Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާ ހަނގުރާމަ އަށް އެއް އަހަރު: ޣައްޒާގެ 814 މިސްކިތައް އިޒްރޭލުން ބޮން އަޅައިފި

އިޒްރޭލުގެ ސިފައިން ވަނީ ޣައްޒާގެ 19 ގަބުރުސްތާނަށް ގެއްލުންދީ ހަލާކުކޮށް، މަރުވެފައިވާ މީހުންގެ ހަށިތައް ވަޅުން ނަގައި، އެ ގަބުރުތަކަށް ލާއިންސާނީ ޢަމަލުތައް ހިންގާފައިވޭ

ރާއްޖެ އެމްވީ | 7 އޮކްޓޯބަރު 2024 | ހޯމަ 02:54
ޣައްޒާގެ އަލް އަގްސާ މާޓިއާރޒް މިސްކިތައް އިޒްރޭލުން ބޮން އަޅާ ފުނޑުފުނޑު ކޮށްލާފައި

ޣައްޒާގެ އަލް އަގްސާ މާޓިއާރޒް މިސްކިތައް އިޒްރޭލުން ބޮން އަޅާ ފުނޑުފުނޑު ކޮށްލާފައި

ޣައްޒާއަށް ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލު ސިފައިން އަރާ ފެށި ހަނގުރާމައަށް އެއް އަހަރު ފުރުނު އިރު ޣައްޒާގެ 814 މިސްކިތައް އިޒްރޭލު ސިފައިން ބޮން އަޅައިފިއެވެ.

ޣައްޒާ ސްޓްރިޕްގެ އެންޑޯވްމަންޓްސް އަދި ދީނީ ކަންތައްތަކާބެހޭ މިނިސްޓްރީން މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލުން ބޮންއަޅާ 814 މިސްކިތް ފުނޑުކޮށްލާފައިވާ ކަމަށާއި، އަދި އިތުރު 148 މިސްކިތަށް ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށެވެ.

މީގެ އިތުރުން، އިޒްރޭލުގެ ސިފައިން ވަނީ ޣައްޒާގެ 19 ގަބުރުސްތާނަށް ގެއްލުންދީ ހަލާކުކޮށްލާފައިވާ ކަމަށް ދީނީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ އިޒްރޭލުގެ ސިފައިން ގަބުރުސްތާނުތަކަށް ވަދެ ގަބުރުތަކުގެ ހުރުމަތް ކަނޑާ، މަރުވެފައިވާ މީހުންގެ ހަށިތައް ވަޅުން ނަގައި، އެ ގަބުރުތަކަށް ލާއިންސާނީ ޢަމަލުތައް ހިންގާފައިވާ ކަމަށެވެ. މީގެ ތެރޭގައި މަރުވެފައިވާ މީހުންގެ ހަށިތަކުގެ ބައިތައް ވަގަށް ނެގުމާއި އެ ހަށިތަކަށް ގެއްލުން ދިނުން ހިމެނެއެވެ.

ޣައްޒާގެ ދީނީ ކަންތައްތަކާ ބެހޭ މިނިސްޓްރީން އިތުރަށް ބުނެފައިވަނީ އެ މިނިސްޓްރީގެ ދަށުގައިވާ 11 އިދާރީ އަދި ތަޢުލީމީ މަރުކަޒު ހަލާކުކޮށްލާފައިވާ ކަމަށެވެ. މިއީ ޣައްޒާގައި ހުރި މިފަދަ މަރުކަޒުތަކުގެ 79 އިންސައްތައެވެ. އަދި އެ ވުޒާރާގެ އެސެޓަށް އިޒްރޭލުން ދިން ގެއްލުމުގެ އަގު ގާތްގަނޑަކަށް 350 މިލިއަން ޑޮލަރަށް އަރާ ކަމަށް ވެސް ބުނެފައިވެއެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ އިޒްރޭލުގެ ސިފައިން ވަނީ އެ މިނިސްޓްރީގެ 238 މުވައްޒަފުން މަރާލާފައިވާ ކަމަށާއި، ޣައްޒާއަށް އެއްގަމުން ވަދެ ހިންގި ހަމަލާތަކުގައި 19 މުވައްޒަފުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންހަމާސް-އިސްރާއިލް ހަނގުރާމަ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
14 ނޮވެމްބަރު 2025

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި
07 ޖޫން 2025

ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

07 ޖޫން 2025
ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް
16 މެއި 2025

ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

16 މެއި 2025
ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި
15 މެއި 2025

ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

15 މެއި 2025
ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު