Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބިން ފޭރުން

ފަޒުލް ބޭބެ އަށް ގޯތި ދިނުމަށް ތައްޔާރުކުރި ފޭކް އެގްރީމަންޓްގެ ފޮރެންސިކް ތަހުލީލެއް ހަދައި، އާންމުކުރާކަށް ފުލުހުންނަކަށް ނުކެރޭނެ: މައުރޫފް

ފޮރެންސިކް ތަހުލީލެއް ހަދައިފިނަމަ އެ އެގްރީމަންޓުގެ ކަރުދާހުގެ އުމުރު އަދި އޭގައި ބޭނުންކޮށްފައިވާ ދެލީގެ އުމުރު ފަދަ ވަރަށް އާދައިގެ މައުލޫމާތު ކަށަވަރު ކުރެވިގެންދާނެ

ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2024 | ހޮނިހިރު 16:28
ރައީސް އޮފީހުގެ ލީގަލް އެފެއަރސްގެ ކުރީގެ އަންޑަރ ސެކްރެޓަރީ އަލްއުސްތާޒް އަހުމަދު މައުރޫފް

ރައީސް އޮފީހުގެ ލީގަލް އެފެއަރސްގެ ކުރީގެ އަންޑަރ ސެކްރެޓަރީ އަލްއުސްތާޒް އަހުމަދު މައުރޫފް

ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަންގެ (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ، ފަޒީލް ރަޝީދަށް އުސޫލުން ބޭރުން، ހުޅުމާލެއިން ގޯއްޗެއް ދިނުމަށް ޓަކައި، ތައްޔާރުކޮށްފައިވާ ފޭކް އެގްރީމަންޓްގެ ފޮރެންސިކް ތަހުލީލެއް ހަދައި، އޭގެ ނަތީޖާ އާންމުކުރާކަށް ފުލުހުންނަކަށް ނުކެރޭނެ ކަމަށް އެމްޑީޕީގެ ޤާނޫނީ ކޮމިޓީގެ މެންބަރު އަލްއުސްތާޛް އަޙްމަދު މައުރޫފް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މައުރޫފް ވިދާޅުވީ ޑޮކިއުމެންޓެއްގެ ސައްހަކަމާމެދު ސުވާލު އުފެދޭ މައްސަލައެއްގައި، އެ ޑޮކިޔުމެންޓުގެ ސައްހަކަން ކަށަވަރު ކުރުމަށް ފޮރެންސިކް ތަހުލީލެއް ނުހަދައި އޭގެ ވާހަކަ ދެއްކުމުން ކަންބޮޑުވާ ކަމަށާއި، އެއީ މީގެ ކުރިން ފުލުހުން އަމަލުކުރި ގޮތެއް ނޫންކަމަށެވެ.

Advertisement - newsAdvertisement

ފޮރެންސިކް ތަހުލީލެއް ހަދައިފިނަމަ އެ އެގްރީމަންޓުގެ ކަރުދާހުގެ އުމުރު އަދި އޭގައި ބޭނުންކޮށްފައިވާ ދެލީގެ އުމުރު ފަދަ ވަރަށް އާދައިގެ މައުލޫމާތު ކަށަވަރު ކުރެވިގެންދާނެ ކަމަށާއި، އެއީ މި ޒަމާނުގައި މާ އުނދަގޫކަމެއް ނޫން ކަމަށެވެ.

އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ފޮރެންސިކް ލެބަކީ އޭޝިޔާ ސަރަހައްދުގައިވެސް ހުރި އެންމެ ފެންވަރު ރަނގަޅު އެއް ލެބް ކަމަށް ފުލުހުން ބުނާ ކަމަށާއި، ޑޮކިޔުމަންޓެއްގެ ފޮރެންސިކް ތަހުލީހެއް ހަދައިލަން ނަގާނީ މަދު ވަގުތުކޮޅެއް ކަމަށެވެ.

އެހެން ނަމަވެސް ފުލުހުން އެ މައްސަލައިގައި އަމަލުކުރިގޮތުން، ތަހުގީގު އިންސާފުވެރި ވެދާނެކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި، އެ ބުނާ އެގްރީމަންޓެއްގެ ފޮރެންސިކް ތަހުލީލެއް ހަދައި، އޭގެ ރިޕޯޓް ހާމަކުރާކަށް ފުލުހުންނަކަށް ނުކެރޭނެކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެ ރިޕޯޓް ހާމަކޮށްފިއްޔާ ފުލުހުން ދެއްކި ވާހަކައާއި، އަދި ސަރުކާރުގެ މުޅި ޕްރޮޕަގެންޑާ ބޭޒާރުވެގެންދާނެކަމަށެވެ.

އޭގެ ރަނގަޅު ފޮރެންސިކް ތަހުލީލެއް ހަދައިފިނަމަ، އެއީ މި ސަރުކާރުގެ ވެރިން ހުޅުމާލެއިން ގޯތިތަކެއް ވަގަށް ހޯދުމަށް ހެދި ޑޮކިޔުމަންޓުތަކެއް ކަމަށާއި، އޭގެ ކަރުދާހަކީވެސް މި ދިޔަ ސަރުކާރު ނިމުނު ފަހުން އުފައްދައިފައި ވާ ކުރާހެއްކަން އެނގޭ ހިސާބަށްވެސް ކަންކަން ގޮސްދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ދޮގު ހައްދަވާތީ ސަރުކާރުގެ ވެރިން ދައްކާ ވާހަކަ ރައްޔިތުން މިހާރު ގަބޫލުނުކުރާ ކަމަށެވެ. އެހެންވެ މި ސަރުކާރުން ވަގަށް ވިއްކާލި ގޯތި ތަކުގެ މައްސަލައިގައި، ސަރުކާރުގެ ޕްޕޮޕަގެންޑާ ފެތުރުރުމަށާއި، ކުރީގެ ސަރުކާރުގެ ވެރިންގެ ބޮލުގައި ކަންތައްތަކެއް އެޅުވުމަށް ފުލުހުން ބޭނުންކުރަންފެށީ ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ބެއްވި ނޫސްވެރިންގެ ބައްދަލުވުމާ ގުޅިގެން އާންމުންގެ ތެރެއިން ގިނަބަޔަކު ދަނީ ފުލުހުންނަށް ފާޑުކިޔަމުންނެވެ.

ސަރުކާރުގެ ޚިޔާނާތްބިން ފޭރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ބިލާމެދު ނޫސްވެރިން ޖެހިލުންވާން ނުޖެހެންޏާ ނޫސްވެރިންދެކެ ސަރުކާރު ޖެހިލުންވަނީ ކީއްވެ؟!

ބިލާމެދު ނޫސްވެރިން ޖެހިލުންވާން ނުޖެހެންޏާ ނޫސްވެރިންދެކެ ސަރުކާރު ޖެހިލުންވަނީ ކީއްވެ؟!

14 ސެޕްޓެމްބަރު 2025
އުމުރާ އަށް ދާ މީހުންނަށް ދެގުނަ ބޮޑުކޮށް ހައްޖު ކޯޕަރޭޝަން ގެ ޑީއެމްޑީ ގެ ކުންފުނިން ވިސާ ނަގާ ކަމަށް ބުނެ މައްސަލަ އޭސީސީ އަށް

އުމުރާ އަށް ދާ މީހުންނަށް ދެގުނަ ބޮޑުކޮށް ހައްޖު ކޯޕަރޭޝަން ގެ ޑީއެމްޑީ ގެ ކުންފުނިން ވިސާ ނަގާ ކަމަށް ބުނެ މައްސަލަ އޭސީސީ އަށް

07 އޯގަސްޓު 2025
ދިރާސާ - މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ޚިޔާނާތް - ސަރުކާރުގެ ކުންފުންޏެއް ބޭނުން ކޮށްގެން މަނީ ލޯންޑަރ ކުރެވިދާނެ ގޮތުގެ ކްލެސިކް މިސާލެއް!

ދިރާސާ - މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ޚިޔާނާތް - ސަރުކާރުގެ ކުންފުންޏެއް ބޭނުން ކޮށްގެން މަނީ ލޯންޑަރ ކުރެވިދާނެ ގޮތުގެ ކްލެސިކް މިސާލެއް!

07 އޯގަސްޓު 2025
ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި

ހައްޖު ކޯޕަރޭޝަން ގެ އެމްޑީ ޝަކީލުގެ މައިންބަފައިންނާއި ކޮއްކޮ ހައްޖަށް ގެންދިޔަ މައްސަލަ އޭސީސީ ގައި ރަޖިސްޓަރީ ކޮށްފި

05 އޯގަސްޓު 2025
މެމްބަރު ޝުޖާއުގެ ޚިޔާނަތުގެ ރިޕޯޓު ލީކުވިތާ 24 ގަޑިއިރު ނުވަނީސް، "އެމްއެމްއޭ ހިންގުން ހަރުދަނާ ކުރަން" އެފްއައިޔޫގެ ވެރިޔާ ބަދަލު ކޮށްފި

މެމްބަރު ޝުޖާއުގެ ޚިޔާނަތުގެ ރިޕޯޓު ލީކުވިތާ 24 ގަޑިއިރު ނުވަނީސް، "އެމްއެމްއޭ ހިންގުން ހަރުދަނާ ކުރަން" އެފްއައިޔޫގެ ވެރިޔާ ބަދަލު ކޮށްފި

03 އޯގަސްޓު 2025

އަހަރުތަކުން މިއަދު

25 ޖެނުއަރީ
ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!
20215 އަހަރު ކުރިން
ރާއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!
20197 އަހަރު ކުރިން
ރިޕޯޓު

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު