަހަރަށް ފަހު ރިޝްމާ ބާސްކެޓު ކުޅުން ހުއްޓާލައިފި

20 އަހަރަށް ފަހު ރިޝްމާ ބާސްކެޓު ކުޅުން ހުއްޓާލައިފި

02 އޮކްޓޯބަރު 2024
ޕެރިސް އޮލިމްޕިކްސް އަކީ ކޮބާ؟

ޕެރިސް އޮލިމްޕިކްސް އަކީ ކޮބާ؟

25 ޖުލައި 2024

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު