Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެފްއެސްއެމްގެ ގުދަނުން މަސްދަޅުތަކެއް ގެއްލުން

އެފްއެސްއެމްގެ ގުދަނުގައި ހުރި މަސްދަޅުތަކެއް ވަގަށް ނެގި މައްސަލަ އެއް ފެންމަތިވެއްޖެ

މި މައްސަލަ ފެންމަތިވެފައި ވަނީ މީގެ 4 ވަރަކަށް މަސްދުވަސް ކުރިން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 1 އޮކްޓޯބަރު 2024 | އަންގާރަ 08:02
ފިއުލްސަޕްލައި މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އިސްމާއިލް

ފިއުލްސަޕްލައި މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އިސްމާއިލް

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިންގ ޑިރެކްޓަރ (އެމްޑީ) އިސްމާއިލް ސުހައިލް އާއި ގާތް ގުޅުމެއް އޮންނަ ދެ މީހަކު އެ ކުންފުނީގެ ގުދަނުގައި ހުރި މަސްދަޅުތަކެއް ވަގަށް ނެގި މައްސަލަ އެއް ފެންމަތިވެއްޖެއެވެ.

ރާއްޖެ އެމްވީ އަށް އެނގިފައިވާ ގޮތުން މި މައްސަލަ ފެންމަތިވެފައި ވަނީ މީގެ 4 ވަރަކަށް މަސްދުވަސް ކުރިންނެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތުދެމުން، ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް، އެފްއެސްއެމްގެ ބައެއް މުވައްޒަފުން ކިޔައިދިން ގޮތުގައި މި ޢަމަލު ހިންގާފައިވާ ކަމަށް ތުހުމަތުކުރެވެނީ އެމްޑީ އާއި ގާތް ގުޅުމެއް އޮންނަ ދެ މީހަކަށެވެ. ރާއްޖެ އެމްވީ އަށް މައުލޫމާތުދެމުން އެ މީހުން ކިޔާ ދިން ގޮތުގައި ވަގަށް ނަގާފައި ވަނީ ބޯޓަށް އެރުވުމަށާއި ކުންފުނީގެ އެހެނިހެން ބޭނުންތަކަށް ގެނެސް، ގުދަންކޮށްފައިވާ މަސްދަޅުތަކެވެ. އަދި ދެ މުވައްޒަފަކު ވެގެން އެ މަސްދަޅުތައް ނަގާފައި ވަނީ އެމްޑީ އަންގައިގެން ކަމަށް ވެސް ރާއްޖެ އެމްވީ އަށް މައުލޫމާތު ދިން މުވައްޒަފަކު ވަނީ ބުނެފައެވެ. އެހެންނަމަވެސް ވަގަށް ނަގާފައި ވަނީ ކިތައް ކޭސް މަސްކަން ކަށަވަރުކުރެވިފައެއް ނުވެއެވެ.

ރާއްޖެ އެމްވީ އަށް އެނގިފައިވާ ގޮތުން މި މައްސަލަ ފެންމަތިވެފައި ވަނީ ކުންފުނީގެ އިންވެސްޓިގޭޝަން އޮފިސަރަކަށް ގުދަނުގައި ހުރި މަސްދަޅުތައް ނަގާފައިވާކަން އެނގުނު ހިސާބުންނެވެ. އަދި އެ އިންވެސްޓިގޭޝަން އޮފިސަރ އެ މައްސަލަ ބަލަން ފެށުމުން، އޭނާގެ މަޤާމު ދަށްކޮށް ސްޓޯ ކީޕަރެއްގެ މަޤާމަށް އޭނާ ބަދަލުކޮށްފައިވާ ކަމަށް ރާއްޖެ އެމްވީ އަށް ވަނީ އިތުބާރު ހުރި ގޮތަކަށް މައުލޫމާތު ލިބިފައެވެ. އެ އިންވެސްޓިގޭޝަން އޮފިސަރ، ސްޓޯ ކީޕަރަކަށް ބަދަލުކުރުމަށް ފަހު އޭނާގެ މައްޗަށް އެހެން މީހަކު ލާފައިވާކަން ވެސް ރާއްޖެ އެމްވީ އަށް ވަނީ އެނގިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިންވެސްޓިގޭޝަން އޮފިސަރެއްގެ މަޤާމުން ސްޓޯ ކީޕަރެއްގެ މަޤާމަށް ބަދަލު ކުރި ހިސާބުން އެ މުވައްޒަފު ވަނީ އަމިއްލަ އަށް ވަޒީފާ އިން ވަކިވެފައެވެ.

މި މައްސަލަ އާއި ގުޅޭ މައުލޫމާތު އެނގޭ މުވައްޒަފަކު ރާއްޖެ އެމްވީ އަށް ކިޔާ ދިން ގޮތުގައި މި މައްސަލަ ތަހުގީގުކުރަން ފެށި ހިސާބުން މައްސަލަ އާއި ގުޅުން ހުރި މުހިންމު ވީޑިއޯ ފުޓޭޖްތައް ވަނީ ގެއްލުވާލާފައެވެ. އަދި މި މައްސަލަ އޮއްބާލުމަށް ކުންފުނީގެ އެމްޑީ މަސައްކަތް ކޮށްފައިވާ ކަމަށާއި، މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ވަކީލެއްގެ ގޮތުގައި ހުންނާނެ ކަމަށް އެމްޑީ ވިދާޅުވެފައިވާ ކަމަށް ރާއްޖެ އެމްވީ އާއި ވާހަކަދެއްކި މުވައްޒަފުން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖެއެމްވީ އަށް ވަނީ މި މައްސަލަ ފެންމަތިވުމުން މައްސަލައިގެ ތަހުގީގުކުރިއަށް ދަނިކޮށް އެމްޑީ އެފްއެސްއެމްގެ ގްރޫޕަށް ކޮށްފައިވާ މެސެޖުގެ ސްކްރީންޝޮޓްތަކެއް ލިބިފައެވެ. އެ މެސެޖުގައި އޭނާ ވިދާޅުވެފައި ވަނީ "ސައީދު، އާޒިމް ގުޅިގެން ހިންގާ ޒާތީ ތައައްސަބުން ފުރިގެންވާ މަސްދަޅު ކޭހުގެ ބަޔާން ނެގުމުގެ އުފާވެރި ހަފްލާގައި އަޅުގަނޑު ބައިވެރިވާނެ" މިފަދައިންނެވެ. އަދި "ބިންދައިގެން ދާނީ ބަލި ތަނަކުން" ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅޭ ގޮތުން (އެފްއެސްއެމް)ގެ މެނޭޖިންގ ޑިރެކްޓަރ (އެމްޑީ) އިސްމާއިލް ސުހައިލްގެ ބަހެއް ހޯދުމަށް ރާއްޖެ އެމްވީން ގުޅުމުން އޭނާ ވަނީ މަސްދަޅުތަކެއް ގެއްލިފައި ނުވާ ކަމަށާއި އެ ތަކެތި ވީތަން އެނގިފައި ނުވަނީ އިދާރީ މައްސަލަ އަކުން ކަމަށެވެ. އެ އެއްޗެހި "މިސްޕްލޭސް"ވީ ކަމަށާއި އެއީ "އިންޓަރނަލް އެއަރ"އެއް ކަމަށް ސުހައިލް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ފަހުން އެތަކެތި ފެނިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ރާޢްޖެ އެމްވީ އަށްލިބިފައިވާ ސްކްރީންޝޮޓްތަކާއި ގުޅޭގޮތުން ސުވާލުކުރުމުން ސުހައިލް ވިދާޅުވީ އެ ވާހަޖަތައް ގްރޫޕްގައި ދެއްކެވީ މި މައްސަލައިގެ ތަހުގީގުގައި ބައިވެރިވާން ބޭނުންވާތީކަމަށެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުންގެ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ސުހައިލް ވަނީ މި މައްސަލަ ތަހުގީގުކުރަން ފެށި މުވައްޒަފު ބަދަލުކޮށްފައިވާ ކަމަށް ކުރާ ތުހުމަތުތަކަށް އިންކާރުކުރައްވާފައެވެ. އޭނާގެ މަޤާމު ބަދަލުކުރަން ހުށަހެޅީ އެހެން ކަންތައްތަކަކާއި ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާގެ މަޤާމް ބަދަލުކުރުމާއި އޭނާ އާއި ގުޅުމެއް ނެތް ކަމަށް ސުހައިލް ވިދާޅުވިއެވެ. ސުހައިލް ވަނީ މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން މަޤާމުން ދުރުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

މި މައްސަލައިގައި ސުހައިލް ދައްކަވާފައިވާ ވާހަކަތަކާއި އެފްއެސްއެމްގެ އެޗްއާރްގެ ފަރާތުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވި މުހައްމަދު ސައީދުގެ ބައެއް ވާހަކަތަކާއި ދިމާނުވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ސައީދު ވިދާޅުވީ އޭނާ ކުރިން ސައީދު ހަވާލުވެ ހުންނެވީ ލީގަލް އާއި އިންވެސްޓިގޭޝަނާއި ކަމަށެވެ. ފަހުން ސައީދުގެ ބެލުމުގެ ދަށަށް އެޑްމިން އާއި ގުދަން އައި ހިސާބުން މި މައްސަލައިގެ ތަހުގީގު ފެށި މުވައްޒަފުގެ ކިބައިން ގުދަން ބަލަހައްޓަން އައިސް ދިނުމަށް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާގެ މަޤާމު ބަދަލުކޮށްފައި ނުވާ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. ސައީދު އެފަދައިން ވިދާޅުވި ނަމަވެސް ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން ސުހައިލް ވިދާޅުވީ އޭނާގެ މަޤާމް ބަދަލުކޮށްފައި ވަނީ ގުދަނުން މަސްދަޅު ގެއްލުނު މައްސަލަ ތަހުގީގު ކުރާތީ ނޫން ކަަމަށާއި އޭނާގެ މަޤާމް ބަދަލުކުރީ އެހެނިހެން ކަންތަތަކަކާއި ގުޅިގެން ކަމަށެވެ.

ސައީދު ވިދާޅުވީ އެ މައްސަލައިގެ އަދިވެސް ތަހުގީގު ކުރިއަށް ދާ ކަމަށެވެ. ސައީދު މައުލޫމާތު ދެއްވި ގޮތުގައި އެ މައްސަލަ ތަހުގީގުކުރަން ފެށީ އޭނާ އަންގައިގެންނެވެ. ސައީދު ވަނީ މި މައްސަލައިގެ ތަހުގީގު ފެށި އިންވެސްޓިގޭޝަން އޮފިސަރ އެ މައްސަލައިން ދުރުކުރިކަން ރާއްޖެ އެމްވީ އަށް ޔަޤީންކޮށްދެއްވާފައެވެ. އެގޮތުން އިންވެސްޓިގޭޝަންގެ ދަށުން އެ މައްސަލަ ނަގާ، ކުންފުނީގެ އޮޑިޓް ކޮމިޓީ އާއި އެ މައްސަލަ ހަވާލުކުރި ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

އެ މައްސަލަ އިންވެސްޓިގޭޝަނުން ބަލަން ނުފެންނަ ކަަމަށް ނިންމި ސަބަބާއި މެދު ރާއްޖެ އެމްވީން ސުވާލުކުރުމުން އޭނާ ވިދާޅުވީ މައްސަލަ އިންވެސްޓިގޭޝަންގެ ދަށުން ނެގުމަށް ނިންމީ މައްސަލަ ބަލާ މުވައްޒަފާއި، މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނަކީ ވެސް އޭނާގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުން ކަމުގައި ވާތީ ކަމަށެވެ. މީގެ އިތުރުން މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން މަޤާމުން ދުރުކޮށްފައިވާ ކަމަށް ސުހައިލް ވިދާޅުވި ނަމަވެސް މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން އަދިވެސް ތިބީ މަޤާމުގައި ކަމަށާއި، އެއީ ސީނިއާ މުވައްޒަފުންތަކެއް ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

އެންމެ ފުރަތަަމަ ސައީދު އާއި ސުހައިލް ވެސް ވިދާޅުވީ މި މައްސަލަ ބަލަން ފެށި މުވައްޒަފުގެ މަޤާމް ދަށް ނުކުރާ ކަމަށެވެ. ނަމަވެސް ފަހުން ސުހައިލް ވަނީ އޭނަ އިންވެސްޓިގޭޝަންގައި ބެހެއްޓުމަށް ވުރެ އެހެން ޑިޕާޓްމެންޓަކަށް ބަދަލުކުރުމަށް އެކްސްކޯގައި މަަޝްވަރާކޮށް އެގޮތަށް ލަފާ ދީފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ސައީދުގެ ވާހަކައިގައި އެ މުވައްޒަފު ކެނޑުނީ ނޫން ކަމަށާއި އެ މުވައްޒަފުގެ ކޮންޓްރެކްޓް ކުންފުނިން އާ ނުކުރީ ކަމަށް ވިދާޅުވި ނަމަވެސް އެ މުވައްޒަފު ކެނޑުނީ އަމިއްލަ އަށް ކަމަށް ސުހައިލް ވަނީ ރާއްޖެ އެމްވީ އަށް މައުލޫމާތުދެމުން ފަހުން ވިދާޅުވެފައެވެ.

ރާއްޖެ އެމްވީ އަށް އެނގިފައިވާ ގޮތުގައި މަސްކޭސްތައް ގެއްލުނު މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނަކީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިންގ ޑިރެކްޓަރ (އެމްޑީ) އިސްމާއިލް ސުހައިލް އަޑީގައި ހުންނަވައިގެން އެކުންފުނީގެ ތެޔޮބޯޓުތަކުން ނުއަގުގައި ތެޔޮ ވިއްކަވައިގެން ކަރަޕްޝަން ހިންގަވާ ކަމުގެ ތުހުމަތު ކުރެވޭ މައްސަލައިގައި ވެސް ހިމެނޭ މީހުންނެވެ.

އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ، އިސްމާއިލް ސުހެއިލްސަރުކާރުގެ ޚިޔާނާތް

ކޮމެންޓް

އިތުރަށް ކިޔާލަން

ބިލާމެދު ނޫސްވެރިން ޖެހިލުންވާން ނުޖެހެންޏާ ނޫސްވެރިންދެކެ ސަރުކާރު ޖެހިލުންވަނީ ކީއްވެ؟!

ބިލާމެދު ނޫސްވެރިން ޖެހިލުންވާން ނުޖެހެންޏާ ނޫސްވެރިންދެކެ ސަރުކާރު ޖެހިލުންވަނީ ކީއްވެ؟!

14 ސެޕްޓެމްބަރު 2025
އުމުރާ އަށް ދާ މީހުންނަށް ދެގުނަ ބޮޑުކޮށް ހައްޖު ކޯޕަރޭޝަން ގެ ޑީއެމްޑީ ގެ ކުންފުނިން ވިސާ ނަގާ ކަމަށް ބުނެ މައްސަލަ އޭސީސީ އަށް

އުމުރާ އަށް ދާ މީހުންނަށް ދެގުނަ ބޮޑުކޮށް ހައްޖު ކޯޕަރޭޝަން ގެ ޑީއެމްޑީ ގެ ކުންފުނިން ވިސާ ނަގާ ކަމަށް ބުނެ މައްސަލަ އޭސީސީ އަށް

07 އޯގަސްޓު 2025
ދިރާސާ - މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ޚިޔާނާތް - ސަރުކާރުގެ ކުންފުންޏެއް ބޭނުން ކޮށްގެން މަނީ ލޯންޑަރ ކުރެވިދާނެ ގޮތުގެ ކްލެސިކް މިސާލެއް!

ދިރާސާ - މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ޚިޔާނާތް - ސަރުކާރުގެ ކުންފުންޏެއް ބޭނުން ކޮށްގެން މަނީ ލޯންޑަރ ކުރެވިދާނެ ގޮތުގެ ކްލެސިކް މިސާލެއް!

07 އޯގަސްޓު 2025
ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި

ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި

05 އޯގަސްޓު 2025
މެމްބަރު ޝުޖާއުގެ ޚިޔާނަތުގެ ރިޕޯޓު ލީކުވިތާ 24 ގަޑިއިރު ނުވަނީސް، "އެމްއެމްއޭ ހިންގުން ހަރުދަނާ ކުރަން" އެފްއައިޔޫގެ ވެރިޔާ ބަދަލު ކޮށްފި

މެމްބަރު ޝުޖާއުގެ ޚިޔާނަތުގެ ރިޕޯޓު ލީކުވިތާ 24 ގަޑިއިރު ނުވަނީސް، "އެމްއެމްއޭ ހިންގުން ހަރުދަނާ ކުރަން" އެފްއައިޔޫގެ ވެރިޔާ ބަދަލު ކޮށްފި

03 އޯގަސްޓު 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު