Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިއޮނާޑޯ ބޮނޫޗީ

ސިޓީ އާއި ޕީއެސްޖީ އަށް ބަދަލުވާން ފުރުސަތު ލިބުނު: ބޮނޫޗީ

އެ ދެ ކުލަބުން ވަނީ ފައިނޭންޝިއަލް ޕްރޮޕޯސަލް ވެސް އޭރު ފޮނުވާފައި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އޭނާ ބޭނުންވީ އިޓަލީގައި މަޑު ކުރަން ކަމަށާއި، އެހެންވެ އޭސީ މިލާނަށް ބަދަލުވާން ނިންމީ ކަމަށް ވެސް ބޮނޫޗީ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 އޮކްޓޯބަރު 2024 | އަންގާރަ 04:45
ލިއޮނާޑޯ ބޮނޫޗީ

ލިއޮނާޑޯ ބޮނޫޗީ

މެންޗެސްޓަރ ސިޓީ އާއި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ބަދަލުވާން ފުރުސަތު ލިބުނު ކަމަށް، އިޓަލީގެ ލެޖެންޑް ލިއޮނާޑޯ ބޮނޫޗީ ބުނެފި އެވެ.

އޭނާ މިހެން ބުނީ ސްކައި ނޫހާ ވާހަކަ ދައްކަމުންނެވެ. އެގޮތުން ބޮނޫޗީ ބުނީ ޔުވެންޓަސް ދޫކޮށްލަން 2017 ވަނަ އަހަރު އޭނާ ނިންމުމާއެކު، ސިޓީ އާއި ޕީއެސްޖީން ހުށަހެޅުން ލިބުނު ކަމަށެވެ. އެގޮތުން އެ ދެ ކުލަބުން ވަނީ ފައިނޭންޝިއަލް ޕްރޮޕޯސަލް ވެސް އޭރު ފޮނުވާފައި ކަމަށް އޭނާ ބުންޏެވެ. އެހެން ނަމަވެސް އޭނާ ބޭނުންވީ އިޓަލީގައި މަޑު ކުރަން ކަމަށާއި، އެހެންވެ އޭސީ މިލާނަށް ބަދަލުވާން ނިންމީ ކަމަށް ވެސް ބޮނޫޗީ ބުންޏެވެ.

މީގެ އިތުރުން ބޮނޫޗީ ބުނީ އޭނާ ގެންދިޔުމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށެވެ. ޚާއްސަކޮށް 2016 ވަނަ އަހަރުގެ ތެރޭގައި އެ މަސައްކަތް ގާޑިއޯލާ ކުރި ކަމަށާއި، އެހެން ނަމަވެސް އެކަމާ ބޮނޫޗީ ދެކޮޅު ހެދީ ކަމުގައި ވެސް އޭނާ ވަނީ ބުނެފަ އެވެ،

2017 ވަނަ އަހަރު ޔުވެންޓަސް ދޫކޮށްލުމަށްފަހު ބޮނޫޗީ ބަދަލުވީ އޭސީ މިލާނަށެވެ. އެ ކުލަބުގައި އެއް އަހަރު ހުރުމަށްފަހު، 2018 ވަނަ އަހަރު އަނެއްކާ ވެސް ބޮނޫޗީ ވަނީ ޔުވެންޓަސް އަށް ބަދަލުވެފަ އެވެ. އޭގެ ފަހުން 2023 ވަނަ އަހަރު އޭނާ ވަނީ ޔުވެންޓަސް ދޫކޮށްލުމަށްފަހު ޔޫނިއަން ބާލިން އަށް ބަދަލުވެފަ އެވެ. އަދި މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ވަނީ ފެނާބަޗޭ އަށް ބަދަލުވެފަ އެވެ. އެ ކުލަބުގައި ހުރުމަށްފަހު މިއަހަރުގެ މެއި މަހުގެ ތެރޭގައި ބޮނޫޗީ ވަނީ ޕްރޮފެޝަނަލް ފުޓުބޯޅަ އިން ރިޓަޔާވާން ނިންމައިފަ އެވެ.

އުމުރުން މިހާރު 37 އަހަރުވެފައިވާ ބޮނޫޗީ ވަނީ ގިނަ އަހަރުތަކެއް ވަންދެން އިޓަލީ ޤައުމީ ޓީމަށް ވެސް ކުޅެފަ އެވެ. ޤައުމީ ޓީމާ އެކު ހޭދަކޮށްފައިވާ 14 އަހަރުގެ ތެރޭގައި ބޮނޫޗީ ވަނީ ޤައުމީ ޓީމަށް ކުޅެދިން 121 މެޗުގައި އަށް ލަނޑު ޖަހައިފަ އެވެ. އިޓަލީ އާއެކު އޭނާ ވަނީ 2020 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

މެންޗެސްޓަރ ސިޓީޕީއެސްޖީލިއޮނާޑޯ ބޮނޫޗީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
19 އޮކްޓޯބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ

19 އޮކްޓޯބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ
06 އޮކްޓޯބަރު 2025

ހާލަންޑުގެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ

06 އޮކްޓޯބަރު 2025
ހާލަންޑުގެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ
28 ސެޕްޓެމްބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ބާންލީ ބަލިކޮށްފި

28 ސެޕްޓެމްބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ބާންލީ ބަލިކޮށްފި
25 ސެޕްޓެމްބަރު 2025

ހަޑްސްފީލްޑް ޓައުން ބަލިކޮށް ސިޓީ ވެސް ގަދަ 16 އަށް

25 ސެޕްޓެމްބަރު 2025
ހަޑްސްފީލްޑް ޓައުން ބަލިކޮށް ސިޓީ ވެސް ގަދަ 16 އަށް
23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު