Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިވެކް

މުއިއްޒު ދިދަޔާ ވާހަކަ ދެއްކެވި ރަސްމިއްޔާތުން މެމްބަރު ޝުޖާއު ކުންފުންޏަށް 15 މިލިއަން ރުފިޔާ!

ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރުމުގެ ރަސްމިއްޔާތު ސިވެކަށް ދީފައިވަނީ ބިޑު ކުރުމެއްނެތި އިބްރާހިމް ޝުޖާއުގެ އޮފިޝަލް އިވެންޓްސް ކުންފުންޏަށް މަންފާ ހޯދައިދިނުމަށް ކަމަށް ބެލޭ

ރާއްޖެ އެމްވީ | 2 އޯގަސްޓު 2025 | ހޮނިހިރު 14:35
މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ގައި އިބްރާހިމް ޝުޖާއު ބައިވެރިވެވަޑައިގަންނަވަނީ - 17 ނޮވެމްބަރު 2025

މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ގައި އިބްރާހިމް ޝުޖާއު ބައިވެރިވެވަޑައިގަންނަވަނީ - 17 ނޮވެމްބަރު 2025

ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަގާމަށް މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ އިވެންޓް މެނޭޖު ކުރުމަށް ސިފައިންގެ ކުންފުނި "ސިވެކް" އަށް ބިޑު ކުރުމެއް ނެތި ހަވާލުކުރީ އެ ކުންފުނި މެދުވެރިކޮށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުގެ އޮފިޝަލް އިވެންޓްސް ކުންފުންޏަށް ބޮޑު މަންފާ އެއް ދިނުމަށް ކަމަށް ފަޅާ އަރައިފިއެވެ.

ސިވެކް އަށް މަސައްކަތް ދިނުމުން، ސިވެކް އިން އޮފިޝަލް އިވެންޓްސް އަށް މަސައްކަތް ސީދާ ހަވާލު ކުރީ 15 މިލިއަން ރުފިޔާ އަށެވެ.

Advertisement - newsAdvertisement

މި މުއާމަލާތް ހިނގި ގޮތުގެ ތަފްސީލު ތައް ހިމަނާފައި ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ތައްޔާރު ކޮށްފައިވާ "އެނޭލިސިސް ރިޕޯޓު" ގައެވެ.

ސަރުކާރުގެ ތެރޭގައި ހިނގަމުންދާ ވައްކަމާއި ޚިޔާނާތުގެ ވާހަކަތައް ހާމަ ކުރުމުންދާ "ހަސަން ކުރުސީ" އެކައުންޓުން އެ ރިޕޯޓު ހޮނިހިރު ދުވަހު ލީކު ކޮށްލާފައިވާ އިރު، މި މުޅި މުއާމަލާތް ހިންގާފައިވަނީ، އޮޅުވާލުމުގެ ތެރެއިން ގާނޫނުގެ ނަހަމަ ބޭނުން ހިފައިގެން ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

23.03 މިލިއަން ރުފިޔާގެ ބޮޑު އަގަކަށް ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރުމުގެ ރަސްމިއްޔާތުގެ މަސައްކަތްތައް ސިވެކް އަށް ހަވާލު ކުރީ ވެސް ގާނޫނުގެ ނާޖާއިޒް ބޭނުން ހިފައިގެން ކަމަށް ބެލޭ ކަމަށް ރިޕޯޓުގައި ވެއެވެ.

އެމްއެންޑީއެފް އިން ހިންގާ ސިވެކަށް 23.03 މިލިއަން ރުފިޔާއަށް މި މަޝްރޫޢު ޙަވާލުކުރުމާއެކު، އޭގެ ފަހުން ސިވެކުން މި މަޝްރޫޢު އިތުރު 3 ފަރާތަކަށް ސަބްކޮންޓްރެކްޓް ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. އެއީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ގެ އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑް އާއި އޭނާ އާ ދެބެގެންގެ ދެދަރި މީހެއް ކަމަށްވާ ކުއިކް ޝުއަރ އަދި ޑީ.ޖީ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ކަމަށް ރިޕޯޓުގައި ވެއެވެ. އަދި މި ފަރާތްތަކަކީ ގުޅުންހުރި ފަރާތްތަކެއް ކަމަށާއި އަދި މިހާރުގެ ސަރުކާރާ އެ ކުންފުނިތަކުގެ ވެރިންނާ ގުޅުންހުރި ހުރުމުގެ އިތުރުން ސިޔާސީ ނުފޫޒު ފޯރުވޭފަދަ ފަރާތްތަކެއް ކަމަށް ބެލެވޭ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

އެމްއެމްއޭ ގެ ރިޕޯޓުގައި ބުނެފައިވަނީ ލިބެންހުރި މަޢުލޫމާތުން ދައްކާ ގޮތުގައި އޮފިޝަލް އިވެންޓްސްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝުޖާޢު ވަނީ އައު ސަރުކާރުގެ އިންތިޤާލީ މަރުޙަލާގައި، ޚާއްޞަކޮށް 'އިންތިޚާބުވި ރައީސްގެ އޮފީހުގައި' މުހިންމު ދައުރެއް އަދާކޮށްފައެވެ. މި ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރުމުގެ ރަސްމިއްޔާތު ތައްޔާރުކުރުމާ ގުޅޭ ގޮތުން ސިވެކާއި ރައްޔިތުންގެ މަޖިލިހުގެ އިދާރާ އާއެކު ބޭއްވުނު ބައްދަލުވުންތަކުގައި ބައިވެރިވެ އިސްކޮށް ޙަރަކާތްތެރިވެފައިވާ ކަމަށް ބުނެފައިވެއެވެ. މީގެ ސަބަބުން އޭނާ އަށް ބޮޑު މާލީ ފައިދާއެއް ލިބިފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ. މިކަމުން ތުހުމަތު ކުރެވެނީ ޤާނޫނުލްޢުޤޫބާތުގެ 151 ވަނަ މާއްދާ ގައި ބުނާ ބާރުގެ ނަހަމަ ބޭނުންކުރުމާއި، ކޮރަޕްޝަނާއި، ނުހައްގު މުއްސަނދިކަން ހޯދުން ކަމަށް ރިޕޯޓުގައި ވެއެވެ.

އިބްރާހީމް ޝުޖާޢު އާއި އޭނާގެ ގާތް އެކުވެރިންނާ، އަދި ގުޅުންހުރި ކުންފުނިތަކަށް މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ތައްޔާރުކުރުމުގެ މަސައްކަތުގެ ތެރެއިން ލިބިފައިވާ ބޮޑު ފައިދާގެ ތަފްސީލު ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

އެ ގޮތުން މަޝްރޫ ޢަށް މިނިސްޓްރީ އޮފް ފިނޭންސުން ސިވެކަށް ފޮނުވި ފައިސާގެ 67% (23,074,427.23 ރުފިޔާގެ ތެރެއިން 15,496,969.41 ރުފިޔާ) އިބްރާހީމް ޝުޖާޢުގެ ކުންފުންޏަށް (އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑް) އަދި އޭނާގެ ކޮއްކޮ މުޙައްމަދު ނާފިޒުގެ ވިޔަފާރި އަށް (ކުއިކް ޝުއަރ) ޓްރާންސްފަރ ކުރެވިފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.

އަދި އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑަށް ސިވެކުން ލިބުނު ފައިސާގެ 60.87% (13,143,520.00 ރުފިޔާގެ ތެރެއިން 8,000,000.00 ރުފިޔާ) ކުންފުނީގެ ހިއްސާދާރުން ކަމަށްވާ އިބްރާހީމް ޝުޖާޢު އަދި އަޙްމަދު އަދްހަމް ދެ ލަގްޒަރީ އެޕާޓްމަންޓް ގަތުމަށް ބޭނުން ކޮށްފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ.

އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑަށް ލިބުނު ފައިސާގެ 14.46% (13,143,520.00 ރުފިޔާގެ ތެރެއިގެ ތެރެއިން 901,000.00 ރުފިޔާ) އިބްރާހީމް ޝުޖާޢުގެ އަމިއްލަ އެކައުންޓަށް ޓްރާންސްފަރ ކުރެވިފައިވާ ކަމަށާއި މި ފައިސާ އޭނާގެ ދޯނި ބަނުމަށާއި އެހެނިހެން އަމިއްލަ ޚަރަދުތަކަށް ބޭނުން ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރުމުގެ ރަސްމިއްޔާތު ތައްޔާރުކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ އިތުރުން، އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑަށް ވަނީ ސަރުކާރުގެ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކުން ގިނަ އަދަދެއްގެ ބޮޑެތި އިވެންޓް މެނޭޖްމަންޓް ކޮންޓްރެކްޓްތައް ލިބިފައިވާ ކަމަށް ރިޕޯޓުގައި ބުނެއެވެ. ޚާއްޞަކޮށް އައު ސަރުކާރު އައުމަށްފަހު ގިނަ ޕްރޮޖެކްޓްތަކެއް ދީފައިވާ ކަމަށް ވަނީ ބުނެފައެވެ. ރިޕޯޓުގައި ތުހުމަތު ކުރަނީ ކުންފުންޏަށް މަސައްކަތް ހޯދުމުގައި ކުންފުނީގެ ވެރިން ސިޔާސީ ނުފޫޒު ބޭނުންކޮށްފައިވާ ކަމަށެވެ. މިއީ ޤާނޫނާ ޚިލާފަށް ހޯދާފައިވާ ފައިސާ ދޮވުމަށް ކުންފުނިތައް ނަހަމަ ގޮތުގައި ބޭނުންކުރެވިފައިވާ ކަމަށް ބެލެވޭ ކަމެއް ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

ޤައުމީ ސަލާމަތީ އޮފިޝަލުންނާއި ސަރުކާރުގެ އޮފިޝަލުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ފަދަ ނުފޫޒު ގަދަ ފަރާތްތަ މީގައި ހިމެނޭތީ އާއި، މުޢާމަލާތްތައް ފޮރުވުމަށް ގިނަ ފަށަލަތަކެއް ބޭނުން ކޮށްފައިވާތީ، މި މުޢާމަލާތްތަކާއި މިކަމުގައި ޝާމިލުވާ ފަރާތްތަކާ ބެހޭ ގޮތުން އިތުރަށް ތަޙްޤީޤުކުރަންޖެހޭ ކަމަށް ފާހަގަކުރެވޭ ކަމަށް ރިޕޯޓުގައި ވެއެވެ.

ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި މުޢާމަލާތްތައް ގިނަ ފަށަލަތަކެއްގެ ތެރެއިން ހިންގާފައިވުމަކީ މުޢާމަލާތްތަކުގެ ޙަޤީޤީ ޤާނޫނީ އަދި އިޤްތިޞާދީ މަޤްޞަދު ފޮރުވުމަށް ކުރެވޭ ކަމެކެވެ. މިފަދަ ކަންކަން ކުރެވެނީ ގިނަފަހަރު ފައިސާގެ މަޞްދަރު ފޮރުވުމަށާއި، ޓްރާންސެކްޝަންތަކުގެ ލިޔެކިޔުންތައް އޮޅުންބޮޅުން ކުރުމަށް ކަމަށް ވެސް ބުނެފައިވެއެވެ.

މުޙައްމަދު މުއިއްޒުއިބްރާހިމް ޝުޖާއުސިވެކްސަރުކާރުގެ ޚިޔާނާތް

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާޓީ ބަދަލު ކުރުމުން ދާއިރާގެ ރައްޔިތުންގެ ބަހެއް ނެތި މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު ބާއްވަން ކޮމިޓީން ފާސްކޮށްފި

ޕާޓީ ބަދަލު ކުރުމުން ދާއިރާގެ ރައްޔިތުންގެ ބަހެއް ނެތި މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު ބާއްވަން ކޮމިޓީން ފާސްކޮށްފި

24 ނޮވެމްބަރު 2025
ހާރިޖީ ގުޅުން ގާއިމުކުރުމުގައި އިސްކަން ދޭނީ ދިވެހިންނަށް: ރައީސް މުއިއްޒު

ހާރިޖީ ގުޅުން ގާއިމުކުރުމުގައި އިސްކަން ދޭނީ ދިވެހިންނަށް: ރައީސް މުއިއްޒު

17 ނޮވެމްބަރު 2025
ފާޑުކިޔުން ތަކަށް ބެލުމެއް ނެތި، އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހު ސަރުކާރުން ބޭނުންވި ގޮތަށް އެއް ދުވަހުން ފާސްކޮށްފި

ފާޑުކިޔުން ތަކަށް ބެލުމެއް ނެތި، އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހު ސަރުކާރުން ބޭނުންވި ގޮތަށް އެއް ދުވަހުން ފާސްކޮށްފި

04 ނޮވެމްބަރު 2025
ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ

ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވަނީ

02 ނޮވެމްބަރު 2025
"ބޯހިޔާވަހިކަމުގެ މައްސަލަ ރައީސް މުއިއްޒު އަށް ހައްލު ނުވާނެ ކަމަށް ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރ ވެސް ޤަބޫލުކުރައްވާ"

"ބޯހިޔާވަހިކަމުގެ މައްސަލަ ރައީސް މުއިއްޒު އަށް ހައްލު ނުވާނެ ކަމަށް ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރ ވެސް ޤަބޫލުކުރައްވާ"

01 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު