Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެމްއޭ

މެމްބަރު ޝުޖާއުގެ ޚިޔާނަތުގެ ރިޕޯޓު ލީކުވިތާ 24 ގަޑިއިރު ނުވަނީސް، "އެމްއެމްއޭ ހިންގުން ހަރުދަނާ ކުރަން" އެފްއައިޔޫގެ ވެރިޔާ ބަދަލު ކޮށްފި

އަޝްރަފް ބަދަލު ކޮށްފައި ވަނީ ހެޑް އޮފް ރިސްކް އެންޑް ކޮމްޕަޔަލަންސް އަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 އޯގަސްޓު 2025 | އާދީއްތަ 10:31
އެފްއައިޔޫގެ ވެރިޔަކަށް ހުރި އަޝްރަފް

އެފްއައިޔޫގެ ވެރިޔަކަށް ހުރި އަޝްރަފް

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު އަށް ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތަކެއްކޮށް، މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ރިޕޯޓު ލީކުވިތާ 24 ގަޑިއިރު ނުވަނީސް، އެ ޔުނިޓުގެ ވެރިޔަކަށް ހުންނެވި ޢަބްދުﷲ އަޝްރަފްގެ މަޤާމު ބަދަލު ކޮށްފި އެވެ.

މި މުއާމަލާތް ހިނގި ގޮތުގެ ތަފްސީލުތައް ހިމަނާފައި ވަނީ މަރުކަޒީ ބޭންކުގެ އެފްއައިޔޫ ތައްޔާރު ކޮށްފައިވާ "އެނޭލިސިސް ރިޕޯޓު" ގައެވެ. އެ ރިޕޯޓު ލީކު ކޮށްފައި ވަނީ، ސޯޝަލް މީޑިއާގައި ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަންގެ މައްސަތައް ފަޅާ އަރުވަމުން އަންނަ "ޙަސަން ކުރުސީ" އެކައުންޓުންނެވެ.

Advertisement - newsAdvertisement

އެ ރިޕޯޓުތައް ލީކު ކުރިތާ 24 ގަޑިއިރު ނުވަނީސް، އެފްއައިޔޫގެ ވެރިޔަކަށް ހުންނެވި އަޝްރަފްގެ މަގާމު މިހާރު ވަނީ ބަދަލު ކޮށްފަ އެވެ. މަރުކަޒީ ބޭންކުގެ މީޑިއާ އޮފިޝަލް އިބްރާހީމް ޒަހީން "ރާއްޖެ އެމްވީ" އަށް ވިދާޅުވީ އެފްއައިޔޫގެ ވެރިޔަަކަށް ހުންނެވި އަޝްރަފް ބަދަލު ކޮށްފައި ވަނީ ހެޑް އޮފް ރިސްކް އެންޑް ކޮމްޕަޔަލަންސް މަގާމަށް ކަމަށެވެ.

މީގެ އިތުރުން ޒަހީން ވިދާޅުވީ އަޝްރަފްގެ ބަދަލުގައި އެފްއައިޔޫގެ ވެރިޔާގެ މަގާމަށް ހަމަޖައްސާފައި ވަނީ އިސްމާއިލް ސާޖިދު އެވެ. އެއީ ކޮން ގޮތަކަށް ގެނައި ބަދަލެއްތޯ ސުވާލު ކުރުމުން ޒަހީން ވިދާޅުވީ، އެއީ މަރުކަޒީ ބޭންކުގެ ހިންގުން ހަރުދަނާ ކުރުމާއި، މަރުކަޒީ ބޭންކުގެ ސްޓްރަކްޗަރަލް ބަދަލެއް ކަމަށް ވެސް ޒަހީން ވިދާޅުވެފައިވެ އެވެ.

މަރުކަޒީ ބޭންކުގެ އައިޔޫއެފް ޔުނިޓަކީ މީ ލޯންޑަރިން އަދި ޓެރަރިޒަމް އަށް ފައިނޭސް ކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޔުނިޓެކެވެ.

އެފްއައިޔޫގެ ރިޕޯޓު ޙަސަން ކުރުސީ އެކައުންޓުން ލީކު ކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ކުރެއްވުމުގެ ރަސްމިއްޔާތުގެ އިވެންޓް މެނޭޖު ކުރުމަށް ސިފައިންގެ ކުންފުނި "ސިވެކް" އަށް ބިޑު ކުރުމެއް ނެތި ހަވާލުކުރީ، އެ ކުންފުނި މެދުވެރިކޮށް ބާރަށު ދާއިރާގެ މެމްބަރު ޝުޖާއުގެ އޮފިޝަލް އިވެންޓްސް ކުންފުންޏަށް ބޮޑު މަންފާ އެއް ދިނުމަށް ކަމަށް ފަޅާ އަރާފައިވެ އެވެ.

އެމްއެމްއޭއިބްރާހިމް ޝުޖާއުސަރުކާރުގެ ޚިޔާނާތް

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ޕާޓީ ބަދަލު ކުރުމުން ދާއިރާގެ ރައްޔިތުންގެ ބަހެއް ނެތި މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު ބާއްވަން ކޮމިޓީން ފާސްކޮށްފި

24 ނޮވެމްބަރު 2025
ޕާޓީ ބަދަލު ކުރުމުން ދާއިރާގެ ރައްޔިތުންގެ ބަހެއް ނެތި މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު ބާއްވަން ކޮމިޓީން ފާސްކޮށްފި
06 ނޮވެމްބަރު 2025

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު
04 ނޮވެމްބަރު 2025

ފާޑުކިޔުން ތަކަށް ބެލުމެއް ނެތި، އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހު ސަރުކާރުން ބޭނުންވި ގޮތަށް އެއް ދުވަހުން ފާސްކޮށްފި

04 ނޮވެމްބަރު 2025
ފާޑުކިޔުން ތަކަށް ބެލުމެއް ނެތި، އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހު ސަރުކާރުން ބޭނުންވި ގޮތަށް އެއް ދުވަހުން ފާސްކޮށްފި
01 ނޮވެމްބަރު 2025

"ބޯހިޔާވަހިކަމުގެ މައްސަލަ ރައީސް މުއިއްޒު އަށް ހައްލު ނުވާނެ ކަމަށް ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރ ވެސް ޤަބޫލުކުރައްވާ"

01 ނޮވެމްބަރު 2025
"ބޯހިޔާވަހިކަމުގެ މައްސަލަ ރައީސް މުއިއްޒު އަށް ހައްލު ނުވާނެ ކަމަށް ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރ ވެސް ޤަބޫލުކުރައްވާ"
25 އޮކްޓޯބަރު 2025

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު