Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިނަރެސް ފްލެޓްގެ މައްސަލަ

އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް ރަޖުނީ ޝުއައިބު މަސައްކަތުން އެކަހެރި ކޮށްފި

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ތަހުގީގުގެ ކްރެޑިބިލިޓީ ހިފެހެއްޓުމަށާއި އެ ތަހުގީގަށް އެއްވެސް ކަމަކުން ނުރަނގަޅު އަސަރެއް ނުފޯރާނެކަން ޔަގީން ކުރުމަށް ކަމަށް ވަނީ ބުނެފައި

ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2024 | ހޮނިހިރު 17:36
އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް ރަޖުނީ ޝުއައިބް

އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް ރަޖުނީ ޝުއައިބް

އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް ރަޖުނީ ޝުއައިބު މަސައްކަތުން ހޮނިހިރު ދުވަހު އެކަހެރިކޮށްފި އެވެ.

އޭނާ މަސްއޫލިއްޔަތު ތަކުން އެކަހެރި ކުރީ އުސޫލުން ބޭރުން ވިނަރެސް ފްލެޓް ހޯދި ކަމަށް ތުހުމަތުވާ ގޮތައް ސޯޝަލް މީޑީއާ ގައި މައުލޫމާތު ދައުރުވާން ފެށުމާ ގުޅިގެންނެވެ.

Advertisement - newsAdvertisement

ހޮނިހިރު ދުވަހުގެ ރޭ ފުލުހުން ތަރުޖަމާން އަހްމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަޖުނީ ކުރައްވަމުން ގެންދެވި މަސައްކަތްތަކުން ވަގުތީ ގޮތުން އެކަހެރި ކުރެވިފައިވާ ކަމަށެވެ.

"ފުލުހުންގެ ޚިދުމަތުގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ހެޑްގެ މަގާމުގައި މަސައްކަތްކުރައްވަމުން ގެންދަވާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު ކުރައްވަމުން ގެންދެވި މަސައްކަތްތައް ވަގުތީގޮތުން އެހެން ފަރާތަކާއި ހަވާލުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ." ޝިފާން ވިދާޅުވެފައިވެއެވެ.

މި ނިންމުން ނިންމީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސްގައި މި ވަގުތު ކުރަމުން ގެންދާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ތަހުގީގުގެ ކްރެޑިބިލިޓީ ހިފެހެއްޓުމަށާއި އެ ތަހުގީގަށް އެއްވެސް ކަމަކުން ނުރަނގަޅު އަސަރެއް ނުފޯރާނެކަން ޔަގީން ކުރުމަށް ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.

"މި ނިންމުމަކީ އެސްޕީ ރަޖުނީ ޝުއައިބާ ގުޅޭ ގޮތުން މި ހިދުމަތުން ޔަގީންކުރަމުންދާ ކަންކަމުގައި، އެ ފަރާތުން އެއްވެސް ނުރަނގަޅު އަމަލެއް ހިންގާފައިވާކަން މިހާތަނަށް ފާހަގަކުރެވިގެން ނިންމި ނިންމުމެއް ނޫން ކަމުގައި ވެސް ދަންނަވަމެވެ،" ޝިފާން ވިދާޅުވި އެވެ.

ނުހައްގުން ބަޔަކަށް ހުޅުމާލޭން ގޯތި ދިން މައްސަލައިގެ ތަހުގީގާ ބެހޭ މައުލޫމާތު ދިނުމަށް ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ބޭއްވި ނޫސް ކޮންފަރެންސް ގައި ރަޖުނީ ބައިވެރިވެފައިވެއެވެ.

ވިނަރެސް ފްލެޓް ދިނުމުގައި ނުހައްގުން އެކި ފަރާތްތަކަށް ފްލެޓް ދީފައިވާ ކަމަށާއި، ބައެއް ފަރާތްތަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައިގެން ފްލެޓް ހަމަ ޖައްސާދީފައިވާ ކަމުގެ ވާހަކަތައް ވަނީ އާންމު ވެފައެވެ. ބައެއް ފަރާތްތަކުން ފޭކު ލިޔުން ހުށަހަޅައިގެން ފްލެޓް ހޯދި ކަމަށާއި އޭގެ ތެރޭގައި ފައިސާ ނުދައްކާ ފޭކް ސްލިޕް ހަދައިގެން ފްލެޓް ހޯދި ކަމަށްވެސް ވެއެވެ.

ވިނަރެސްސަރުކާރުގެ ޚިޔާނާތްރަޖްނީ ޝުއައިބު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!
21 ސެޕްޓެމްބަރު 2025

ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

21 ސެޕްޓެމްބަރު 2025
ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި
14 ސެޕްޓެމްބަރު 2025

ބިލާމެދު ނޫސްވެރިން ޖެހިލުންވާން ނުޖެހެންޏާ ނޫސްވެރިންދެކެ ސަރުކާރު ޖެހިލުންވަނީ ކީއްވެ؟!

14 ސެޕްޓެމްބަރު 2025
ބިލާމެދު ނޫސްވެރިން ޖެހިލުންވާން ނުޖެހެންޏާ ނޫސްވެރިންދެކެ ސަރުކާރު ޖެހިލުންވަނީ ކީއްވެ؟!
07 އޯގަސްޓު 2025

އުމުރާ އަށް ދާ މީހުންނަށް ދެގުނަ ބޮޑުކޮށް ހައްޖު ކޯޕަރޭޝަން ގެ ޑީއެމްޑީ ގެ ކުންފުނިން ވިސާ ނަގާ ކަމަށް ބުނެ މައްސަލަ އޭސީސީ އަށް

07 އޯގަސްޓު 2025
އުމުރާ އަށް ދާ މީހުންނަށް ދެގުނަ ބޮޑުކޮށް ހައްޖު ކޯޕަރޭޝަން ގެ ޑީއެމްޑީ ގެ ކުންފުނިން ވިސާ ނަގާ ކަމަށް ބުނެ މައްސަލަ އޭސީސީ އަށް
07 އޯގަސްޓު 2025

ދިރާސާ - މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ޚިޔާނާތް - ސަރުކާރުގެ ކުންފުންޏެއް ބޭނުން ކޮށްގެން މަނީ ލޯންޑަރ ކުރެވިދާނެ ގޮތުގެ ކްލެސިކް މިސާލެއް!

07 އޯގަސްޓު 2025
ދިރާސާ - މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ޚިޔާނާތް - ސަރުކާރުގެ ކުންފުންޏެއް ބޭނުން ކޮށްގެން މަނީ ލޯންޑަރ ކުރެވިދާނެ ގޮތުގެ ކްލެސިކް މިސާލެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު