Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހިޒްބުﷲ-އިޒްރޭލް ހަނގުރާމަ

އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ ގެކޮޅަށް ޑްރޯން ހަމަލާއެއް ދީފި: ނަތަންޔާހޫގެ ތަރުޖަމާނު

މި ހަމަލާއާ ގުޅިގެން ހިޒްބުﷲ އިން ވެސް އަދި އެހެން ޖަމާއަތަކުންވެސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2024 | ހޮނިހިރު 12:06
 ބޮޑުވަޒީރު ނަތަންޔާހޫގެ ގެކޮޅަށް ޑްރޯން ހަމަލާއެއް އަމާޒުކުރެވުނު ކަމަށް ރިޕޯޓުކުރެވުމާ ގުޅިގެން، ސިސޭރިޔާގައި ހުންނަ ބޮޑުވަޒީރުގެ ގެކޮޅާ ދިމާލަށް ދާ މަގުމަތީގައި އިޒްރޭލު ސިފައިން ހަރަކާތްތެރިވަނީ

ބޮޑުވަޒީރު ނަތަންޔާހޫގެ ގެކޮޅަށް ޑްރޯން ހަމަލާއެއް އަމާޒުކުރެވުނު ކަމަށް ރިޕޯޓުކުރެވުމާ ގުޅިގެން، ސިސޭރިޔާގައި ހުންނަ ބޮޑުވަޒީރުގެ ގެކޮޅާ ދިމާލަށް ދާ މަގުމަތީގައި އިޒްރޭލު ސިފައިން ހަރަކާތްތެރިވަނީ

އިޒްރޭލުގެ އުތުރުގައި އޮންނަ ސެސަރިޔާގައި ހުންނަ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޗުއްޓީ ހޭދަކުރައްވާ ގެކޮޅަށް ޑްރޯން ހަމަލާއެއް އަމާޒުވެއްޖެ ކަމަށް ނަތަންޔާހޫގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.

ނަތަންޔާހޫގެ ތަރުޖަމާނު ވިދާޅުވީ، ހޮނިހިރު ދުވަހު ލުބުނާނުން ދޫކޮށްލި ތިން ޑްރޯނުގެ ތެރެއިން އެއް ޑްރޯން ސެސަރިޔާގައި ހުންނަ ބޮޑުވަޒީރު ނަތަންޔާހޫގެ ގެކޮޅަށް އަމާޒުވެފައިވާ ކަމަށާއި، ނަމަވެސް، އެ ވަގުތު ގެކޮޅުގައި ބޮޑުވަޒީރުގެ އިތުރުން އާއިލާގެ އެއްވެސް ބޭފުޅަކު ނުހުންނަވާ ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވިއެވެ.

ހަމަލާއާ ގުޅިގެން ނަތަންޔާހޫގެ ގެކޮޅު ހުންނަ ސަރަހައްދުގައި ސެކިއުރިޓީ ވަރުގަދަކޮށް އިޒްރޭލުގެ ފުލުހުންނާއި އަސްކަރިއްޔާއިން ހަރަކާތްތެރިވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަމަލާއާ ގުޅިގެން އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނެފައިވަނީ އިތުރު ދެ ޑްރޯން ހަމަލާއެއްވެސް ހުއްޓުވާފައިވާ ކަމަށާއި، ލުބުނާނުން އިޒްރޭލުގެ އުތުރު ސަރަޙައްދުތަކަށް އަމާޒުކޮށް 100ށް ވުރެ ގިނަ ރޮކޮޓު ހަމަލާތައް ދީފައިވާ ކަމަށާއި، މި ހަމަލާތަކުގައި މަދުވެގެން 13 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

މި ހަމަލާއާ ގުޅިގެން ހިޒްބުﷲ އިން ވެސް އަދި އެހެން އަސްކަރީ ޖަމާއަތަކުންވެސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

އިޒްރޭލުގެ އޮފިޝަލުންނާއި އިދާރާތަކުން މި ހަމަލާ ދެކެނީ ބޮޑުވަޒީރު ނަތަންޔާހޫގެ ފުރާނައަށް އަމާޒުކޮށްގެން ދެވުނު ހަމަލާއެއްގެ ގޮތުގައި ކަމަށް އަލް ޖަޒީރާ އިން ރިޕޯޓްކޮށްފައިވެއެވެ.

އަލް ޖަޒީރާގެ ނޫސްވެރިޔާ ނޫރު ޢޯދާ ވިދާޅުވި ގޮތުގައި، ލުބުނާނުގެ ސަރަޙައްދީ ބޯޑަރުން 70 ކިލޯމީޓަރު ދުރުގައި ހުރި ތަނަކަށް އަމާޒުކޮށް ޑްރޯން އެއް ފޮނުވާ، އިތުރު އެއްވެސް އިންޒާރެއް ނުލިބި، އަމާޒުކުރެވުނު ތަނަށް ހަމަލާ ދެވުމުން އިޒްރޭލުގެ ސަލާމަތީ ބާރުތަކުގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އުފެދިފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ގެކޮޅަށް ހަމަލާ ދިނުމަށްޓަކައި، ގިނަ އަދަދެއްގެ ރޮކެޓު ލުބުނާނުން ފޮނުވާފައިވާ ކަމަށާއި، މިއީ އިޒްރޭލު އަސްކަރިއްޔާގެ ސަމާލުކަން އެހެން ތަނަކަށް އަނބުރާލުމަށްޓަކާ ކުރިމަކެވެ. އަދި މި ހަމަލާތަކާ ގުޅިގެން، ގަލީލީ އަދި ހައިފާ ފަދަ ބޮޑެތި ސަރަހައްދުތައް ވެސް ހިމެނޭ ގޮތަށް އިޒްރޭލުގެ އުތުރު ސަރަޙައްދުގެ އެކި ހިސާބުތަކުގައި، ސަލާމަތީ ސައިރަންތައް އަޅަމުންދާ ކަމަށް އޭނާ ފާހަގަކުރައްވާފައިވެއެވެ.

ނަތަންޔާހޫގެ ގެކޮޅަށް މި ހަމަލާ އަމާޒުވެފައި މިވަނީ ބުރާސްފަތި ދުވަހު އިޒްރޭލުން ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު މަރާލާފައިވަނިކޮށެވެ. އަދި އިޒްރޭލުން ލުބުނާނުގެ އެތަންމިތަނަށް ބޮން އަޅާ، މެދުއިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށެވެ.

ލުބުނާނުގެ ޞިއްޙީ ވުޒާރާއިން ބުނާގޮތުގައި އިޒްރޭލުން ލުބުނާނަށް ހަމަލާދޭން ފެށިފަހުން ގާތްގަނޑަކަށް 2,350ށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ހަމައެއާއެކު، ސެޕްޓެމްބަރު މަހުގެ މެދުތެރެއިން ފެށިގެން މުޅި ޤައުމުގައި މަދުވެގެން 1,740 މީހުން މަރުވެފައިވާ ކަމަށާއި، ލުބުނާނުގެ ދެކުނާއި އިރުމަތީ ސަރަޙައްދުތަކުގައި އެއް މިލިއަނަށްވުރެ ގިނަ މީހުން އެމީހުންގެ ގެދޮރު ދޫކޮށް ފިލަން މަޖުބޫރުވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟

ދައުރުގެ ބޮޑު ބައެއް އޮއްވާ އަވަސް އިންތިޚާބަކަށް ބޮޑުވަޒީރު މޭ ބޭނުންފުޅުވީ ކީއްވެ؟

20 އެޕްރީލު 2017
ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

ބޮޑުވަޒީރުގެ ކަރަޕްޝަންގެ މައްސަލައިގައި ސްޕްރީމް ކޯޓުން ނިންމާނެ ގޮތެއްގެ އިންތިޒާރުގައި މުޅި ޕާކިސްތާން

19 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި

އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި

19 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު